އެކަޑަމީގެ ކުރުވާހަކަ އަދި މަޒުމޫން ލިޔުމުގެ މުބާރާތުން ރަން ވަނަތައް އިހަވަންދޫއަށް
ދިވެހިބަހުގެ އެކެޑަމީން ބޭއްވި އެކިއެކި މުބާރާތްތަކުން އިހަވަންދޫ ސްކޫލް ފާހަގަކޮށްލެވޭ ކާމިޔާބެއް ހޯދައިފިއެވެ. އެގޮތުން ދިވެހި ބަހުގެ އެކެޑަމީން ސިލްސިލާކޮށް ބާއްވަމުން އަންނަ އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 33 ވަނަ މުބާރާތާއި، އަލްއުސްތާޛް މުޙައްމަދު ޖަމީލް ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 36 ވަނަ މުބާރާތުން ގިނަ ވަނަތަކެއް އިހަވަންދޫ ސްކޫލުގެ ދަރިވަރުންވަނީ ކާމިޔާބުކޮށްފައެވެ. މިމުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު އޮތީ ރޭބޭއްވި ވާހަކަ ދެއްކުމުގެ 35 ވަނަ ޤައުމީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.
އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 33 ވަނަ މުބާރާތުގެ ދަށު ސާނަވީ ގިންތިން އިހަވަންދޫ ސްކޫލްގެ ޒަމްޢަތު ބިންތު ޢަލީ އަދި އާމިނަތު ތަޙްސީން އިބްރާހީމް އެއްވަނަ ހޯދިއިރު އެގިންތިން އެއްވަނަ ހޯދީ އިހަވަންދޫ ސުކޫލެވެ. އެމުބާރާތުގެ ސާނަވީ ބައިން އެއްވަނަ ހާސިލްކުރީ އިހަވަންދޫ ސްކޫލްގެ ދަރިވަރު ޖުމާނާ ޙާމިދު ޢަލީއެވެ.މިބައިން 3 ވަނަ ހާސިލްކުރީ އިހަވަންދޫ ސްކޫލްގެ ފާތިމަތު ރައްޔާ އިސްމާއިލްއެވެ. އަދި މިގިންތިން 2 ވަނަ ހާސިލްކުރީ އިހަވަންދޫ ސްކޫލްގެ ދަރިވަރު އާމިނަތު ތަހުސީނާ އިބްރާހިމްއެވެ. އަދި އެބައިން އެއްވަނަ ހާސިލްކުރީވެސް އިހަވަންދޫ ސްކޫލެވެ. އެމުބާރާތުގެ މަތީ ސާނަވީ ބައިން އެއްވަނަ ހާސިލްކުރީ އިހަވަންދޫ ސްކޫލްގެ ދަރިވަރު އާމިނަތު ޒަހާ ޒާހިރުއެވެ. އަދި އެބައިން އެއްވަނަ ހާސިލްކުރީވެސް އިހަވަންދޫ ސްކޫލެވެ. އެމުބާރާތުގެ އާމުންގެ ބައިގެ 18 އަހަރުން ދަށުގެ ބައިން އެއްވަނަ ހާސިލްކުރީ ހއ. އިހަވަންދޫ ބަހާރުގޭ ފާތިމަތު ޖުމާނާ މަންސޫރުއެވެ. އަދި އެބައިން 2 ވަނަ ހާސިލްކުރީ ހއ. އިހަވަންދޫ ލައިޓް ސިނގުނަލް އައިޝަތު އަޒުހާ ޖަމްޝީދުއެވެ.
އަލްއުސްތާޛް މުޙައްމަދު ޖަމީލް ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 36 ވަނަ މުބާރާތުންވެސްވަނީ އިހަވަންދޫ ބޮޑު ކާމިޔާބެއް ހާސިލްކޮށްފައެވެ. އެގޮތުން އެމުބާރާތުގެ ސާނަވީ ގިންތިން އިހަވަންދޫ ސްކޫލްގެ ދަރިވަރު މުޙައްމަދު އުނައިޝް އެއްވަނަ ހާސިލްކުރިއިރު، އެގިންތިން އެއްވަނަ ހާސިލްކުރީވެސް އިހަވަންދޫ ސްކޫލެވެ. އެމުބާރާތުގެ މަތީ ސާނަވީ ގިންތިން އެއްވަނަ ހާސިލްކުރީ އިހަވަންދޫ ސްކޫލްގެ އާމިނަތު ޒަހާ ޒާހިރުއެވެ. އަދި އެގިންތިން އެއްވަނަ ހާސިލްކުރީވެސް އިހަވަންދޫ ސްކޫލެވެ. އެމުބާރާތުގެ އާމުންގެ ބައިގެ 18 އަހަރުން ދަށުގެ ގިންތިން ދެވަނަ ހާސިލްކުރީ ހއ. އިހަވަންދޫ ލައިޓް ސިނގްނަލް ޒާރާ މަދީހްއެވެ. މިމުބާރާތުގެ ދަށު ސާނަވީ ގިންތިން 3 ވަނަ ހާސިލްކުރީ އިހަވަންދޫ ސްކޫލެވެ.
ގުޅުން ހުރެދާނެ ލިޔުން
ޅެން ހެދުމުގެ 27ވަނަ ޤައުމީ މުބަރާތުގެ މަތީ ސާނަވީ ގިންތިން އެންމެ މޮޅު ދަރިވަރަކަށް އިހަވަންދޫ ސްކޫލްގެ ޖުމާނާ
13 - ޑިސެމްބަރު - 2024
ޔަންގް ފިޝަރސް ކްލަބަށް ބެޖް ހަވާލުކޮށްފި
2 - މާރިޗު - 2024
އިހަވަންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރުންގެ މަގާމް އަފާ އަދި ޝައިހާ ހޯދައިފި
24 - ފެބްރުއަރީ - 2024
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
އަލީ ސްޒެއިންގެ "އޭ ޕާސް" ސިސްޓަމަށް އީޖާދީ އިނާމު
28 - މޭ - 2023
އިހަވަންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ މަގާމް އުނައިޝް އާއި ސިޔާދު ހޯދައިފި
27 - މޭ - 2023
ޕޯލްސްޓަރ އިން އިހަވަންދޫ ސްކޫލްގެ އިންފާރުގައި ކުލަ ލައިދީފި
24 - މޭ - 2023
އައުޓްޑޯރ ޑިޖިޓަލް ނޯޓިސް ބޯޑް އިހަވަންދޫ ސްކޫލާ ހަވާލުކޮށްފި
22 - މޭ - 2023
އެޑިއުކޭޝަން މިނިސްޓްރީން އެދުނުގޮތަށް އާސާރީ މަގު ސްކޫލަށް ދީފި
21 - މޭ - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް