ޅެން ހެދުމުގެ 27ވަނަ ޤައުމީ މުބަރާތުގެ މަތީ ސާނަވީ ގިންތިން އެންމެ މޮޅު ދަރިވަރަކަށް އިހަވަންދޫ ސްކޫލްގެ ޖުމާނާ
ދިވެހިބަހުގެ އެކެޑަމީން ހުތްޢަލިދީދީގެ ހަނދާނީ ވާދައިގެން ތަށްޓަށް ބޭއްވި، ޅެން ހެދުމުގެ 27ވަނަ ޤައުމީ މުބަރާތުގެ މަތީ ސާނަވީ ގިންތިން އެންމެ މޮޅު ދަރިވަރަކަށް، އިހަވަންދޫ ސްކޫލްގެ ޖުމާނާ ޙަމީދު ޢަލީ ހޮވިއްޖެއެވެ. މީގެ އިތުރުން މަޒުމޫނު ލިޔުމުގެ 39ވަނަ ގައުމީ މުބާރާތުން ދަށު ސާނަވީ ގިންތިން އެއްވަނަ ހޯދައިފައިވަނީ އިހަވަންދޫ ސްކޫލްކަން ފާހަގަކުރެވެއެވެ. މި އަހަރު ދިވެހިބަހުގެ އެކެޑަމީން ބޭއްވި އަދަބީ ބައެއް މުބާރާތްތަކުގެ ނަތީޖާ ފާޅުކޮށްފައިވަނީ ރޭ ތާޖުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރޭ ނަތީޖާ ފާޅުކޮށްފައިވަނީ، އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 39ވަނަ ގައުމީ މުބާރާތާއި، އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތައްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 36ވަނަ ގައުމީ މުބާރާތުގެ އިތުރުން ހުތްޢަލިދީދީގެ ވާދައިގެ ތައްޓަށް ބާއްވާ ޅެންހެދުމުގެ 27ވަނަ ގައުމީ މުބާރާތުގެއެވެ. މި ތިން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މަހުމޫދު ޝައުގީއެވެ. އަދި, ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި އެކެޑަމީގެ ރައީސް އަޝްރަފް ޢަބްދުއްރަޙީމް ވެސް ވަނީ މި ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ. މި ތިން މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލާއިގެން ބާއްވާފައިވާ މުބާރާތް ތަކެކެވެ.
މި އަހަރުގެ މަޒުމޫނު ލިޔުމުގެ މުބާރާތުގައި އިސްކޫލުތަކުގެ ދަރިވަރުންނާއި އަމިއްލަ ފަރާތްތައް ހިމެނޭހެން 999 ބައިވެރިންނާއި، ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި 931 ބައިވެރިންނާއި ޅެންހެދުމުގެ މުބާރާތުގައި 493 ބައިވެރިން ވަނީ ވާދަކޮށްފައެވެ. މި މުބާރާތްތަކުގައި 121 ސްކޫލެއްގެ ދަރިވަރުންނާއި އަމިއްލަ މީހުންނާ އެކު ޖުމުލަ 2423 މީހުން ބައިވެރިވިއެވެ. މި މުބާރާތްތަކުގައި އަތޮޅުތަކުން 100 ސުކޫލަކުންނާއި މާލޭ ސަރަހައްދުން 21 އިސްކޫލަކުން ވަނީ ވާދަކޮށްފައެވެ.
ގުޅުން ހުރެދާނެ ލިޔުން
އެކަޑަމީން ބޭއްވި ކުރުވާހަކަ، މަޒުމޫނު އަދި ޅެންހެދުމުގެ މުބާރާތްތަކުން އިހަވަންދޫ ސްކޫލް ރަންވަނަތަކެއް ހޯދާފި
21 - ޖެނުއަރީ - 2023
އެކަޑަމީގެ ކުރުވާހަކަ އަދި މަޒުމޫން ލިޔުމުގެ މުބާރާތުން ރަން ވަނަތައް އިހަވަންދޫއަށް
11 - މޭ - 2022
ފޮޓޯ: އިހަވަންދޫ ސްކޫލްގެ އަހަރީ ޖަލްސާ 2026
8 - ސެޕްޓެމްބަރު - 2026
އިހަވަންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރުންގެ މަގާމް ޢިޝާ އަދި ޝައިހާ ހޯދައިފި
6 - ސެޕްޓެމްބަރު - 2026
ފުރަތަމަ އިންޓަރ އޮފީސް ހޭންޑް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިހަވަންދޫ ސްކޫލް ހޯދައިފި
31 - އޮގަސްޓު - 2026
ކައުންސިލުން ގްރާންޓްގެ ގޮތުގައި އިހަވަންދޫ ސްކޫލަށް މިއަހަރު ދެނީ 200،000ރ
19 - އޮގަސްޓު - 2026
އިހަވަންދޫ ސްކޫލުން މުބާރާތް ނިންމައިލީ ލޮއެ މެޑަލް އާއި އެކު!
14 - އޮގަސްޓު - 2026
ސެމީގައި ސީއެޗްއެސްއީ އަތުން ބަލިވެ، އިހަވަންދޫ ސްކޫލް 3 ވަނަ ހޮވާ މެޗަށް!
12 - އޮގަސްޓު - 2026
ޖޫނިއަރ ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި އިހަވަންދޫ ސްކޫލް މިރޭ ކުޅޭނެ..
11 - އޮގަސްޓު - 2026
ކައުންސިލުން އިހަވަންދޫ ސްކޫލަށްދޭ ގްރާންޓްގެ %20 އިނާމު ދިނުމުގެ ޖަލްސާއަށް...
11 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް