ހާޝިމް، އަމިއްލަގޮތުން ކުރިމަތިނުލަން ނިންމައިފި
ކުރިޔަށްއޮތް މަޖިލިހުގެ އިންތިހާބުގައި އަމިއްލަގޮތުން ވާދަނުކުރަން ހާޝިމް މުހައްމަދު ނިންމައިފިއެވެ. ހާޝިމް ބުނިގޮތުގައި، ދާއިރާގެ ވަރަށްގިނަ ރައްޔިތުން އޭނާ އަމިއްލަގޮތުން މަޖިލީހަށް ކުރިމަތިލުމަށް އެދުނުނަމަވެސް، މިފަހަރު އޭނާ ކުރިމަތިލުމަކީ ލުމަކީ އެންމެ ބުއްދިވެރި ގޮތްކަމަށް އޭނާއަށް ނުފެންނާތީ އިންތިހާބުގައި ވާދަނުކުރުމަށް ނިންމީއެވެ.
ހާޝިމްވަނީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ކަނޑައަޅަން ބޭއްވި ޕްރައިމަރީގައި ވާދަކޮށްފައެވެ. ޕްރައިމަރީގައި ވާދަކުރި 3 ކެނޑިޑޭޓުންގެ ތެރެއިން 522 ވޯޓާއިއެކު ހާޝިމް ދިޔައީ ފުލަށެވެ. ޕީޕީއެމް/ޕީއެންސީ އިހަވަންދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބުކުރީ އަހްމަދު ނަސީރުއެވެ.
ޕްރައިމަރީގައި ހާޝިމްވަނީ މޮޅަދޫއިން 36 ވޯޓް، މާރަންދޫއިން 39 ވޯޓް، މާލެ އިން 130 ވޯޓް އަދި އިހަވަންދޫއިން 317 ވޯޓް ހޯދާފައެވެ. ޕީޕީއެމް/ޕީއެންސީ އިހަވަންދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބުކުރި ނަސީރުއަކީ މިހާރުވެސް އެކޯލީޝަނުގެ އިހަވަންދޫ ދާއިރާގެ ރައީސްއެވެ. ނަސީރުވަނީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކޮށްފައެވެ. އެފަހަރުގެ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރި ނާސިރު 706 ވޯޓާއިއެކު ދިޔައީ ދެވަނައަށެވެ.
20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިއަދު މެންދުރު 2:00 އަށް ވަނީ ހަމަވެފައެވެ. ފޯމު ބަލައިގަތުމުގެ ވަގުތު، އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ ނަސީރު އަދި އާރިފް އެކަނި
17 - ފެބްރުއަރީ - 2024
"މާލެއާއި އެއް އަގެއްގައި ތާޒާ ފެން އިހަވަންދޫ ދާއިރާގެ ރައްޔިތުންނަށް ރަށުން ލިބޭނެގޮތް ކަށަވަރު ކޮށްދޭނަން" ނަސީރު
4 - ޖެނުއަރީ - 2024
މުހައްމާ، ނަސީރަށް ތާއީދުކުރާކަން ހާމަކޮށްފި
2 - އޭޕްރީލް - 2024
އަމިއްލަގޮތުން ކުރިމަތިލުމާއިމެދު، ހާޝިމް ގޮތެއް ނިންމަނީ
8 - ފެބްރުއަރީ - 2024
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިހަވަންދޫ ދާއިރާގެ ޓިކެޓް ނަސީރަށް
27 - ޖެނުއަރީ - 2024
ހާޝިމްގެ މެނިފެސްޓޯ ލޯންޗްކުރުން މިރޭ މާރަންދޫގައި
25 - ޖެނުއަރީ - 2024
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިހަވަންދޫ ދާއިރާގެ މަޖިލިސް ޕްރައިމަރީގައި 1796 މީހަކަށް ވޯޓްލެވޭ
20 - ޖެނުއަރީ - 2024
ޕްރައިމަރީއިން ބަލިވިއަސް ޕާޓީ ދޫކޮށްލާފައި ނުދާނަން – ހާޝިމް
6 - ޖެނުއަރީ - 2024
ހާޝިމްގެ ކެމްޕެއިން އޮފީސް ހުޅުވައިފި
1 - ޖެނުއަރީ - 2024
ހާޝިމްގެ ކެމްޕެއިން ސްޓްރެޓެޖީ މުރާޖަޢާކޮށް އައު ގިޔަރަކަށް
26 - ޑިސެމްބަރު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް