ހޯރަފުށީގެ އެއާޕޯޓުން ދަތުރުތައް މިހާރު ހަމަޖެހިފައި އޮތީ އެއާޕޯޓުން އެ ރަށުގެ ބަނދަރަށް ގޮސް އެ ތަނުން ލޯންޗުތަކުގައި އެކި ރަށްތަކަށް ދަތުރުކުރާ ގޮތަށެވެ. މިއަށް ވުރެން ލުއި ގޮތަކީ އެއާޕޯޓުގައި ޖެޓީއެއް ހަދައި ރަށްތަކަށް ދެވޭނެ ގޮތް ވުން ކަމަށް ހއ އަތޮޅުގެ ރަށު ކައުންސިލްތަކުން ބުނިނަމަވެސް، ދަތި ކަމެއް ނެތި ދަތުރުވެރިންނަށް އެއާޕޯޓުން ބަނދަރަށް ދަތުރުކުރެވޭނެ ކަމަށް ހޯރަފުށީ ކައުންސިލުން ބުނެއެވެ. އަދި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރަން އެއާ ޕޯޓާއި ބަނދަރާއި ދެމެދު ބަހުގެ ހިދުމަތް ފެށުމަކީވެސް ހޯރަފުށީ ކައުންސިލްގެ ތަސައްވަރެކެވެ. ނަމަވެސް އެކަމަށް އަމަލީ ސިފައެއް އާސްފައެއް ނުވެއެވެ.
ހޯރަފުށީ އެއާޕޯޓުން ބަނދަރަށް ދިއުމުގެ ދަތުރު އުނދަގޫވެ ޓެކްސީ ނުލިބުމުގެ ޝަކުވާ އަކީ ދޭތެރެދޭތެރެއިން ނޫސްތަކުގައި ރިޕޯޓްކުރާ ވާހަކައެކެވެ. މާލެއިން ހޯރަފުށީ އެއާޕޯޓަށް ދަތުރުކުރުމަށް ގަޑިއެއްހާއިރު ނަގާއިރު ޓެކްސީ ނުލިބިގެން އެއަރޕޯޓުން ބަނދަރަށްނުދެވި އެއަށްވުރެގިނައިރު ތިބެންޖެހޭކަމަށް އެއަރޕޯޓް ބޭނުންކުރާ ބައެއްމީހުން ބުނެއެވެ.
އެއަރޕޯޓްގެ ޖެޓީއެއް އޮންނަންޖެހޭ ކަމަށް އެންމެބޮޑަށް ލޮބީ ކުރެއްވި އެއްބޭފުޅަކީ އިހަވަންދިއްޕޮޅުގެ އެންމެ ބޮޑު އާބާދީއެއް އޮންނަ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއުއެވެ. އެބޭފުޅާވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެއާޕޯޓްގައި ޖެޓީ އެޅުމާ ގުޅޭގޮތުން ހައުސިން މިނިސްޓަރު އަސްލަމާވެސް ސުވާލުކޮށްފައެވެ. ހޯރަފުށީ އެއަރޕޯޓްގައި ޖެޓީއަޅަން އެމްޓީސީސީއާ ހަވާލުކޮށްފި
ހއ. ހޯރަފުށީ އެއަރޕޯޓްގައި ޖެޓީއެއް އަޅަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރީޖަނަލް އެއަރޕޯޓްސް އިން އެމްޓީސީސީއާ އެމަސައްކަތް ހަވާލުކޮށްފައިވަނީ 5.9 މިލިއަން ރުފިޔާއަށް 150 ދުވަހުގެތެރޭގައި ނިންމާގޮތަށެވެ.
ހޯރަފުށީ އެއަރޕޯޓްގައި ލަފާފުރުމަށް ވަކި ޖެޓީއެއް ނަހަދާތީ އެކަމުގައި ހުރި ކަންބޮޑުވުން ތުރާކުނާއި ހޯރަފުށި ނޫން، ހއ އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކުން 2 އޮކްޓޯބަރ 2020 ގަވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހިއްސާކޮށްފައެވެ. އެއާއިއެކު ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު ފިޔަވާ ހއ އަތޮޅަށް ނިސްބަތްވާ އަނެއް ހަތަރު މެމްބަރުންވެސްވަނީ ރައީސްގެ ސަމާލުކަމަށް އެކަން ގެންނަވާފައެވެ.
ހޯރަފުށީ އެއަރޕޯޓްގައި ޖެޓީ އެޅުމާއި ދެކޮޅަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމާއި ހޯރަފުށީ ކައުންސިލުން ދިޔައީ ވަރަށްބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ހޯރަފުށީ އެއާރޕޯޓުން ފެށިގެން އެރަށުގެ އިރު ދެކުނު ސަރަޙައްދުގައި އަމިއްލަ ޚަރަދުގައި ބިން ހިއްކައިގެން އޮޑި ދޯނިފަހަރު އެހެލާ ސަރަޙައްދަކާއި އަދި ސްލިޕްވޭއެއް ތަރައްޤީކުރުމަށް ޝަޢުގުވެރިވާ ފަރާތެއް ހޯދުމަށް ހޯރަފުށީ ކައުންސިލުން 5 ނޮވެމްބަރ 2020 ގައި އިއުލާންކުރިއެވެ. ހޯރަފުށީ އެއާރޕޯޓުން ފެށިގެން އެރަށުގެ އިރު ދެކުނު ސަރަޙައްދު ހިއްކައިފިނަމަ ހޯރަފުއްޓާއި އުނގުލި ފިނޮޅުޖެމެދު އޮންނަ ކަނޑުއޮޅި ބެދި ޖެޓީ އެޅުމަށް ހުރަސްއެޅިގެން ދާނެއެވެ. މީގެއިތުރުން އެއަރޕޯޓްގައި ޖެޓީއެޅުމަށް ހާއްސަ ކޮށްފައިވާ ސަރަހައްދުގައި ދެ މެގަވޯޓްގެ ސޯލާ ޕެނަލް ހަރުކޮށްދޭނެ ބަޔަކު ހޯދުމަށްވެސް މިއަހަރުގެ އޯގަސްޓްމަހުގެ އެއްވަނަ ދުވަހު ވަނީ އިއުލާންކޮށްފައެވެ.
ހޯރަފުށީގެ އެއާޕޯޓުން ދަތުރުތައް މިހާރު ހަމަޖެހިފައި އޮތީ އެއާޕޯޓުން އެ ރަށުގެ ބަނދަރަށް ގޮސް އެ ތަނުން ލޯންޗުތަކުގައި އެކި ރަށްތަކަށް ދަތުރުކުރާ ގޮތަށެވެ. މިއަށް ވުރެން ލުއި ގޮތަކީ އެއާޕޯޓުގައި ޖެޓީއެއް ހަދައި ރަށްތަކަށް ދެވޭނެ ގޮތް ވުން ކަމަށް ހއ އަތޮޅުގެ ރަށު ކައުންސިލްތަކުން ބުނިނަމަވެސް، ދަތި ކަމެއް ނެތި ދަތުރުވެރިންނަށް އެއާޕޯޓުން ބަނދަރަށް ދަތުރުކުރެވޭނެ ކަމަށް ހޯރަފުށީ ކައުންސިލުން ބުނެއެވެ. އަދި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރަން އެއާ ޕޯޓާއި ބަނދަރާއި ދެމެދު ބަހުގެ ހިދުމަތް ފެށުމަކީވެސް ހޯރަފުށީ ކައުންސިލްގެ ތަސައްވަރެކެވެ. ނަމަވެސް އެކަމަށް އަމަލީ ސިފައެއް އާސްފައެއް ނުވެއެވެ.
ހޯރަފުށީ އެއާޕޯޓުން ބަނދަރަށް ދިއުމުގެ ދަތުރު އުނދަގޫވެ ޓެކްސީ ނުލިބުމުގެ ޝަކުވާ އަކީ ދޭތެރެދޭތެރެއިން ނޫސްތަކުގައި ރިޕޯޓްކުރާ ވާހަކައެކެވެ. މާލެއިން ހޯރަފުށީ އެއާޕޯޓަށް ދަތުރުކުރުމަށް ގަޑިއެއްހާއިރު ނަގާއިރު ޓެކްސީ ނުލިބިގެން އެއަރޕޯޓުން ބަނދަރަށްނުދެވި އެއަށްވުރެގިނައިރު ތިބެންޖެހޭކަމަށް އެއަރޕޯޓް ބޭނުންކުރާ ބައެއްމީހުން ބުނެއެވެ.
އެއަރޕޯޓްގެ ޖެޓީއެއް އޮންނަންޖެހޭ ކަމަށް އެންމެބޮޑަށް ލޮބީ ކުރެއްވި އެއްބޭފުޅަކީ އިހަވަންދިއްޕޮޅުގެ އެންމެ ބޮޑު އާބާދީއެއް އޮންނަ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއުއެވެ. އެބޭފުޅާވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެއާޕޯޓްގައި ޖެޓީ އެޅުމާ ގުޅޭގޮތުން ހައުސިން މިނިސްޓަރު އަސްލަމާވެސް ސުވާލުކޮށްފައެވެ.
ހޯރަފުށީގެ އެއާޕޯޓުން ދަތުރުތައް މިހާރު ހަމަޖެހިފައި އޮތީ އެއާޕޯޓުން އެ ރަށުގެ ބަނދަރަށް ގޮސް އެ ތަނުން ލޯންޗުތަކުގައި އެކި ރަށްތަކަށް ދަތުރުކުރާ ގޮތަށެވެ. މިއަށް ވުރެން ލުއި ގޮތަކީ އެއާޕޯޓުގައި ޖެޓީއެއް ހަދައި ރަށްތަކަށް ދެވޭނެ ގޮތް ވުން ކަމަށް ހއ އަތޮޅުގެ ރަށު ކައުންސިލްތަކުން ބުނިނަމަވެސް، ދަތި ކަމެއް ނެތި ދަތުރުވެރިންނަށް އެއާޕޯޓުން ބަނދަރަށް ދަތުރުކުރެވޭނެ ކަމަށް ހޯރަފުށީ ކައުންސިލުން ބުނެއެވެ. އަދި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރަން އެއާ ޕޯޓާއި ބަނދަރާއި ދެމެދު ބަހުގެ ހިދުމަތް ފެށުމަކީވެސް ހޯރަފުށީ ކައުންސިލްގެ ތަސައްވަރެކެވެ. ނަމަވެސް އެކަމަށް އަމަލީ ސިފައެއް އާސްފައެއް ނުވެއެވެ.
ހޯރަފުށީ އެއާޕޯޓުން ބަނދަރަށް ދިއުމުގެ ދަތުރު އުނދަގޫވެ ޓެކްސީ ނުލިބުމުގެ ޝަކުވާ އަކީ ދޭތެރެދޭތެރެއިން ނޫސްތަކުގައި ރިޕޯޓްކުރާ ވާހަކައެކެވެ. މާލެއިން ހޯރަފުށީ އެއާޕޯޓަށް ދަތުރުކުރުމަށް ގަޑިއެއްހާއިރު ނަގާއިރު ޓެކްސީ ނުލިބިގެން އެއަރޕޯޓުން ބަނދަރަށްނުދެވި އެއަށްވުރެގިނައިރު ތިބެންޖެހޭކަމަށް އެއަރޕޯޓް ބޭނުންކުރާ ބައެއްމީހުން ބުނެއެވެ.
އެއަރޕޯޓްގެ ޖެޓީއެއް އޮންނަންޖެހޭ ކަމަށް އެންމެބޮޑަށް ލޮބީ ކުރެއްވި އެއްބޭފުޅަކީ އިހަވަންދިއްޕޮޅުގެ އެންމެ ބޮޑު އާބާދީއެއް އޮންނަ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއުއެވެ. އެބޭފުޅާވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެއާޕޯޓްގައި ޖެޓީ އެޅުމާ ގުޅޭގޮތުން ހައުސިން މިނިސްޓަރު އަސްލަމާވެސް ސުވާލުކޮށްފައެވެ. ގުޅުން ހުރެދާނެ ލިޔުން
ހޯރަފުށީ އެއަރޕޯޓް ޖެޓީ ބޭނުން ކުރަންފަށަނީ
7 - ސެޕްޓެމްބަރު - 2023
މިމަސް ނިމުމުގެކުރިން ހޯރަފުށީ އެއާޕޯޓްގެ ޖެޓީ ނިންމަން މިދަނީ މަސައްކަތްކުރަމުން – އާދަމް އާޒިމް
11 - ޖުލައި - 2023
އެންމެފަހުން ހޯރަފުށި އެއަރޕޯޓްގައި ޖެޓީ ހެދުމުގެ މަސައްކަތް ފަށައިފި
8 - ސެޕްޓެމްބަރު - 2022
ހޯރަފުށި އެއާޕޯޓަށް ހަފްތާއަކު ތިން ފުލައިޓް
21 - ނޮވެމްބަރު - 2020
ހޯރަފުށި އެއަރޕޯޓު އޯގަސްޓް މަހުގެ ތެރޭގައި ހުޅުވަނީ
2 - ޖެނުއަރީ - 2020
ހޯރަފުށީ އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކަން ފަށައިފި
17 - އޭޕްރީލް - 2019
ހޯރަފުށީ އެއަރޕޯޓް އެޅުމުގެ މަސައްކަތް ހަވާލުކޮށްފި
25 - މާރިޗު - 2019
ހޯރަފުށީ ހޮސްޕިޓަލްގެ ފުރަތަމަ ފުރަތަމަ ޝީޓް ކޮންކްރިޓްކޮށް ނިމުމުގެ އުފަލުގައި އެމްޕީގެ ފަރާތުން ފިނިހިތްޕެވުމެއް!
2 - ސެޕްޓެމްބަރު - 2026
ހޯރަފުށި ޑަބްލިޔުޑީސީ ކަނބަލުންގެ ވޮލީ ލީގުގެ ޗެމްޕިއަންކަން ފެނަކަ ހޯދައިފި
31 - އޮގަސްޓު - 2026
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް