- ސަދާން އަބުދުއްސައްތާރު / ދޫރެސް، ހއ. މާރަންދޫ
- އާމިނަތު އިފްރާ އިބްރާހިމް / ގުލޭނޫރަންގެ / ހއ. ކެލާ
- އުޝާން މުހައްމަދު ހަމީދު / ނިރޮޅު، ހއ. މާރަންދޫ
- މަރިޔަމް ހިބާ ހުސައިން / ވިގޯރަސް، ހއ. ދިއްދޫ
- ޔައިޝާ ޔާސިރު އިބްރާހިމް / ދޭލިޔާގެ، ހއ. އިހަވަންދޫ
- އަބުދުﷲ ޒައިން ބިން މުހައްމަދު / ޝެހެނާއީ، ހއ. ދިއްދޫ
- އައިޝަތު ރީޝް ނަސީމް / ފިޔަނޫރުވިލާ، ހއ. ދިއްދޫ
- މަރިޔަމް މިދުހާ ހާޝިމް މުހައްމަދު / އަންބަރީގެ، ހއ. އިހަވަންދޫ
- މަރިޔަމް އަޒާ އާދިލް / ޖީޒާ، ހއ. ދިއްދޫ
- އައިޝަތު މައިހާ މާހިރު / ރަށްމެދުގެ، ހއ. އިހަވަންދޫ
މިއަހަރުގެ މުބާރާތުގެ އެއްވަނަ ބައިވެރިޔާއަށް ހުށަހަޅާފައިވަނީ އުމުރާ ދަތުރަކާއެކު 10,000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ދެވަނަ ބައިވެރިޔާއަށް 6,000 ރުފިޔާ އަދި ތިންވަނަ ބައިވެރިޔާއަށް 3,000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާއިރު، ރަށްރަށަށް ދޭ އިނާމުގެ ގޮތުގައި އެއްވަނަ ރަށަށް 10,000 ރުފިޔާ، ދެވަނަ ރަށަށް 7,000 ރުފިޔާ އަދި ތިންވަނަ ރަށަށް 5,000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން މިމަހުގެ 29 އާއި ހަމަޔަށް ކުރިޔަށްދާ މިމުބާރާތް ބާއްވާ މިއީ 3 ވަނަ ފަހަރެވެ. . އެންމެ ފުރަތަމަ 2022 ވަނަ އަހަރު މިމުބާރާތް ބޭއްވީ “އިހަވަންދިއްޕޮޅު ރަސްތަރި މުބާރާތުގެ” ނަމުގައި މުޅި ހއ އަތޮޅަށް ހުޅުވާލައިގެންނެވެ. އެފަހަރުގެ މުބާރާތުގައި 8 ރަށަކުން ވާދަކުރިއެވެ. އެއަށްފަހު އެއްއަހަރުގެ މެދުކެނޑުމަކަށްފަހު މިދިޔަ އަހަރު މިމުބާރާތް ބޭއްވީ “ރަސްތަރި ޤުރުއާން މުބާރާތް 2024” ގެ ނަމުގައި އިހަވަންދޫއަށް ހުޅުވާލާއުގެންނެވެ. އެ ދެ މުބާރާތުގެވެސް އެއްވަނަ ހޯދީ އިހަވަންދޫ ދޭލިޔާގެ ޔައިޝާ ޔާސިރު އިބްރާހިމްއެވެ. ޔައިޝާ ވަނީ މިއަހަރުގެ މުބާރާތުގެވެސް ގަދަ 10 އަށް ދަތުރުކޮށްފައެވެ.



