ހޯރަފުށީ ކައުންސިލްގެ "ރަންއަޑު" ޤުރުއާން މުބާރާތުގެ އެއްވަނަ ޔައިޝާ ހޯދައިފި
ހއ ހޯރަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި، "ރަންއަޑު" ޤުރުއާން މުބާރާތުގެ އެއްވަނަ ޔައިޝާ ޔާސިރު އިބްރާހިމް/ ދޭލިޔާގެ، ހއ. އިހަވަންދޫ ހޯދައިފިއެވެ.
މިމުބާރާތުން އެއްވަނައަށް ދިއުމުން ޔައިޝާއަށްވަނީ 30000ރ ގެއިތުރުން ލެޕްޓޮޕަކާއި ރަން ތާޖް އަދި ޓްރޮފީ ދީފައެވެ.
މިމަހުގެ 22 އިން 23 އަށް ހއ އަތޮޅު މަދަރުސާގެ ހޯލްގައި ކުރިޔަށްދިޔަ މިމުބާރާތަކީ، ހއ. އަދި ހދ. އަތޮޅުގެ ރަށްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިގެން ކުރިޔަށްގެންދިޔަ މުބާރާތެކެވެ. މިއަހަރުގެ މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ، މިއަހަރުގެ މުބާރާތުގައި ބައިވެރިވުމަށް ބޭއްވުނު އޮޑިޝަންގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ހޮވުނު 25 ދަރިވަރުންގެ މެދުގައެވެ.
މިއަހަރު، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ތިލަދުންމަތީ އުތުރުބުރީ ރައްޔިތުންނަށާއި، ހއ އަތޮޅުގެ ސްކޫލް މަދަރުސާތަކަށް ބޭއްވި ކީރިތި ޤުރްއާން ކިޔެވުމުގެ ހއ.އަތޮޅު “ރަންތާޖު” ޤުރްއާން މުބާރާތުން ޔައިޝާ ޔާސިރު އިބްރާހިމް ވަނީ އެއްވަނަ ހޯދާފައެވެ. އަދި މީގެއިތުރުން އިހަވަންދިއްޕޮޅު ރަސްތަރި 2022 އަށް ހޮވުނީވެސް ޔައިޝާއެވެ.
ގުޅުން ހުރެދާނެ ލިޔުން
ހޯރަފުށީ ކައުންސިލް ކަޕް: ފުރިގޭޓަރ މުބާރާތްފެށީ ލަނޑު ގޯންޏަކުން!
14 - ސެޕްޓެމްބަރު - 2026
ހޯރަފުށީ ކައުންސިލްގެ އެއްލައްކަ ރުފިޔާގެ ފުޓްސަލް މުބާރާތުގައި 7 ރަށަކުން 10 ޓީމު ވާދަކުރަނީ!
8 - މާރިޗު - 2026
ހއ. އަތޮޅަށް ހުޅުވާލައިގެން 1 ލައްކަ ރުފިޔާގެ ފުޓްސަލް މުބާރާތެއް ހޯރަފުށީގައި ބާއްވަނީ
1 - ފެބްރުއަރީ - 2026
ހޯރަފުށީގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފަށައިިފި
27 - ޖޫން - 2025
ތިލަ އުތުރު ވޮލީ މުބާރާތް ފަނިވެއްޖެ!
28 - މޭ - 2025
މިއަހަރުގެ ތިލައުތުރު ވޮލީ މުބާރާތް ހޯރަފުށީގައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!
23 - މާރިޗު - 2025
އެޗްއާރްއެފް ވޮލީ ލީގު: ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ހޯރަފުށީ ޕޮލިސް ޗެމްޕިއަންކަން ހޯދައިފި
6 - މޭ - 2024
އެޗްއާރްއެފް ވޮލީ ލީގު: ސެމީ ގައި ފުރިގޭޓަރ އަތުން ބަލިވެ އިމަގަށް މުބާރާތް ނިމިއްޖެ
4 - މޭ - 2024
އެޗްއާރްއެފް ވޮލީ ލީގު: ކެލާ ބަލިކޮށް އިމަގަށް ހިންހަމަޖެހުމެއް
2 - މޭ - 2024
އެޗްއާރްއެފް ވޮލީ ލީގު: އިމަގުން ފަހަތުންއަރާ ޓީމް ހިޔާ ބަލިކޮށްފި
1 - މޭ - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް