މިމަސް ނިމުމުގެކުރިން ހޯރަފުށީ އެއާޕޯޓްގެ ޖެޓީ ނިންމަން މިދަނީ މަސައްކަތްކުރަމުން – އާދަމް އާޒިމް
ހޯރަފުށީ އެއަރޕޯޓުން ޚިދުމަތް ހޯދާ މީހުންނަށް ފަސޭހަކުރުމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ހަދަމުންދާ ޖެޓީގެ މަސައްކަތް 31 ޖުލައި 2023 ގެ ކުރިން ނިންމަން މަސައްކަތްކުރަމުންދާކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާދަމް އާޒިމް މިހެން ވިދާޅުވީ، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރު، އަލްއުސްތާޒް އަބުދުލް މާނިއު ހުސައިން، ހޯރަފުށީ އެއާޕޯޓްގެ ފާލަން ދަނީ މަޑުމަޑުން ހިލެމުންކަމަށް ވިދާޅުވެ، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކަށް ކުރެއްވި ކޮމެންޓެއްގައެވެ. ހޯރަފުށީ އެއަރޕޯޓްގައި ލަފާފުރުމަށް ވަކި ޖެޓީއެއް ނަހަދާތީ އެކަމުގައި ހުރި ކަންބޮޑުވުން ތުރާކުނާއި ހޯރަފުށި ނޫން، ހއ އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކުން 2 އޮކްޓޯބަރ 2020 ގަވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހިއްސާކޮށްފައެވެ. އެއާއިއެކު ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު ފިޔަވާ ހއ އަތޮޅަށް ނިސްބަތްވާ އަނެއް ހަތަރު މެމްބަރުންވެސްވަނީ ރައީސްގެ ސަމާލުކަމަށް އެކަން ގެންނަވާފައެވެ.
މި މަސައްކަތުގެދަށުން 18000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، ޕްރީކާސްޓް އެލް ބްލޮކް ބޭނުންކޮށްގެން ޖެޓީ ހެދުމާއި، ޖިއޯ ބޭގް ރިވެޓްމަންޓެއް ޖެހުން ހިމެނެއެވެ. އަދި ނެރު ބައްތި ޖެހުންވެސް ހިމެނެއެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 5.99 މިލިއަން ރުފިޔާއަށެވެ. ހޯރަފުށި އެއަރޕޯރޓްގެ ޖެޓީގެ އަމަލީ މަސައްކަތްފެށީ މިދިޔައަހަރުގެ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހުއެވެ.
ގުޅުން ހުރެދާނެ ލިޔުން
ހޯރަފުށީ މަގު ހެދުމުގެ ތިންވަނަ ފިޔަވަހި އެމްޓީސީސީއާ ހަވާލުކޮށްފި
2 - އޭޕްރީލް - 2026
ހޯރަފުށީ އެއަރޕޯޓް ޖެޓީ ބޭނުން ކުރަންފަށަނީ
7 - ސެޕްޓެމްބަރު - 2023
އެންމެފަހުން ހޯރަފުށި އެއަރޕޯޓްގައި ޖެޓީ ހެދުމުގެ މަސައްކަތް ފަށައިފި
8 - ސެޕްޓެމްބަރު - 2022
ހޯރަފުށި އެއަރޕޯޓް ޖެޓީގެ އީއައިއޭ އީޕީއޭއިން އެޕްރޫވްކޮށްފި
21 - ޖޫން - 2022
ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި
17 - ޖެނުއަރީ - 2022
ހޯރަފުށީ އެއަރޕޯޓްގައި ޖެޓީއަޅަން އެމްޓީސީސީއާ ހަވާލުކޮށްފި
5 - އޮގަސްޓު - 2021
ހޯރަފުށީ އެއާޕޯޓު ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި
1 - ޖުލައި - 2021
ހޯރަފުށި ފެރީ ޓާމިނަލްގެ އަމަލީ މަސައްކަތް ފަށައިފި
15 - އޭޕްރީލް - 2021
ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި
20 - ޖެނުއަރީ - 2021
ހޯރަފުށި އެއާޕޯޓަށް ހަފްތާއަކު ތިން ފުލައިޓް
21 - ނޮވެމްބަރު - 2020
ކޮމެންޓް
އަދި ކޮމެންޓެއް ނެތް