މަސައްކަތް ފަށިފައިނުވަނީ ވެލިއަޅަންޖެހޭ ގޯތިތަކުގެ ލިސްޓް ކައުންސިލުން ހިއްސާނުކުރާތީކަމަށް އެމްޓީސީސީއިން ބުނެފި
އިހަވަންދޫއިން އަލަށް ދޫކުރި 200 ގެވަޅަށް ވެލި އެޅުމުގައި އެހީތެރިވެދޭނެކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފައި ވާނަމަވެސް، ވެލި އަޅައިދިނުމުގެ މަސައްކަތް ފެށޭނެ ތާރީހެއް އޮޅުންފިލުވުމަށް އިހަވަންދޫ ކައުންސިލުން އެމްޓީސީސީއަށް ފޮނުވި ސިޓީތަކަށް ޖަވާބެއް ލިބިފައިނުވާކަމަށް ބުނެ، އިހަވަންދޫ ކައުންސިލުން މިއަދު ނެރެފައިވާ ބަޔާނަކީ، އެމްޓީސީސީ ބަދުނާމު ވާގޮތަށް ހަޤީގަތް އޮޅޭގޮތަށް ނެރެފައިވާ ބަޔާނެއްކަމަށް އެކުންފުނިން ބުނެފިއެވެ. އެމްޓީސީސީއިން މިހެންބުނެފައިވަނީ އެކުންފުނިން ދެންމެ ނެރުނު ޕްރެސް ރިލީސް އެއްގައެވެ.
އެމްޓީސީސީގެ ޕްރެސްރިލީސްގައި ވާގޮތުން، އިހަވަންދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބަޔާންކޮށްފައިވާ މަސައްކަތަކީ އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރުމަށް އެކުންފުންޏާއި އިހަވަންދޫ ކައުންސިލާއި ދެމެދު ވާހަކަދެކެވިފައިވާ މަސައްކަތެކެވެ. އެމަސައްކަތަކީ ރައްޔިތުންނަށް ނުހަނު ބޭނުންތެރި މަސައްކަތަކަށް ވުމާއިއެކު، އެމަސައްކަތް އަވަހަށް ފެށުމަށް ވެލި އެޅުމަށް ބޭނުންވާ ގޯތިތަކުގެ ލިސްޓެއް އެކުންފުންޏާ ހިއްސާކުރުމަށް، އިހަވަންދޫ ކައުންސިލާއިއެކު ބޭއްވުނު ބައްދަލުވުމެއްގައި އެދިފައިވާނޭކަމަށް އެމްޓީސީސީގެ ބަޔާނުގައި ވެއެވެ. އެކުން ފުނިން އެފަދަ ލިސްޓެއް ބޭނުންވާ ސަބަބެއްކަމަށް ބުނެފައިވަނީ، ކައުންސިލުން ހުރިހާ ގޯތިތަކަށް ވެލި އެޅުމަށް އެދިފައިވީނަމަވެސް، އޭގެން ބައެއް ގޯތިތަކުގެވެރިން އެގޯތިތަކަށް ވެލިއަޅަން ބޭނުން ނުވާތީކަމަށް ބުނެފައިވެއެވެ. "ނަމަވެސް މިއަދާހަމައަށް އެފަދަ ލިސްޓެއް މިކުންފުންޏަށް ލިބިފައި ނުވާކަން ދަންނަވަމެވެ." އެމްޓީސީސީގެ ބަޔާނުގައިވެއެވެ.
އެމްޓީސީސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެކުންފުނިން 2019 ވަނަ އަހަރުންފެށިގެން ޖުމުލަ 1.05 މިލިއަން ރުފިޔާގެ އެކިއެކި ހަރަކާތްތަށް އިޖްތިމާޢީ ޒިންމާގެ ދަށުން ހިލޭސާބަހަށް އިހަވަންދޫގައި ހިންގާފައިވާ ކަމުގައެވެ. އެމްޓީސީސީގެ ބަޔާނުގައި ބުނެފައިވަނީ އިހަވަންދޫ ކައުންސިލްގެ ބަޔާނަކީ ރައްޔިތުންގެތެރޭގައި އެކުންފުންޏާ ދޭތެރޭ ނަފުރަތު އުފެދޭގޮތަށް ޒިންމާދާރުކަން ކުޑަކޮށް ކޮށްފައިވާ ވަރަށް ނާތަހުޒީބީ އަމަލެއް ކަމުގައެވެ.
އިހަވަންދޫ ކައުންސިލުން މިއަދުނެރުނު ޢިއުލާނުގައިވަނީ، ގޯތިތަކަށް ވެލި އެޅުމުގެ މަސައްކަތް އަވަސްކޮށްދިނުމާއި އަދި ފެށޭނެ ތާރީހެއް އޮޅުންފިލުވުމަށް 12 ޖުލައި އަދި 15 އޯގަސްޓްގައި ފޮނުވި ސިޓީތަކަށް އެމްޓީސީސީން އެއްވެސް ޖަވާބެއް ދީފައިނުވާކަމުގައެވެ. އެހެންކަމުން ވެލި ބޭނުންވެގެން ނަންނޯޓް ކޮށްފައިވާ ފަރާތްތަކަށް، ކުރިން ވެލި ދޫކުރުމަށް ހަމަޖެހިފައިވާގޮތަށް 21 ސެޕްޓެމްބަރ 2023 ވަނަދުވަހުން ފެށިގެން ވެލި ދޫކުރަން ފަށާނެކަމަށް އިހަވަންދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާނުގައިވެއެވެ. އިހަވަންދޫއިން އަލަށް ދޫކުރި 200 ގެވަޅަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އިހަވަންދޫ ބަނދަރުގެ މެއިންޓެނަންސް ޑްރެޖްކުރުމަށް ނަގާފައިވާ ވެއްޔެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫން ގޯތި ދޫކުރުމުގެ ހުއްދަ އަދިވެސް ނުލިބޭ، މަސައްކަތް އޮތީ ހުއްޓިފައި!
7 - މާރިޗު - 2026
ބަންދު ކޮށްފައިވާ ސިޑީގެ ހާލަތު ގޯސްވެ، ކަދުރު ރުއް ހެދެން ފަށައިފި!
31 - ޖެނުއަރީ - 2026
އިހަވަންދޫއިން ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް މިހާރުއޮތް ހިސާބު މިއޮތީ!
5 - ޖެނުއަރީ - 2026
އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ – އެމްޓީސީސީ
13 - އޮކްޓޯބަރު - 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން އިހަވަންދޫއިން ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް މަޑު ޖައްސާލައިފި!
8 - ސެޕްޓެމްބަރު - 2025
އިހަވަންދޫގެ އިރުމަތީ ފަރާތުން 712 މީޓަރުގެ ސަރަހައްދެއް ގިރައިފި – އިހަވަންދޫ ކައުންސިލް
29 - އޮގަސްޓު - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށްއެދި ހުށަހެޅީ 440 މީހުން : ސޮބާހް
24 - ޖުލައި - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ!
23 - ޖުލައި - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
10 - ޖޫން - 2025
ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލަށް ޢާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި
17 - މާރިޗު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް