އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ހއ އިހަވަންދޫއިން ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އިހަވަންދޫ ކައުންސިލުން މިއަދު އިއުލާން ކޮށްފައިވާގޮތުގައި އެފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 15 ވާ އާދިއްތަ ދުވަހުން ފެށިގެން އަންނަ ޖުލައި މަހުގެ 15 ވާ އަންގާރަ ދުވަހުގެ 13:00 އާއި ހަމަޔަށެވެ.
އިހަވަންދޫ ކައުންސިލުން އިއުލާން ކޮށްފައިވާ ގޮތުގައި މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 1600 އަކަ ފޫޓްގެ 150 ގޯއްޗެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދަކީ އިހަވަންދޫގެ ލޭންޑް ޔޫސް ޕްލޭންގައި ގޯތި ދޫކުރުމަށް، ކުޅިމަގުގެ އުތުރުން ރަށުގެ ހިއްކިބިމުން ކަނޑައަޅާފައިވާ ސަރަހައްދެވެ.
އެހެންފަހަރުތަކާއި ހިލާފަށް މިފަހަރު ގޯއްޗަށް އެދި ފޯމް ހުށަހެޅޭ ގޮތްވަނީ ހަރުކަށި ކޮށްފައެވެ. އެގޮތުން ފޯމް ހުށަހެޅޭނީ ގޯއްޗަށް އެދޭ މީހާ ނުވަތަ، އޭނާގެ ފޯމް ހުށަހެޅުމަށް ޕަބްލިކް ނޯޓަރީއެއް ނޯޓަރައިޒްކޮށް ލިޔުމުން ބާރުދީފައިވާ ފަރާތަކަށެވެ.
އެންމެފަހުން އިހަވަންދޫއިން ބަންޑާރަ ގޯތި ދޫކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުއެވެ. އެފަހުރު ދޫކޮށްފައިވަނީ 200 ގެވަޅެވެ. އެފަހަރު ބަންޑާރަ ގޯއްޗަށް އެދި ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވީ 455 މީހުންނެވެ. އެފަހަރު ދޫކުރި 200 ގޯތި ދޫކުރިތާ 5 އަހަރު ވެފައިވާއިރު، އަދި މިހާތަނަށް މީހުން ދިރިއެޅެން ފަށާފައިވަނީ އެންމެ ދެތިން ގެއެއްގައެވެ. ނަމަވެސް މިހާރު ގިނަ ގެތައްދަނީ އިމާރާތް ކުރަމުންނެވެ. ގެތަކުގެ މަސައްކަތްނިމި އެސަރަހައްދުގައި މީހުން އާބާދުވާން ތައްޔާރުވެފައިވާއިރު، އަދި އެސަރަހައްދަށް ފެނާއި ނަރުދަމާ އަދި ކަރަންޓްގެ ހިދުމަތް އެކަށީގެންވާ ގޮތަކަށް ނުލިބެއެވެ.
ހއ.އިހަވަންދޫ އިން ބަންޑާރަ ގޯތި ދޫކުރުމަށް އިހަވަންދޫ ކައުންސިލުން ކޮށްފައިވާ އިއުލާން.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫން ގޯތި ދޫކުރުމުގެ ހުއްދަ އަދިވެސް ނުލިބޭ، މަސައްކަތް އޮތީ ހުއްޓިފައި!
7 - މާރިޗު - 2026
އިހަވަންދޫއިން ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް މިހާރުއޮތް ހިސާބު މިއޮތީ!
5 - ޖެނުއަރީ - 2026
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން އިހަވަންދޫއިން ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް މަޑު ޖައްސާލައިފި!
8 - ސެޕްޓެމްބަރު - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށްއެދި ހުށަހެޅީ 440 މީހުން : ސޮބާހް
24 - ޖުލައި - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ!
23 - ޖުލައި - 2025
ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލަށް ޢާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި
17 - މާރިޗު - 2025
އިހަވަންދޫއިން 150 ބަންޑާރަ ގޯތި ދޫކުރަނީ
26 - ޑިސެމްބަރު - 2024
މަސައްކަތް ފަށިފައިނުވަނީ ވެލިއަޅަންޖެހޭ ގޯތިތަކުގެ ލިސްޓް ކައުންސިލުން ހިއްސާނުކުރާތީކަމަށް އެމްޓީސީސީއިން ބުނެފި
8 - ސެޕްޓެމްބަރު - 2023
ގޯތި ދިނުމާބެހޭ މައްސަލައެއް ކޯޓުގައި
15 - ޖޫން - 2020
އިހަވަންދޫން 200 ގޯތި ދޫކޮށްފި
13 - ޖޫން - 2020
ކޮމެންޓް
އަދި ކޮމެންޓެއް ނެތް