ހާޝިމްގެ ކެމްޕެއިން ސްޓްރެޓެޖީ މުރާޖަޢާކޮށް އައު ގިޔަރަކަށް
ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ފަސްކުރުމާއެކު، އިހަވަންދޫ ދާއިރާއިން މަޖިލިސް ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށައަޅުއްވާފައިވާ ކެންޑިޑޭޓް، ހާޝިމް މުޙައްމަދުގެ ކެމްޕެއިން ސްޓްރެޓެޖީ މުރާޖަޢާކޮށް އައު ގިޔަރަކަށް ލާފައިވާ ކަމުގައި ހާޝިމް މުޙައްމަދުގެ ކެމްޕެއިން މެނޭޖަރ ޢަބްދު ﷲ ހުޝާމް ބުނެފިއެވެ.
އިހަވަންދޫ ޑޮޓް ކޮމްއާ ވާހަކަ ދައްކަމުން، ހުޝާމް ބުނީ، ޑިސެމަބރ 23އާއި ހަމައަށް އަމާޒުކޮށް ކުރިން 2 ހަފްތާއަށް އެކުލަވާލި ކެމްޕެއިން ސްޓްރެޓެޖީ މިހާރު ދަނީ މުރާޖަޢާކުރަމުންކަމަށެވެ. އަދި އިންތިޚާބު ޖެނުއަރީ ފަހުކޮޅަށް ފަސްވުމާއެކު ގިނަ ކަންތައްތަކެއް ކުރަން މިވަގުތު ފުރުސަތު ލިބިފައިވާކަމަށާއި ހާޝިމްގެ ކެމްޕެއިން ދުވަހެއް ދުވަހަކަށް ވަރުގަދަވާނެކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ވަރަށް ބޮޑުތަނުން އިންތިޚާބް ފަސްވެގެން މިދިޔައީ. އެހެންކަމުން ކުރިން 2 ހަފްތާއަށް ރޭވި ރޭވުންތައް މިހާރު މިވަނީ 4 ހަފްތާއަށް ދަންމާލަން ޖެހިފަ. އެހެންވީމާ، އިންތިޚާބުތަކުގެ ތަޖުރިބާ ހުރި ވަރަށް ވަރުގަދަ ޓީމަކުން މިވަގުތު އެދަނީ މުޅި ކެމްޕެއިންގެ އިސްތިރާޖީ ނިންމުންތައް އަލުން މުރާޖަޢާކުރަމުން" ހުޝާމް ބުންޏެވެ.
ފަހި ދައުރަކަށް މިޝިޢާރުގެ ދަށުން ހާޝިމް ކެމްޕެއިން ކުރަމުންދާއިރު، ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ ޖެނުއަރީ 20އަށްވަނީ ފަސްކޮށްފައެވެ.
ހާޝިމްގެ އިތުރުން 2 ކެންޑިޑޭޓަކު ވަނީ އިހަވަންދޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމްވެަސް ހުށައަޅުއްވައިފައެވެ.
ގުޅުން ހުރެދާނެ ލިޔުން
މުހައްމާ، ނަސީރަށް ތާއީދުކުރާކަން ހާމަކޮށްފި
2 - އޭޕްރީލް - 2024
އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ ނަސީރު އަދި އާރިފް އެކަނި
17 - ފެބްރުއަރީ - 2024
ހާޝިމް، އަމިއްލަގޮތުން ކުރިމަތިނުލަން ނިންމައިފި
14 - ފެބްރުއަރީ - 2024
އަމިއްލަގޮތުން ކުރިމަތިލުމާއިމެދު، ހާޝިމް ގޮތެއް ނިންމަނީ
8 - ފެބްރުއަރީ - 2024
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިހަވަންދޫ ދާއިރާގެ ޓިކެޓް ނަސީރަށް
27 - ޖެނުއަރީ - 2024
ހާޝިމްގެ މެނިފެސްޓޯ ލޯންޗްކުރުން މިރޭ މާރަންދޫގައި
25 - ޖެނުއަރީ - 2024
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިހަވަންދޫ ދާއިރާގެ މަޖިލިސް ޕްރައިމަރީގައި 1796 މީހަކަށް ވޯޓްލެވޭ
20 - ޖެނުއަރީ - 2024
ޕްރައިމަރީއިން ބަލިވިއަސް ޕާޓީ ދޫކޮށްލާފައި ނުދާނަން – ހާޝިމް
6 - ޖެނުއަރީ - 2024
"މާލެއާއި އެއް އަގެއްގައި ތާޒާ ފެން އިހަވަންދޫ ދާއިރާގެ ރައްޔިތުންނަށް ރަށުން ލިބޭނެގޮތް ކަށަވަރު ކޮށްދޭނަން" ނަސީރު
4 - ޖެނުއަރީ - 2024
ހާޝިމްގެ ކެމްޕެއިން އޮފީސް ހުޅުވައިފި
1 - ޖެނުއަރީ - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް