އަދި ބޮޑުތަކުރުފާނު މަގު ރާޅުގަނޑު ސަރަހައްދުގައި ރާޅާ އެކު ބޮޑެތި ގާތައް ވަނީ އެއްގަމަށް އަރާފައެވެ. އެއާއެކު މިސަހައްދަށް ވެސް އަރާފައިވާ އުދައިގެ ބާރު ގަދަކަމުން ސައިކަލުގައި ދާ މީހުން ކަހާލައިގެން ވެއްޓޭ ތަން ވެސް ފެނެ އެވެ.From Facebook pic.twitter.com/LmK7khjZSe
— Luke (@lucasjalyl) August 5, 2023
މާލޭގެ ރާޅުގަނޑު ސަރަހައްދުން އުދަ އަރަމުންދާތީ، އެ ސަރަހައްދުން އެއްގަމު އުޅަނދުގައި ދަތުރުކުރާ މީހުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.Udha in Malé pic.twitter.com/b1BuyapAku
— Alex Ahmed (#mdp2023) (@SikkaMohoree) August 5, 2023
ކ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް އުދައަރާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ވަނީ މެޓް އޮފީހުން ނެރެފަ އެވެ.މާލެ އެކި ސަރަހައްދުތަކަށް އުދަ އަރަމުން ދާތީ ސަމާލުވުމަށް ދަންނަވަން.
ހާއްސަކޮށް، މާލެ އާއި ހުޅުމާލެ އާ ދެމެދު، އުދައެރުން ހުއްޓެންދެން، ޒަރޫރީ ދަތުރުތައް މެނުވީ ނުކުރުމަށް ދަންނަވަން. ޒަރޫރީ ދަތުރުތައް ކުރުމަށްވެސް، ހަތަރު ފުރޮޅުލީ އުޅަނދު ބޭނުން ކުރައްވާ! https://t.co/Uv2vThMGxU pic.twitter.com/Y9x8I6Htzo — Maldives Police (@PoliceMv) August 5, 2023



