މުހައްމާ، ނަސީރަށް ތާއީދުކުރާކަން ހާމަކޮށްފި
ކުރިޔަށްއޮތް މަޖިލިހުގެ އިންތިހާބުގައި އިހަވަންދޫ ދާއިރާއަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ގައި ވާދަކުރާ އަހްމަދު ނަސީރުއަށް ތާއިދުކުރާކަން، މުހައްމަދު އަބުދުﷲ މުހައްމާ އިއުލާންކޮށްފިއެވެ. މުހައްމާ އެކަން ހާމަކޮށްފައިވަނީ ރޭ އިހަވަންދޫ ބޮޑުތަކުރުފާނު މާލަމްގައި ބޭއްވި ޖަލްސާގައެވެ. އިހަވަންދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ދޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ބޭއްވި ޕްރައިމަރީގައި މުހައްމާއަށްވަނީ ނާކާމިޔާބީއާ ކުރިމަތިވެފައެވެ.
ރޭގެ ޖަލްސާގައި މުހައްމާ ފާހަގަކުރި ގޮތުގައި، އައު ޤާނޫނު އަސާސީ އައިފަހުން ބޭއްވި ބަރުލަމާނީ އިންތިހާބެއްގައި އެހެން ބޭފުޅަކަށް އެބޭފުޅާ ތާއީދުކުރާ މިއީ ފުރަތަމަ ފަހަރެވެ. "އަޅުގަނޑުގެ ހިތަށް ވަރަށް އެހެންކަހަލަ އިހްސާތަކެއް މިރޭ އާދޭބަ" މުހައްމާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. މުހައްމާވަނީ 2009، 2014 އަދި 2019 ގެ މަޖްލިސް އިންތިހާބުގައި ވާދަކޮށްފައެވެ. 2014 ވަނަ އަހަރު ބޭއްވި މަޖްލިސް އިންތިހާބު ކާމިޔާބުކޮށް އިހަވަންދޫ ދާއިރާގެ މެމްބަރުކަންވެސް ކޮށްފައެވެ. އެހެންކަމުން އައު ޤާނޫނު އަސާސީގެ ދަށުން ބާއްވާ ރައްޔިތުންގެ މަޖްލީހުގެ އިންތިހާބެއްގައި މުހާއްމާ ވާދަނުކުރައްވާ މިއީ ފުރަތަމަ ފަހަރެވެ.
ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ކަނޑައަޅަން މިއަދު ބޭއްވި ޕްރައިމަރީ ނަސީރު ކާމިޔާބުކުރީ 668 ވޯޓް ހޯދައިގެންނެވެ. މުހައްމާއަށް 571 ވޯޓް ލިބުނުއިރު ދެން ވާދަކުރި ހާޝިމްވަނީ 518 ވޯޓް ހޯދާފައެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ ނަސީރު އަދި އާރިފް އެކަނި
17 - ފެބްރުއަރީ - 2024
ހާޝިމް، އަމިއްލަގޮތުން ކުރިމަތިނުލަން ނިންމައިފި
14 - ފެބްރުއަރީ - 2024
އަމިއްލަގޮތުން ކުރިމަތިލުމާއިމެދު، ހާޝިމް ގޮތެއް ނިންމަނީ
8 - ފެބްރުއަރީ - 2024
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިހަވަންދޫ ދާއިރާގެ ޓިކެޓް ނަސީރަށް
27 - ޖެނުއަރީ - 2024
ހާޝިމްގެ މެނިފެސްޓޯ ލޯންޗްކުރުން މިރޭ މާރަންދޫގައި
25 - ޖެނުއަރީ - 2024
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިހަވަންދޫ ދާއިރާގެ މަޖިލިސް ޕްރައިމަރީގައި 1796 މީހަކަށް ވޯޓްލެވޭ
20 - ޖެނުއަރީ - 2024
ޕްރައިމަރީއިން ބަލިވިއަސް ޕާޓީ ދޫކޮށްލާފައި ނުދާނަން – ހާޝިމް
6 - ޖެނުއަރީ - 2024
"މާލެއާއި އެއް އަގެއްގައި ތާޒާ ފެން އިހަވަންދޫ ދާއިރާގެ ރައްޔިތުންނަށް ރަށުން ލިބޭނެގޮތް ކަށަވަރު ކޮށްދޭނަން" ނަސީރު
4 - ޖެނުއަރީ - 2024
ހާޝިމްގެ ކެމްޕެއިން އޮފީސް ހުޅުވައިފި
1 - ޖެނުއަރީ - 2024
ހާޝިމްގެ ކެމްޕެއިން ސްޓްރެޓެޖީ މުރާޖަޢާކޮށް އައު ގިޔަރަކަށް
26 - ޑިސެމްބަރު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް