ޕްރައިމަރީއިން ބަލިވިއަސް ޕާޓީ ދޫކޮށްލާފައި ނުދާނަން – ހާޝިމް
ޕްރައިމަރީއިން ބަލިވިނަމަވެސް ޕާޓީ ދޫކޮށްލާފައި ނުދާނެކަމަށް، ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި އިހަވަންދޫ ދާއިރާގެ ޓިކެޓަށް ވާދަކުރައްވާ، ހާޝިމް މުހައްމަދު ބުނެފިއެވެ. ހާޝިމް މިހެންބުނީ މިމަހުގެ 1 ވަނަ ދުވަހުގެ ރޭ، ހާޝިމްގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުންނެވެ.
"އަޅުގަނޑު މިދާއިރާއަށް އިރާދަކުރައްވައިގެން ހޮވިއްޖެ ކަމަށްވަނީނަމަ، އަޅުގަނޑު މިޕާޓީ ދޫކޮށްލާފަ ނުދާނެ، އަދި ޕްރައިމަރީއިން ބަލިވިކަމުގައިވީނަމަވެސް، އަޅުގަނޑު މިޕާޓީ ދޫކޮށްލާފަކާއެއް ނުއެއްދާނަން، ޕްރައިމަރީއިން މޮޅުވާ ބޭފުޅެއްގެ ފަހަތުގަ އަޅުގަނޑު ހުންނާނެ، އަޅުގަނޑު ދާނީ ހަމަ ޕާޓީއާއެކު ކުރިޔަށް" ހާޝިމް ބުންޏެވެ. ހާޝިމް ފާހަގަކުރި ގޮތުގައި މާޒީގައި ކަން ހިނގާފައިވާގޮތުން ވަރަށްބޮޑަށް އިތުބާރު ގެއްލިފައިވާކަމަށެވެ. "ހަޤީގަތުގައި މިއަދު އިތުބާރު ކުރެވޭ ފަރާތްތަކެއް މިއަދު ނެތް. ސަބަބަކީ މާޒީ އަޅުގަނޑުމެންނަށް ބުނެދިނީ އެހަޤީގަތް ކަމަށްވާތީ" ހާޝިމްގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. ނަމަވެސް އޭނާ ހުރިހާ ބޭފުޅުންނަށްވެސް ދޭނެ ޔަޤީންކަމަކީ ދެގޮތެއްނުވެ ހިދުމަތްކުރުންމަތީ ދެމިހުރުންކަމަށް އޭނާ ބުންޏެވެ.
ހާޝީމްގެ ކެމްޕެއިން ހަރަކާތްތައް ރަސްމީކޮށް ފަށާފައިވަނީ މިދިޔަމަހުގެ 14 ވަނަ ދުވަހުގެރޭ ، ނުރާނީގޭގައި ހާޝިމްގެ ކެމްޕޭނަށް ތައްޔާރުކޮށްފައިވާ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުންނެވެ. ހާޝިމްގެ އިތުރުން ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި އިހަވަންދޫ ދާއިރާގެ ޓިކެޓަށް ވާދަކުރަނީ، ކުރީގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)ގެ އިތުރުން ޕީޕީއެމް ޕީއެންސީ އިހަވަންދޫ ދާއިރާގެ ރައީސް އަހްމަދު ނަސީރުއެވެ.
ގުޅުން ހުރެދާނެ ލިޔުން
މުހައްމާ، ނަސީރަށް ތާއީދުކުރާކަން ހާމަކޮށްފި
2 - އޭޕްރީލް - 2024
އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ ނަސީރު އަދި އާރިފް އެކަނި
17 - ފެބްރުއަރީ - 2024
ހާޝިމް، އަމިއްލަގޮތުން ކުރިމަތިނުލަން ނިންމައިފި
14 - ފެބްރުއަރީ - 2024
އަމިއްލަގޮތުން ކުރިމަތިލުމާއިމެދު، ހާޝިމް ގޮތެއް ނިންމަނީ
8 - ފެބްރުއަރީ - 2024
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިހަވަންދޫ ދާއިރާގެ ޓިކެޓް ނަސީރަށް
27 - ޖެނުއަރީ - 2024
ހާޝިމްގެ މެނިފެސްޓޯ ލޯންޗްކުރުން މިރޭ މާރަންދޫގައި
25 - ޖެނުއަރީ - 2024
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިހަވަންދޫ ދާއިރާގެ މަޖިލިސް ޕްރައިމަރީގައި 1796 މީހަކަށް ވޯޓްލެވޭ
20 - ޖެނުއަރީ - 2024
"މާލެއާއި އެއް އަގެއްގައި ތާޒާ ފެން އިހަވަންދޫ ދާއިރާގެ ރައްޔިތުންނަށް ރަށުން ލިބޭނެގޮތް ކަށަވަރު ކޮށްދޭނަން" ނަސީރު
4 - ޖެނުއަރީ - 2024
ހާޝިމްގެ ކެމްޕެއިން އޮފީސް ހުޅުވައިފި
1 - ޖެނުއަރީ - 2024
ހާޝިމްގެ ކެމްޕެއިން ސްޓްރެޓެޖީ މުރާޖަޢާކޮށް އައު ގިޔަރަކަށް
26 - ޑިސެމްބަރު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް