ހާޝިމްގެ ކެމްޕެއިން ރަސްމީކޮށް ފަށައިފި
ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި އިހަވަންދޫ ދާއިރާގެ ޓިކެޓަށް ވާދަކުރައްވާ، ހާޝިމް މުހައްމަދުގެ ކެމްޕެއިން ހަރަކާތްތައް ރަސްމީކޮށް ރޭފަށައިފިއެވެ.
ހާޝީމްގެ ކެމްޕެއިން ހަރަކާތްތައް ރަސްމީކޮށް ފޭށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ފުރަތަމަ އޮތީ ނުރާނީގޭގައި ކެމްޕޭނަށް ތައްޔާރުކޮށްފައިވާ ޖަގަހަ ހުޅުވުމެވެ. އެއަށްފަހު ކެމްޕޭން ޓީމް އަދި ސަޕޯޓަރުން ގެފަރާތުން ހަދިޔާކޮށްފައިވާ ކޭކެއް ފެޅުމަށްފަހު ސަޕޯޓަރުންނާއި މުހާތަބުކޮށް ހާޝިމްވަނީ ވާހަކަ ދައްކަވާފައެވެ.
ހާޝިމްގެ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ގިނަބަޔަކު ބައިވެރިވިއިރު، އިހަވަންދޫގެ ބައެއް ކައުންސިލަރުންގެ އިތުރުން އިހަވަންދޫގެ ސިޔާސީ މައިދާނުގެ އިސް ސަފުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން އެހަރަކާތުގައި ބައިވެރިވިއެވެ.
ހާޝިމްގެ އިތުރުން ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި އިހަވަންދޫ ދާއިރާގެ ޓިކެޓަށް ވާދަކުރަނީ، ކުރީގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)ގެ އިތުރުން ޕީޕީއެމް ޕީއެންސީ އިހަވަންދޫ ދާއިރާގެ ރައީސް އަހްމަދު ނަސީރުއެވެ. ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ. ޕީޕީއެމް ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި ޕްރައިމަރީގައި ވޯޓު ލެވޭނީ މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ދެ ޕާޓީން ކުރެ ޕާޓީއެއްގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.
ގުޅުން ހުރެދާނެ ލިޔުން
މުހައްމާ، ނަސީރަށް ތާއީދުކުރާކަން ހާމަކޮށްފި
2 - އޭޕްރީލް - 2024
އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ ނަސީރު އަދި އާރިފް އެކަނި
17 - ފެބްރުއަރީ - 2024
ހާޝިމް، އަމިއްލަގޮތުން ކުރިމަތިނުލަން ނިންމައިފި
14 - ފެބްރުއަރީ - 2024
އަމިއްލަގޮތުން ކުރިމަތިލުމާއިމެދު، ހާޝިމް ގޮތެއް ނިންމަނީ
8 - ފެބްރުއަރީ - 2024
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިހަވަންދޫ ދާއިރާގެ ޓިކެޓް ނަސީރަށް
27 - ޖެނުއަރީ - 2024
ހާޝިމްގެ މެނިފެސްޓޯ ލޯންޗްކުރުން މިރޭ މާރަންދޫގައި
25 - ޖެނުއަރީ - 2024
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިހަވަންދޫ ދާއިރާގެ މަޖިލިސް ޕްރައިމަރީގައި 1796 މީހަކަށް ވޯޓްލެވޭ
20 - ޖެނުއަރީ - 2024
ޕްރައިމަރީއިން ބަލިވިއަސް ޕާޓީ ދޫކޮށްލާފައި ނުދާނަން – ހާޝިމް
6 - ޖެނުއަރީ - 2024
"މާލެއާއި އެއް އަގެއްގައި ތާޒާ ފެން އިހަވަންދޫ ދާއިރާގެ ރައްޔިތުންނަށް ރަށުން ލިބޭނެގޮތް ކަށަވަރު ކޮށްދޭނަން" ނަސީރު
4 - ޖެނުއަރީ - 2024
ހާޝިމްގެ ކެމްޕެއިން އޮފީސް ހުޅުވައިފި
1 - ޖެނުއަރީ - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް