މަސްރޭހުގައި 4 ރަށަކުން 13 ޓީމެއް ވާދަކުރަނީ
މިއަހަރުގެ މަސްވެރިންގެ ދުވަސް އަތޮޅު ފެންވަރުގައި އިހަވަންދޫ ގައި ފާހަގަ ކުރުމަށް ހއ. އިހަވަންދޫ ކައުންސިލާއި، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާ ގުޅިގެން ކުރިޔަށްގެންދާ ހަރަކާތް ތަކުގައި ހިމެނޭ މަސްރޭހުގައި 4 ރަށަކުން 13 ޓީމެއް ބައިވެރިވެއްޖެއެވެ.
މިމަހުގެ 29 ވާ ހުކުރު ދުވަހުގެ 14:30 ގައި ފަށާ މިމުބާރާތުގައި، ޓީމްތައް ބައިވެރިވެފައިވަނީ އިހަވަންދޫ، އުތީމް، ފިއްލަދޫ އަދި އުލިގަމުންނެވެ. އުތީމް، ފިއްލަދޫ އަދި އުލިގަމުން ކޮންމެ ރަށެއްގެ ކައުންސިލުން ބައިވެރިވެފައިވާއިރު، އިހަވަންދޫއިން ވަނީ މިމުބާރާތުގައި 10 ޓީމެއް ބައިވެރިވެފައެވެ. އެއީ އިހަވަންދޫ ސްކޫލް، އިހަވަންދޫ ކައުންސިލް، އިހަވަންދޫ ޕޮލިސް ސްޓޭޝަން، އާރުޑީސީ އިހަވަންދޫ ސައިޓް، ފެނަކަ އިހަވަންދޫ ބްރާންޗް، އިހަވަންދޫ މެޖިސްޓްރޭޓް ކޯޓް، އާމިނާދިޔޯ ސިއްޙީމަރުކަޒު، އިހަވަންދޫ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ކްލަބް ޕޯލްސްޓަރ އަދި މަސްވެރި އިހަވަންދޫއެވެ.
މިމުބާރާތުގެ ޤަވާއިދު ބުނާގޮތުން، މިމުބާރާތުގައި އިހަވަންދޫގެ ސަރުކާރުގެ މުއައްސަސާތަކާއި، ކުންފުނި، ކްލަބް ޖަމިއްޔާތަކަށް ބައިވެރިވެވޭއިރު ހއ އަތޮޅުގެ ކޮންމެ ރަށެއްގެ ކައުންސިލްގެ ނަމުގައި ބައިވެރިވެވެއެވެ. މުމުބާރާތުގެ އެއްވަނަ ޓީމަށް 10 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ދެވަނަ ޓީމަށް 5 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން އެންމެގިނައިން މަސް ބާނާ ފަރާތަށް 1000ރ އަދި އެންމެ ބަރުމަސް ބާނާފަރާތަށް 1000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.
އަތޮޅު ފެންވަރުގައި މަސްވެރިންގެ ދުވަސް އިހަވަންދޫގައި ފާހަގަކުރަނީ، “މަސްވެރިންގެ ދުވަސް 2023 ” އަތޮޅު ފެންވަރުގައި ފާހަގަކުރާނެ ރަށެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހއ އަތޮޅު ކައުންސިލުން ހުޅުވައިލުމުން، އިހަވަންދޫ ކައުންސިލުން ހުށަހެޅި ޕްރޮޕޯސަލަށް ރިޔާއަތްކޮށެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސަބާޙް ވިދާޅުވީ، އިހަވަންދޫގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހިންގާ ހުރިހާ ހަރަކާތެއްވެސް ކުރިޔަށްދާނީ މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން ކުލަބް ޖަމިއްޔާތަކާއި ގުޅިގެން ކަމުގައެވެ.
އިހަވަންދޫ ކައުންސިލް
މަސްވެރިންގެ ދުވަސް
ހއ. އުލިގަން
ހއ. އަތޮޅު ކައުންސިލް
ހއ. ފިއްލަދޫ
ހއ. އުތީމް
ހއ. އުލިގަން ކައުންސިލް
ގުޅުން ހުރެދާނެ ލިޔުން
"އިހަވަންދިއްޕޮޅު ރަސްތަރި" މުބާރާތުގައި 8 ރަށަކުން ވާދަކުރަނީ
7 - ޑިސެމްބަރު - 2022
މަސްރޭހުން އެއްވަނަ ހޯދީ މަސްވެރި އިހަވަންދޫ
5 - ޖެނުއަރީ - 2024
މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރި މަސްރޭސް މިއަދު ބާއްވަނީ!
5 - ޖެނުއަރީ - 2024
މޫސުން ގޯސްވުމުގެ ސަބަބުން މަސްރޭހާއި ހަވީރުގެ ހަރަކާތްތައް ފަސްކޮށްފި
29 - ޑިސެމްބަރު - 2023
ކާއްޓޭ އަދި މަޓޭއާއި އެކު މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް އިތުރަށް ފޯރިގަދަކުރަނީ
28 - ޑިސެމްބަރު - 2023
މަސްވެރިންގެ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް އިހަވަންދޫގައި ހަރަކާތްތަކެއް ހިންގަނީ
11 - ޑިސެމްބަރު - 2023
ތިލައުތުރު ފުޓްސަލް މުބާރާތުގެ ސެމީއަށް އުތީމް، މުރައިދޫ، ވަށަފަރު އަދި ފިއްލަދޫ
6 - ނޮވެމްބަރު - 2023
ފިއްލަދޫ، މުރައިދޫ، ތުރާކުނު އަދި ދިއްދޫ ސެމީއަށް
25 - ޖެނުއަރީ - 2023
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވީ 10 ރަށުން
8 - ޖެނުއަރީ - 2023
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވީ އުތީމް، ތުރާކުނު، ދިއްދޫ، ބާރަށް، ފިއްލަދޫ އަދި އިހަވަންދޫ
26 - ނޮވެމްބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް