44 ވަނަ އަންހެނުންގެ ޤައުމީ ވޮލީބޯޅަ މުބާރާތަށް ކުލަބު ޕޯލްސްޓަރ އިން ތައްޔާރުވަނީ
44 ވަނަ އަންހެނުންގެ ޤައުމީ ވޮލީބޯޅަ މުބާރާތް ހއ. އިހަވަންދޫގައި ބޭއްވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ކުލަބު ޕޯލްސްޓަރ އިން ވަމުން ދާކަމަށް އެކުލަބުން ހާމަކޮށްފިއެވެ. އަންހެނުންގެ ޤައުމީ ވޮލީބޯޅަ މުބާރާތް ބޭއްވުމަށް ޕޯލްސްޓަރ އިން ހުށައެޅި ޕުރޮޕޯސަލް ކާމިޔާބު ވުމާއި ގުޅިގެން އެކުލަބުން ވަމުންދާ ތައްޔާރީތައް ބައްލަވާ ލެއްވުމަށްޓަކައި ވޮލީބޯޅަ އެސޯސިއޭޝަންގެ ޓީމެއް މިހަފުތާގެ ހޮނިހިރު ދުވަހު އިހަވަންދުއަށް ޒިޔާރަތް ކުރައްވާ ޕޯލްސްޓަރ އާއި އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައި ވާކަމަށް އެކުލަބުން ހާމަކުރެއްވިއެވެ. އެ ބައްދަލުވުމުގައި ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ރިޔާޒް އާއި ޖެނެރަލް ސެކުރެޓަރީ ހުސެއިން މުޙައްމަދު އާއި ހިއުމަންރިސޯސް ޔޫތު އެންޑް ސްޕޯރްޓުސްގެ ޕާމަނަންޓު ސެކުރެޓަރީ މުޙައްމަދު މާއިޒް ޝަރީފު ބައިވެރިވެލެއްވި ކަމަށް އެކުލަބުން މަޢުލޫމާތު ދެއެވެ. އަންހެނުންގެ ޤައުމީ ވޮލީބޯޅަ މުބާރާތުގެ އިންތިޒާމުތައް ވީހާވެސް ފުރިހަމަކުރުމަށްޓަކައި ކުލަބުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ކުލަބުން މަޢުލޫމާތު ދެއްވައެވެ. މިގޮތުން އެންމެ ބޮޑު އިސްކަމެއް ދީގެން މިވަގުތު ކުރިއަށް ގެންދަނީ މުބާރާތައް ސުޕޮންސަރ ހޯދުމުގެ މަސައްކަތް ކަމަށާއި އެއާއި އެކު މިމުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ އެކަމަޑޭޝަންގެ ކަންތައް ފުރިހަމަ ކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވެސް ވަމުންދާކަމުގައި އެކުލަބުން މަޢުލޫމާތު ދެއެވެ. 44 ވަނަ އަންހެނުންގެ ޤައުމީ ވޮލީބޯޅަ މުބާރާތް ބޭއްވުމަށް ވޮލީބޯޅަ އެސޯސިއޭޝަނުގެ ކުޅިވަރު ކަލަންޑަރުގައި ނިއްމާފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 11 އިން 25 އަށެވެ.
ގުޅުން ހުރެދާނެ ލިޔުން
ކުލަބު ޕޯލްސްޓަރގެ 22 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
24 - މާރިޗު - 2024
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
ބޮޑުތިލަދުންމަތީ ފުޓްސަލް ޗެލެންޖްގެ ކޭޓަރިންގް ޕާރޓްނަރަކަށް ބާބަކިޔުހަޓް
5 - ޖުލައި - 2023
ވާދެމުމުގެ މުބާރާތުގެ ދެބައިގެ ޗެމްޕިއަންކަންވެސް އިރަމާ ހޯދައިފި
4 - ޖުލައި - 2023
ޕޯލްސްޓަރ ވާދެމުމުގެ މުބާރާތް ފަށައިފި
29 - ޖޫން - 2023
ޢީދު ފާހަގަކުރުމަށް އިހަވަންދޫގައި ގިނަ ހަރަކާތްތަކެއް ހިންގަނީ
26 - ޖޫން - 2023
"ކާފަމާމަ މައިޒާން" ހަދަން ޕޯލްސްޓަރ އަށް ދެލައްކަ ސާޅީސް އެއްހާސް ރުފިޔާ
14 - ޖޫން - 2023
ޕޯލްސްޓަރ އިން އިހަވަންދޫ ސްކޫލްގެ އިންފާރުގައި ކުލަ ލައިދީފި
24 - މޭ - 2023
އައުޓްޑޯރ ޑިޖިޓަލް ނޯޓިސް ބޯޑް އިހަވަންދޫ ސްކޫލާ ހަވާލުކޮށްފި
22 - މޭ - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް