ހޯރަފުށީގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފަށައިިފި
މުޙައްމަދު އަކުރަމް
27 - ޖޫން - 2025
ހއ. ހޯރަފުށީގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީކާޑު) ޕްރިންޓް ކުރުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިިފިއެވެ. މި ޚިދުމަތް ފެށިފައިވަނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީ.އެން.އާރް) އާއި ހޯރަފުށި ކައުންސިލް ގުޅިގެން ކުރެވުނު މަސައްކަތުންނެވެ.
މި ޚިދުމަތް ފެށުމާ ގުޅިގެން ޑީ.އެން.އާރް އާއި ހޯރަފުށި ކައުންސިލްއާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. ހޯރަފުށި ކައުންސިލުން ނެރުނު ބަޔާނެއްގައި، މި ޚިދުމަތް ފެށުމަށް ހޯމް މިނިސްޓްރީ އާއި ޑީ.އެން.އާރް އިން އަދާކުރެއްވި މުހިއްމު ދައުރާއި ކުރެއްވި މަސައްކަތް ފާހަގަކޮށް، ޝުކުރުއަދާކޮށްފައިވެއެވެ. މި ޚިދުމަތް ހޯރަފުއްޓަށް ލިބިގެން ދިޔުމަކީ ރައްޔިތުންނަށް އައިޑީކާޑު ހެއްދުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބި، ވަގުތާއި ފައިސާގެ ގޮތުން ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު، ރައްޔިތުންނާ ގާތުން، އަވަހަށް ފޯރުކޮށްދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ. އެމަނިކުފާނުގެ މި ސިޔާސަތުގެ ދަށުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާޙްކުރައްވާފައެވެ.
މި ސިޔާސަތުގެ ދަށުން، މި އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކުރުމުގެ ހިދުމަތް ހއ. އިހަވަންދޫގައި ވެސް ވަނީ ފަށާފައެވެ. އިހަވަންދޫގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރަން ފެށިފަހުން މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހާއި ހަމަޔަށް 105 އައިޑީ ކާޑް ޕްރިންޓްކޮށްފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން މައުލޫމާތު ދީފައިވެއެވެ. މި އަދަދުގެ ތެރޭގައި ހިމެނެނީ އިހަވަންދޫއަށް ނިސްބަތްވާ 78 ފަރާތެއްގެ ކާޑާއި އެހެން ރަށްރަށަށް ނިސްބަތްވާ 28 ފަރާތެއްގެ ކާޑެވެ.
ގުޅުން ހުރެދާނެ ލިޔުން
ހޯރަފުށީ ކައުންސިލްގެ އެއްލައްކަ ރުފިޔާގެ ފުޓްސަލް މުބާރާތުގައި 7 ރަށަކުން 10 ޓީމު ވާދަކުރަނީ!
8 - މާރިޗު - 2026
ހޯރަފުށީ އެއަރޕޯޓް ޖެޓީ ބޭނުން ކުރަންފަށަނީ
7 - ސެޕްޓެމްބަރު - 2023
އެންމެފަހުން ހޯރަފުށި އެއަރޕޯޓްގައި ޖެޓީ ހެދުމުގެ މަސައްކަތް ފަށައިފި
8 - ސެޕްޓެމްބަރު - 2022
ހޯރަފުށީ ކައުންސިލްގެ ނައިބުރައީސް ކަމަށް އަޙްމަދު އިމްދާޙް
17 - މޭ - 2021
ހޯރަފުށީގެ އިންތިހާބީ ކައުންސިލް ހުވާކުރައްވައިފި
17 - މޭ - 2021
ހޯރަފުށީ ފެން ބަންދުކުރާ ޕްލާންޓް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަނީ
22 - އޭޕްރީލް - 2021
ދަނޑުވެރިކަން ކުރުމަށް ހޯރަފުށިން ބިންދޫކުރަނީ
5 - އޭޕްރީލް - 2020
ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯރަފުށިން ނެގޭނެ އިންތިޒާމް ހަމަޖައްސައިފި
21 - ޖެނުއަރީ - 2020
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ހޯރަފުށި ހިމެނޭހެން 13 ރަށެއްގައި ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަނީ!
18 - ޖުލައި - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް