އިހަވަންދޫން ގޯތި ދޫކުރުމުގެ ހުއްދަ އަދިވެސް ނުލިބޭ، މަސައްކަތް އޮތީ ހުއްޓިފައި!
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް އިހަވަންދޫން މިދިޔަ އަހަރު ހުޅުވާލި ފުރުސަތުގައި، ގޯތި ދިނުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ސަރުކާރުން ލިބެންޖެހޭ ހުއްދަތައް އަދިވެސް ނުލިބޭކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އިހަވަންދޫ ކައުންސިލުން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ، ގޯތި ދިނުމުގެ މަސައްކަތް މިހާރު މަޑުޖެހިފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން ލިބެންޖެހޭ ހުއްދަތައް ނުލިބިވާތީ ކަމަށެވެ.
ގޯތި ދިނުމުގެ ޕްރޮސެސް ކުރިއަށްދާ ގޮތާ މެދު ރައްޔިތުންގެ ފަރާތުން ގިނަ ސުވާލުތަކެއް އަމާޒުވަމުންދާތީ، އެކަމަށް އޮޅުންފިލުވައިދެއްވަމުން ސޮބާހް ވިދާޅުވީ، ގޯތި ދިނުމުގެ މަރުހަލާ ކުރިޔަށް ނުގެންދެވެނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުށް ގެނަ އިސްލާގާއި ގުޅިގެން ލިބެންޖެހޭ ހުއްދަ އަދި ނުލިބޭތީކަމުގައެވެ. ހުއްދަ ލިބުނުހާއަވަހަކަށް ގެވަޅު ދިނުމުގެ ކަންކަން ކުރިޔަށް ގެންދާނެކަމަށް ސޮބާހް ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނަށް މިސަރުކާރުން ގެނައި މި އިސްލާހުގައިވާ ގޮތުން، ކައުންސިލެއްގެ ދައުރު ހަމަވާން އަހަރެއް އޮތް ނަމަ، ދާއިމީ އަދި ކޮންޓްރެކްޓް އުސޫލުން ވެސް މުވައްޒަފުން ނެގުމާއި، ކައުންސިލުގެ އިހުތިސާސްގެ ދަށުގައިވާ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުން ވަނީ މަނާކޮށްފައެވެ. މި އިސްލާހުގެ ސަބަބުން ކައުންސިލްތަކުގެ ބާރުތައް ހަނިވެގެންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކުރިއިރު ރާއްޖޭގެ ގާތްގަނޑަކަށް 100 އެއްހާ ކައުންސިލުން ވަނީ އެކަމާ ދެކޮޅަށް ބަޔާން ނެރެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ހއ އިހަވަންދޫއިން ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހަމަވިއިރު ހުށަހަޅާފައިވަނީ 440 ފޯމެވެ. 1600 އަކަ ފޫޓްގެ 150 ގޯއްޗަށް ކުރިމަތި ލުމަށް އިހަވަންދޫ ކައުންސިލުން ފުރުސަތު ހުޅުވައިލީ މިދިޔަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ.
އެންމެފަހުން އިހަވަންދޫއިން ބަންޑާރަ ގޯތި ދޫކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުއެވެ. އެފަހުރު ދޫކޮށްފައިވަނީ 200 ގެވަޅެވެ. އެފަހަރު ބަންޑާރަ ގޯއްޗަށް އެދި ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވީ 455 މީހުންނެވެ. މިފަހަރު ކުރިމަތިލީ މީހުންގެ އަދަދު ކުޑަކޮށް މަދުނަމަވެސް މިފަހަރު ދޫކުރަނީ 150 ގެވަޅުކަމުން، ކުރީ ފަހަރަށްވުރެ މިފަހަރު ގެވަޅުގެ ޑިމާންޑް ބޮޑުވާނެކަމަށް ބެލެވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ސަރުކާރާ ގުޅިގެން ކުރިއަށްދާން މިތިބީ ތައްޔާރަށް: އިންތިޚާބީ ރައީސް ފަވާޒް
18 - އޭޕްރީލް - 2026
އިހަވަންދޫއިން ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް މިހާރުއޮތް ހިސާބު މިއޮތީ!
5 - ޖެނުއަރީ - 2026
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން އިހަވަންދޫއިން ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް މަޑު ޖައްސާލައިފި!
8 - ސެޕްޓެމްބަރު - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށްއެދި ހުށަހެޅީ 440 މީހުން : ސޮބާހް
24 - ޖުލައި - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ!
23 - ޖުލައި - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
10 - ޖޫން - 2025
ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލަށް ޢާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި
17 - މާރިޗު - 2025
އިހަވަންދޫއިން 150 ބަންޑާރަ ގޯތި ދޫކުރަނީ
26 - ޑިސެމްބަރު - 2024
ކުޅިވަރާއި ގުޅުންހުރި ކަންކަމާއި ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމަށް ކައުންސިލްގެ ބަޖެޓުން މިއަހަރު 3.5 މިލިއަން ރުފިޔާ ހަރަދުކުރަނީ
5 - މޭ - 2024
މަސައްކަތް ފަށިފައިނުވަނީ ވެލިއަޅަންޖެހޭ ގޯތިތަކުގެ ލިސްޓް ކައުންސިލުން ހިއްސާނުކުރާތީކަމަށް އެމްޓީސީސީއިން ބުނެފި
8 - ސެޕްޓެމްބަރު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް