މިއަދު ބޭއްވި މަސްރޭހުގެ އިތުރުން 2023 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް އިހަވަންދޫގައި ވަނީ މަސްވެރި އާއިލީ ހަވީރަކާއި މަސްވެރިކަމަށް އެކި ގޮތްގޮތުން ހިދުމަތް ކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޖަލްސާއެއްބާއްވާފައެވެ. އަތޮޅު ފެންވަރުގައި މަސްވެރިންގެ ދުވަސް އިހަވަންދޫގައި ފާހަގަކުރީ، “މަސްވެރިންގެ ދުވަސް 2023 ” އަތޮޅު ފެންވަރުގައި ފާހަގަކުރާނެ ރަށެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހއ އަތޮޅު ކައުންސިލުން ހުޅުވައިލުމުން، އިހަވަންދޫ ކައުންސިލުން ހުށަހެޅި ޕްރޮޕޯސަލަށް ރިޔާއަތްކޮށެވެ.
މަސްރޭހުން އެއްވަނަ ހޯދީ މަސްވެރި އިހަވަންދޫ
މަސްވެރިންގެ ދުވަސް އަތޮޅު ފެންވަރުގައި އިހަވަންދޫ ގައި ފާހަގަ ކުރުމަށް ހއ. އިހަވަންދޫ ކައުންސިލާއި، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާ ގުޅިގެން ކުރިޔަށްގެންދިޔަ މަސްރޭހުން މަސްވެރި އިހަވަންދޫ އެއްވަނަ ހޯދައިފިއެވެ.
މަސްވެރި އިހަވަންދޫ، މަސްރޭހުގެ އެއްވަނަ ހޯދީ 71.64 ކިލޯ މަސްބާނައިގެންނެވެ. މަސްރޭހުން ދެވަނައަށް ދިޔައީ ހިޔާ ފައުންޑޭޝަނެވެ. އެޓީމްވަނީ 68.06 ކިލޯގެ މަސް ބާނާފައެވެ. އެންމެ ގިނަ މަސްވާނާފައިވަނީ ހިޔާ ފައުންޑޭޝަން ޓީމްގެ އަޙްމަދު އާތިފްއެވެ. އާތިފްވަނީ 37 މަސް ބާނާފައެވެ. އެންމެ ބަރުމަސް ބާނާފައިވަނީ މަސްވެރި އިހަވަންދޫ ޓީމްގެ އާލިފްއެވެ. އޭނާ ބޭނި ރަތްމަހުގެ ބަރުދަނުގައި 5.42 ކިލޯ ހުއްޓެވެ.
މިމުބާރާތުގެ އެއްވަނަ ޓީމަށް 10 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު ދެވަނަ ޓީމަށް 5 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވެއެވެ. މީގެ އިތުރުން އެންމެގިނައިން މަސް ބޭނި ފަރާތަށް 1000ރ އަދި އެންމެ ބަރުމަސް ބޭނިފަރާތަށް 1000ރ ގެ ފައިސާގެ އިނާމެއް ދީފައިވެއެވެ.
އެހެން ޓީމްތަކުން ބާނާފައިވާ މަހުގެ ބަރުދަން:
އިހަވަންދޫ ޕޮލިސްޓޭޝަން: 32.40 ކިލޯ
އިހަވަންދޫ ސްކޫލް: 20.84 ކިލޯ
އާރުޑީސީ: 23.38 ކިލޯ
ފެނަކަ އިހަވަންދޫ ބްރާންޗް: 40.56 ކިލޯ
އިހަވަންދޫ ކޯޓް: 18.38 ކިލޯ
އިހަވަންދޫ ކައުންސިލް: 62.9 ކިލޯ
އިހަވަންދޫ ބިޒްނަސް ސެންޓަރ: 8.68 ކިލޯ
ގުޅުން ހުރެދާނެ ލިޔުން
މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރި މަސްރޭސް މިއަދު ބާއްވަނީ!
5 - ޖެނުއަރީ - 2024
މޫސުން ގޯސްވުމުގެ ސަބަބުން މަސްރޭހާއި ހަވީރުގެ ހަރަކާތްތައް ފަސްކޮށްފި
29 - ޑިސެމްބަރު - 2023
ކާއްޓޭ އަދި މަޓޭއާއި އެކު މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް އިތުރަށް ފޯރިގަދަކުރަނީ
28 - ޑިސެމްބަރު - 2023
މަސްރޭހުގައި 4 ރަށަކުން 13 ޓީމެއް ވާދަކުރަނީ
27 - ޑިސެމްބަރު - 2023
މަސްވެރިންގެ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް އިހަވަންދޫގައި ހަރަކާތްތަކެއް ހިންގަނީ
11 - ޑިސެމްބަރު - 2023
އިހަވަންދޫ ކައުންސިލް މަސްރޭސް 2025 : އެއްވަނަ ކައުންސިލަށް
11 - ޑިސެމްބަރު - 2025
އިހަވަންދޫ ކައުންސިލް މަސްރޭސް 2025 : ދޯނިތައް މަހަށް ފުރައިފި
10 - ޑިސެމްބަރު - 2025
މަސްރޭހުން އެއްވަނަ ހޯދީ ފެނަކަ އިހަވަންދޫ ބްރާންޗް
14 - ޑިސެމްބަރު - 2024
ހއ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތްތައް އިހަވަންދޫގައި ބޭއްވޭތޯ މަސައްކަތްކުރަނީ
11 - ޑިސެމްބަރު - 2024
އިހަވަންދޫ ކައުންސިލް މޮނިޓަރ ކޮށްފި
20 - ނޮވެމްބަރު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް