ހޯރަފުށި އެއަރޕޯޓް ޖެޓީގެ އީއައިއޭ އީޕީއޭއިން އެޕްރޫވްކޮށްފި
ހޯރަފުށީ އެއަރޕޯޓް ޖެޓީ ހެދުމުގެ މަޝްރޫއާއި ގުޅިގެން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކޮށް ތައްޔާރު ކޮށްފައިވާ ރިޕޯޓް (އީއައިއޭ)، އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެޕްރޫވްކޮށްފިއެވެ. އީއައިއޭ ރިޕޯޓްގައިވާ ގޮތުން ހޯރަފުށީ އެއަރ ޕޯޓްގައި ޖެޓީއެއް އަޅަނީ، އެއަރޕޯޓް ބޭނުންކުރުމަށް އަންނަ ދަތުރުވެރިންނަށް ފަސޭހަ މަގެއް ހޯދައިދިނުމުގެ ގޮތުންނެވެ. މިހާރު އެއަރޕޯޓަށް ދިއުމަށް އަތޮޅުގެ ރައްޔިތުންނަށްދެވެނީ ހޯރަފުއްޓަށްގޮސް ހޯރަފުއްޓާއި އެއަރޕޯޓާއި ގުޅާލަން އޮންނަ ކޯސްވޭ ބޭނުންކޮށްގެން ކަމަށްވާތީ އިތުރުވަގުތާއި ހަރަދު ކުރަންޖެހެއެވެ. މިމަސްރޫއުގެ ދަށުން ޖެޓީއެޅުމުގެ އިތުރުން ޖެޓީއަށް ވަންނަން ނެރެއް ފުންކުރުމާއި، 45 މީޓަރުގެ ޖިއޯ ބޭގް ޖަހައިގެން ޖޭޓީއާދިމާއިން ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނެއެވެ. 5.99 މިލިއަން ރުފިޔާގެ މިމަސްރޫއުއަށް ހަރަދުކުރާނީ ސަރުކާރުގެ ބަޖެޓުންނެވެ.
މިމަސްރޫއުއާ ގުޅިގެން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކޮށް އެކުލަވައިލި ރިޕޯޓް ތައްޔާރުކުރުމުގެ މަރުހަލާގައިވަނީ އިހަވަންދިއްޕޮޅުގެ ރައްޔިތުންގެ އިތުރުން ހޯރަފުށީ ކައުންސިލާއި ހއ އަތޮޅުކައުންސިލާވެސް މަޝްވަރާކޮށްފައެވެ. އިހަވަންދިއްޕޮޅުގެ ރައްޔިތުން މިމަސްރޫއުއާއިމެދު ދެކޭގޮތް ހުށަހެޅުމަށް ހުޅުވައިލުމުން ހޯރަފުށި، އިހަވަންދޫ، ތުރާކުނު، މޮޅަދު އަދި އުލިގަމުން 166 މީހަކު ވަނީ ހިޔާލުދީފައެވެ. އެގޮތުން މިސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 98.8 އިންސައްތަ މީހުން ބުނެފައިވަނީ މިމަސްރޫއު ކުރިޔަށްގެންދަން ފެންނަކަމަށެވެ. ހއ. އަތޮޅު ކައުންސިލުންވެސް ބުނެފައިވަނީ މިމަސްރޫއުގެ ސަބަބުން ހއ އަތޮޅުގެ ރައްޔިތުންނަށް އެއަރޕޯޓް ބޭނުންކުރަން ފަސޭހަވާނެކަމަށާ، ވުމާއިއެކު މިއީ މުހިއްމު ކަމެއްކަމަށް ދެކޭކަމުގައެވެ. ހޯރަފުށީ ކައުންސިލުން ބުނެފައިވަނީ އަޅަންއުޅޭ ޖެޓީ މާބޮޑީ ކަމުގައެވެ. އަދި އެކަމުގައި ބަހެއްބުނެވޭނީ ރައްޔިތުންނާއި މަޝްވަރާކުރުމަށްފަހު ކަމުގައެވެ.
ހޯރަފުށީ އެއަރޕޯޓްގައި ލަފާފުރުމަށް ވަކި ޖެޓީއެއް ނަހަދާތީ އެކަމުގައި ހުރި ކަންބޮޑުވުން ތުރާކުނާއި ހޯރަފުށި ނޫން، ހއ އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކުން 2 އޮކްޓޯބަރ 2020 ގަވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހިއްސާކޮށްފައެވެ. އެއާއިއެކު ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު ފިޔަވާ ހއ އަތޮޅަށް ނިސްބަތްވާ އަނެއް ހަތަރު މެމްބަރުންވެސްވަނީ ރައީސްގެ ސަމާލުކަމަށް އެކަން ގެންނަވާފައެވެ. ހޯރަފުށީ އެއާޕޯޓުން ބަނދަރަށް ދިއުމުގެ ދަތުރު އުނދަގޫވެ ޓެކްސީ ނުލިބުމުގެ ޝަކުވާ އަކީ ދޭތެރެދޭތެރެއިން ނޫސްތަކުގައި ރިޕޯޓްކުރާ ވާހަކައެކެވެ. މާލެއިން ހޯރަފުށީ އެއާޕޯޓަށް ދަތުރުކުރުމަށް ގަޑިއެއްހާއިރު ނަގާއިރު ޓެކްސީ ނުލިބިގެން އެއަރޕޯޓުން ބަނދަރަށްނުދެވި އެއަށްވުރެގިނައިރު ތިބެންޖެހޭކަމަށް އެއަރޕޯޓް ބޭނުންކުރާ ބައެއްމީހުން ބުނެއެވެ.
އެއަރޕޯޓްގެ ޖެޓީއެއް އޮންނަންޖެހޭ ކަމަށް އެންމެބޮޑަށް ލޮބީ ކުރެއްވި އެއްބޭފުޅަކީ އިހަވަންދިއްޕޮޅުގެ އެންމެ ބޮޑު އާބާދީއެއް އޮންނަ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއުއެވެ. އެބޭފުޅާވަނީ ރައްޔިތުންގެ މަޖިލީހުގައި އެއާޕޯޓްގައި ޖެޓީ އެޅުމާ ގުޅޭގޮތުން ހައުސިން މިނިސްޓަރު އަސްލަމް އަދި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާއާއި ސުވާލުކޮށްފައެވެ. ހޯރަފުށީ އެއަރޕޯޓްގައި ޖެޓީއެއް އަޅަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވަނީ 5 އޯގަސްޓް 2021 ގައެވެ.
ގުޅުން ހުރެދާނެ ލިޔުން
މިމަސް ނިމުމުގެކުރިން ހޯރަފުށީ އެއާޕޯޓްގެ ޖެޓީ ނިންމަން މިދަނީ މަސައްކަތްކުރަމުން – އާދަމް އާޒިމް
11 - ޖުލައި - 2023
އެންމެފަހުން ހޯރަފުށި އެއަރޕޯޓްގައި ޖެޓީ ހެދުމުގެ މަސައްކަތް ފަށައިފި
8 - ސެޕްޓެމްބަރު - 2022
ހޯރަފުށީ އެއާޕޯޓް ފާލަމުގެ މަސައްކަތް ކުރިއަށްދާ ސްޕީޑާ މެދު ހިތްހަމައެއް ނުޖެހޭ: މެމްބަރު ޝިފާޢު
30 - ނޮވެމްބަރު - 2021
ޖެޓީ މައްސަލާގައި އެންމެފަހުން ނަހުލާއާއި ސުވާލުކުރަނީ!
20 - ނޮވެމްބަރު - 2021
ހޮސްޕިޓަލެއްގެ ބަދަލުގައި، އިހަވަންދޫ ރައްޔިތުންނަށް ލިބުނީ "ބޮއް ފެކްޓްރީއެއް" – ޝިފާއު
28 - ޖޫން - 2026
އިހަވަންދޫގައި ބޭއްވުނީ ފަހުގެ ތާރީޚެއްގައި އެންމެ ފުރިހަމަ އީދު، އައު ކައުންސިލްގެ ފެށުން ބޮޑުތަނުން ރަނގަޅު: ޝިފާއު
2 - ޖޫން - 2026
އެމް.ޓީ.ސީ.ސީ އިން އިހަވަންދޫ އޮޕަރޭޝަން ކުރިޔަކަށް ނުދާކަމަށް ބުނިއިރު، ހަވާލުކޮށްފައިވާ ބޮޑެތި މަޝްރޫއުތައް އޮތީ ހުއްޓިފައި!
12 - މޭ - 2026
އެންމެފަހުން އެއަރޕޯރޓް ޖެޓީގެ ވޯކްވޭ ބޭނުންކުރަން ފަށައިފި...
16 - އޭޕްރީލް - 2026
ހޯރަފުށީ މަގު ހެދުމުގެ ތިންވަނަ ފިޔަވަހި އެމްޓީސީސީއާ ހަވާލުކޮށްފި
2 - އޭޕްރީލް - 2026
ދިއްދޫގައި ދަނާލެއް އިމާރާތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
2 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް