ޚަބަރު

ރަމަޟާންމަސް އިހުޔާކުރުމުގެ ޤުރްއާން މުބާރާތުން 1 ވަނަ ރާޔާއަށް

ބަރަކާތްތެރި ރަމަޟާންމަހުގެ ދުވަސްތައް ދިރުވައި އާލާކޮށް، ދަރިވަރުންނަށް ޤުރްއާން ކިޔެވުމާއި އަޑުއެހުމުގެ ފުރުޞަތު އިތުރަށް ތަނަވަސްކޮށްދިނުމުގެ މަޤުޞަދުގައި އިހަވަންދޫ ސްކޫލުން ބޭއްވި ރަމަޟާންމަސް އިހުޔާކުރުމުގެ ޤުރްއާން މުބާރާތުން 1 ވަނަ ހއ. އިހަވަންދޫ، މަންޒިލް ފާޠިމަތު ރާޔާ ރައުފު ހޯދައިފިއެވެ.

[caption id="attachment_8038" align="alignnone" width="580"] އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ކައުންސިލްގެ ނައިބު ރައީސް އަލްފާޟިލް ޢަލީ ރަމީޒް (ވ) ބައިވެރިވެލެއްވި.[/caption]
އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ކައުންސިލްގެ ނައިބު ރައީސް އަލްފާޟިލް ޢަލީ ރަމީޒް (ވ) ބައިވެރިވެލެއްވި.

ޖޫން 9 ން 10 އަށް ކުރިޔަށްދިޔަ މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިއަދު ހަވީރު ބޭއްވުނު ރަސްމިއްޔާތުގައި މުޅި މުބާރާތުން 2 ވަނަ ހއ. އިހަވަންދޫ، އާހިޔާ މައީޝާ އަޙްމަދު ރަޝީދު ހޯދިއިރު މުޅި މުބާރާތުން 3 ވަނަ ހޯދީ ހއ. އިހަވަންދޫ، އަމާޒް އިބްރާހީމް އައުސް އެވެ.

[caption id="attachment_8037" align="alignnone" width="562"] ޕީޓީއޭގެ ނައިބު ރައީސް އަލްފާޟިލް މުޙައްމަދު ސިރާޖު (ވ) މުބާރާތުގެ ބައިވެރިއަކަށް އިނާމު ހަވާލުކޮށްދެއްވަނީ.[/caption]

މުބާރާތުގެ ދެ ގޮފިން (ފޮތުން އަދި ހިތުން ކިޔެވުމުގެ ގޮފި) އުމުރުފުރާތަކުން އަށް ދަރިވަރަކު 1 ވަނަ ހޯދާފައިވެއެވެ. އަދި ފަސް ދަރިވަރަކު 2 ހޯދާފައިވާއިރު އުމުރުފުރާތަކުން 3 ވަނަ ހޯދާފައިވަނީ ހަތަރު ދަރިވަރުންނެވެ.

[caption id="attachment_8039" align="alignnone" width="552"] އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދު (ވ) މުބާރާތުގެ ބައިވެރިއަކަށް އިނާމު ހަވާލުކޮށްދެއްވަނީ.[/caption] މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާފައިވަނީ ހިފުޒުކޮށް ތަރާވީޙު ނަމާދު ކުރުމަށް ޕާކިސްތާނުން ގެނެސްފައިވާ 3 ޙާފިޡުންނެވެ.
[caption id="attachment_8040" align="alignnone" width="580"] މުބާރާތުގެ ފަނޑިޔާރަކަށް ޕްރިންސިޕަލް އަޙްމަދު ރަޝީދު (ވ) ހަނދާނީ ލިޔުން ދެއްވަނީ. މުބާރާތުގެ ފަނޑިޔާރުންނަށާއި މުބާރާތުގެ އިނާމު ހުށަހެޅުއްވި ފަރާތްތަކަށް ޕްރިންސިޕަލް ޝުކުރު ދެންނެވި.[/caption]
ޢަބުދުﷲ ޙަމީދު