މަސްރޭހުން އެއްވަނަ ހޯދީ ފެނަކަ އިހަވަންދޫ ބްރާންޗް
މަސްވެރިންގެ ދުވަހާއި ގުޅުވައިގެން، އިހަވަންދޫ ކައުންސިލުން ކުރިޔަށް ގެންދިޔަ މަސްރޭސް 2024 ގެ އެއްވަނަ އިހަވަންދޫ ފެނަކަ ބުރާންޗުން ހޯދައިފިއެވެ. މަސްރޭސް ކުރިޔަށް ގެންގޮސްފައިވަނީ އިއްޔަ މެންދުރު 14:30 އިން ފެށިގެން ރޭ 21:00 އާއި ހަމަޔަށެވެ.
ފެނަކަ އިހަވަންދޫ ބްރާންޗުން މިމުބާރާތުގެ އެއްވަނަ ހޯދީ 56.8 ކިޅޯގެ މަސް ބާނައިގެންނެވެ. މިމުބާރާތުން ދެވަނަ ހޯދި އިހަވަންދޫ ކައުންސިލްވަނީ 38.6 ކިލޯގެ މަސް ބާނާފައެވެ. 3.65 ކިލޯގެ މަހެއް ބާނައިގެން އެންމެ ބަރުމަސް ބޭނި ފަރާތަކަށް ހޮވުނީ ފެނަކަ އިހަވަންދޫ ބްރާންޗުގެ މުހައްމަދު ޝަބީންއެވެ. މިމުބާރާތުގެ އެއްވަނަ ޓީމް ފެނަކައަށް 5000ރ ގެ ފައިސާގެ އިނާމެއް ދިންއިރު ދެވަނަ ޓީމް އިހަވަންދޫ ކައުންސިލަށް 2000ރ ގެ ފައިސާގެ އިނާމެއް ދީފައިވެއެވެ. އަދި އެންމެ ބަރުމަސް ބޭނި ޝަބީންއަށް 500ރ ގެ ފައިސާގެ އިނާމެއް ދީފައިވެއެވެ.
އިހަވަންދޫގައި ހުރި ސަރުކާރު މުއައްސަސާތަކާއި ސަރުކާރު ކުންފުނި އަދި ކްލަބް ޖަމިއްޔާތަކަށް ހުޅުވާލައިގެ ކުރިޔަށް ގެންދިޔަ މިމުބާރާތުގައި 8 ޓީމަކުން ވާދަކުރިއެވެ. އެއީ އިހަވަންދޫ ކައުންސިލް، ފެނަކަ އިހަވަންދޫ ބްރާންޗް، އިހަވަންދޫ ޕޮލިސް، އާރު.ޑީ.ސީ، އިހަވަންދޫ ސްކޫލް، އެމް.ޓީ.ސީ.ސީ، އިހަވަންދޫ މެޖިސްޓްރޭޓް ކޯޓް އަދި މަސްވެރި އިހަވަންދޫއެވެ.
ގުޅުން ހުރެދާނެ ލިޔުން
ވާދަވެރި ޕޮލިހާއި ފެނަކައިގެ މެޗުން އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް މާދަމަރޭ ފަށަނީ...
9 - ޖުލައި - 2026
އިހަވަންދޫ ކައުންސިލް މަސްރޭސް 2025 : އެއްވަނަ ކައުންސިލަށް
11 - ޑިސެމްބަރު - 2025
އިހަވަންދޫ ކައުންސިލް މަސްރޭސް 2025 : ދޯނިތައް މަހަށް ފުރައިފި
10 - ޑިސެމްބަރު - 2025
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް: ފެނަކަ، ޕޮލިސް، އާރު.އާރު.ސީ އަދި ކައުންސިލް ސެމީ ފައިނަލަށް
4 - ޑިސެމްބަރު - 2024
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް، އަންނަ ހުކުރުދުވަހުގެ ރޭ ފަށަނީ
26 - ނޮވެމްބަރު - 2024
މަސްރޭހުން އެއްވަނަ ހޯދީ މަސްވެރި އިހަވަންދޫ
5 - ޖެނުއަރީ - 2024
މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރި މަސްރޭސް މިއަދު ބާއްވަނީ!
5 - ޖެނުއަރީ - 2024
މޫސުން ގޯސްވުމުގެ ސަބަބުން މަސްރޭހާއި ހަވީރުގެ ހަރަކާތްތައް ފަސްކޮށްފި
29 - ޑިސެމްބަރު - 2023
ކާއްޓޭ އަދި މަޓޭއާއި އެކު މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް އިތުރަށް ފޯރިގަދަކުރަނީ
28 - ޑިސެމްބަރު - 2023
މަސްރޭހުގައި 4 ރަށަކުން 13 ޓީމެއް ވާދަކުރަނީ
27 - ޑިސެމްބަރު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް