މާރަންދޫއަށް ފުރުސަތު ހުޅުވުނިއިރު ހަނިމާދޫ އަދި ކުޅިމަގަށް އިތުރު އިންތިޒާރެއް
ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖްގައި އިއްޔަ ކުޅުނީ ގްރޫޕް ބީ ގެ ދެމެޗެވެ. ފުތަމަ މެޗްގައި ޓީމް ހަނިމާދޫ އަދި ކުޅިމަގު 3-3 ގެ ނަތީޖާއަކުން އެއްވަރުވީއިރު، މާރަންދޫ ޔޫތް ސޮސައިޓީއިންވަނީ ފަހަތުންއަރާ 3-2 ގެ ނަތީޖާއަކުން ސެންސިޓީ ބަލިކޮށްފައެވެ.
ޓީމް ހަނިމާދޫ އަދި ކުޅިމަގު ބައްދަލުކުރި މެޗްގައި ކުޅިމަގަށް ގޯލްތައް ޖަހައިދިނީ މުހައްމަދު ޝިފާއު އަދި މުހައްމަދު ޝަމްވީލްއެވެ. އަނެއްގޯލަކީ ހަނިމާދޫ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަންގޯލެކެވެ. ހަނިމާދޫގެ ގޯލްތައް މުހައްމަދު ހަސަން، އަލީ ހުސައިން އަދި މުހައްމަދު ނާފިޒް ޖަހައިދިންއިރު މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ހަނިމާދޫ ޓީމްގެ އަލީ އާމިރްއެވެ.
އިއްޔަގެ ދެވަނަ މެޗްގައި ސެންސިޓީއިން 2 ގޯލް ޖަހައި ލީޑް ނަގާފައިވަނިކޮށް މާރަންދޫ ޔޫތް ސޮސައިޓީއިންވަނީ ފަހަތުންއަރާ 3 ގޯލް ޖަހައިގެން މެޗުން މޮޅުވެފައެވެ. ސެންސީޓީއަށް ތޯއިފް އަދި ޒަހުވާން ގޯލް ޖަހައިދިންއިރު މާރަންދޫގެ ގޯލްތައްޖެހީ ސާޖިދު، ރަމީޒް އަދި ހަބީބްއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށްހޮވުނީ މާރަންދޫ ޔޫތް ސޮސައިޓީގެ މުހައްމަދު ސާޖިދުއެވެ.
ގްރޫޕް ބީ ގެ ތާވަލަށް ބަލާލާއިރު މިވަގުތު އެއްވަނާގައިއޮތީ 7 ޕޮއިންޓާއި ފައިދާ 8 ގޯލާއިއެކު ޓީމް ހަނިމާދޫއެވެ. ދެވަނާގައިއޮތް ކުޅިމަގަށްވެސް 7 ޕޮއިންޓް ލިބިފައިވާއިރު ހަނިމާދޫއަށްވުރެ ފައިދާ ގޯލް މަދެވެ. މާރަންދޫ ޔޫތް ސޮސައިޓީ 3 ވަނާގައިއޮތީ 3 ޕޮއިންޓާއިއެކުއެވެ. ގްރޫޕްގެ ފުލުގައިއޮތް ސެންސިޓީ އަދި ޖޭއޭ މަނަފަރަށް އަދި ޕޮއިންޓެއްނުލިބެއެވެ. އެދެޓީމަށް ސެމީ ފައިނަލަށް ދިއުމުގެ ދޮރުވަނީ ބަންދުވެފައެވެ.
ޓީމް ހަނިމާދޫ އަދި ކުޅިމަގަށްވެސް ބާކީ އެއްމެޗް އޮތްއިރު އެމެޗުން މޮޅުވެގެން ނުވަތަ އެއްވަރު ކޮށްލައިގެންވެސް ސެމީފައިނަލް ކަށަވަރުވާނެއެވެ. ނަމަވެސް މާރަންދޫ ޔޫތް ސޮސައިޓީ ސެމީ ފައިނަލަށް ދިއުމަށް ބާކީ އޮތް ދެމެޗުން މޮޅުވާން މަޖުބޫރުވާނެއެވެ.
މިއަދު މިމުބާރާތުގައި ކުޅޭނީ ގްރޫޕް އޭ ގެ ދެމެޗެވެ. ފުރަތަމަ މެޗްގައި ބޮޑުމަގާއި ކްލަބް އިރަމާ ބައްދަލުކުރާއިރު ފަހުމެޗްގައި އެންވީކޭ ނުކުންނާނީ ޔުނައިޓެޑް ޔޫތާއި ދެކޮޅަށެވެ.
ކުލަބު ޕޯލްސްޓަރ
ކުޅިމަގު
ސެންސިޓީ
މާރަންދޫ ޔޫތު ސޮސައިޓީ
ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް
ބޮޑުތިލަދުންމަތީ ފުޓްސަލް ޗެލެންޖް
ގުޅުން ހުރެދާނެ ލިޔުން
ސެމީފައިނަލްގެ ޖާގަ ކަށަވަރުވި ފުރަތަމަ ދެޓީމަކަށް ހަނިމާދޫ އަދި ކުޅިމަގު
26 - ޖުލައި - 2023
ފަހަތުންއަރާ، ކުޅިމަގުން މާރަންދޫ ޔޫތް ސޮސައިޓީ ބަލިކޮށްފި
21 - ޖުލައި - 2023
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވީ 9 ޓީމެއް
7 - މޭ - 2024
ގްރޫޕް އޭ ގެ އެއްވަނަ އާއިއެކު ސެމީފައިނަލްގެ ފަހު ޖާގަ ޔުނައިޓެޑް ޔޫތަށް
28 - ޖުލައި - 2023
ހަނިމާދޫއަށް ގްރޫޕް ބީ ގެ އެއްވަނަ، ނައިވާދޫ ސެމީއަށް
27 - ޖުލައި - 2023
މިއަދުގެ މެޗްތަކުން ނާވައިދޫ، ކުޅިމަގު އަދި ޔުނައިޓެޑްޔޫތް މޮޅުވެއްޖެ
23 - ޖުލައި - 2023
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ސެމީފައިނަލް މިރޭ
17 - މޭ - 2024
ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖް މޭ 10 ގައި ފަށަނީ
14 - މާރިޗު - 2024
ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖް 2023 ގެ ޗެމްޕިއަންކަން ޔުނައިޓެޑް ޔޫތް ހޯދައިފި
1 - އޮގަސްޓު - 2023
ތަށިހޯދަން މިތިބީ ކެތްމަދުވެފައި – ކޯޗް ފަޔާޒް
30 - ޖުލައި - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް