ޕީޕީއެމް އިން ސަރުކާރު ޒިންމާދާރުކުރުވާ، މަސްވެރިންނަށްވީ ވަޢުދު ފުއްދައިދޭން މަސްވެރިންގެ ހައްޤުގައި މަސައްކަތް ކުރާނެ: ޞަބާޙު
އިހަވަންދޫއަކީ މަސްވެރި އާއިލާތަކެއް ދިރިއުޅެމުންދާ އަދި އެމަސައްކަތުން ލިބޭ ނަފާއަށް ބަރޯސާވެފައިވާ ރަށެއް ކަމަށާއި، މިއަދު އެތައް ދޯނިފަހަރު މަސްނުކިރި އެކަށީގެންވާ އާމްދަނީ ނުލިބި ރައްޔިތުން ކަންބޮޑުވެ،އެކަމާ މާސްވެފައި މިވާ ދަނޑިވަޅުގައި، މިއަހަރުގެ މަސްވެރިންގެދުވަހު ކައުންސިލުން މަސްރޭސްފަދަ ހަރަކާތްތައް ބޭއްވުމަކީ މިއަދު ގިނަ ރައްޔިތުން ބަލައިގަންނަ ކަމެއް ނޫންކަމަށާއި، މިއަދު ރައްޔިތުން އެދި ގޮވަމުންދަނީ މަސްކިރޭނެ ގޮތެއް ހޯދައި ދިނުމަށް ކަމަށާއި، މިއަދު ރައްޔިތުން އެދިގޮވަނީ ސަރުކާރުންވީ ވަޢުދާ އެއްގޮތަށް ހަމައަގު ހޯދާދިނުމަށްކަމަށާއި، މިއަދު ރައްޔިތުންގެ ހައްގުގައި ކައުންސިލުން މިއަޑުތައް އުފުލަންޖެހޭނެކަމަށް ޕީޕީއެމްގެ ފަރާތުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ އިހަވަންދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތި ލައްވާފައިވާ ކެނޑިޑޭޓު އަޙްމަދު ޞަބާހު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ކެނޑިޑޭޓުން ތަކުރާރުކޮށް ކައުންސިލަށް ފާޑުވިދާޅުވަމުންދާތީ މިނޫހުން ކުރި ސުވާލަކަށް ޖަވާބު ދެމުން ޞަބާހު ވިދާޅުވީ ރަށްރަށުގެ ކައުންސިލްތަކަށްވެސް މަސްވެރިންގެ މިފަދަ ކަންކަމަށް ހައްލު ހޯދައިދޭން މަސައްކަތް ކުރެވިދާނެ ކަމަށެވެ. އެގޮތުން، ކައުންސިލަށް އެކަމުގެ އަޑު އުފުލިދާނެކަމަށާއި ކަމާގުޅޭ މިނިސްޓުރީގެ ސަމާލުކަމަށް މިކަންގެނައުމުގެ އިތުރަށް، ކޮވިޑުގެ މިހާލަތުގައި ކައުންސިލަށް މިނިސްޓަރީއާއެކު އޮންލައިންކޮށް ބައްދަލުކޮށް މަސްވެރިންގެ ހާލަތު ހިއްސާވެސް ކުރެވިދާނެ ކަމަށާއި، މަސްވެރިންގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެވޭނެކަމަށާއި، ސީދާ ރައީސްއަށް ޕެޓިޝަންވެސް ހުށައެޅިދާނެ ކަމަށެވެ.
ޕީޕީއެމްގެ ފަރާތުން ކައުންސިލްގެ ރައީސްކަމަށް ކުރިމަތި ލާފައިވާ އަޙްމަދު ޞަބާހު ވިދާޅުވީ ޕީޕީއެމްއިން ސަރުކާރު ޒިންމާދާރުކުރުވާ، މަސްވެރިންނަށްވީ ވަޢުދު ފުއްދައިދޭން މަސްވެރިންގެ ހައްޤުގައި މަސައްކަތް ކުރާނެ ކަމަށެވެ.
ޕީޕީއެމް ސުޓިއަރިންގް ކޮމިޓީގެވެސް މެމްބަރު އަޙްމަދު ޞަބާހު ވިދާޅުވީ، ސަރުކާރުން ވަނީ މަސްވެރިންނަށް ވީ ވައުދު ނުފުދި އެކި ބަހާނަ ދައްކަން ފަށާފަ ކަމަށެވެ.
މި ދަނޑިވަޅަކީ މަސްވެރިން ބާނާމަސް ނުކިރި މަސްވެރިންނަށް ބާނާ މަހުގެ ހަމައަގު ނުލިބޭ މައްސަލާގައި އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދާ ދަނޑިވަޅެކެވެ. އެގޮތުން މި ދުވަސްވަރު އިހަވަންދޫގެ މަސްވެރިންގެ ހާލަތާމެދު މިހާރުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން އިހަވަންދޫ ކައުންސިލަށާއި ސަރުކާރަށް ފާޑު ކިޔުން އިތުރުވެފައިވާކަން ފާހަގަ ކުރެވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އަރީބް، ޒާހިރު، ޝަނީޒާ އަދި ސުމާވެސް ދެވަނަ ދައުރަކަށް ކުރިމަތިލަނީ!
12 - ޑިސެމްބަރު - 2025
އިހަވަންދޫ އެމްޑީޕީ މެމްބަރުންގެ އަދަދު ބޮޑުތަނުން މަދުވެއްޖެ!
7 - ޑިސެމްބަރު - 2025
މުހައްމާ، ނަސީރަށް ތާއީދުކުރާކަން ހާމަކޮށްފި
2 - އޭޕްރީލް - 2024
އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ ނަސީރު އަދި އާރިފް އެކަނި
17 - ފެބްރުއަރީ - 2024
ހާޝިމް، އަމިއްލަގޮތުން ކުރިމަތިނުލަން ނިންމައިފި
14 - ފެބްރުއަރީ - 2024
އަމިއްލަގޮތުން ކުރިމަތިލުމާއިމެދު، ހާޝިމް ގޮތެއް ނިންމަނީ
8 - ފެބްރުއަރީ - 2024
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިހަވަންދޫ ދާއިރާގެ ޓިކެޓް ނަސީރަށް
27 - ޖެނުއަރީ - 2024
ހާޝިމްގެ މެނިފެސްޓޯ ލޯންޗްކުރުން މިރޭ މާރަންދޫގައި
25 - ޖެނުއަރީ - 2024
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިހަވަންދޫ ދާއިރާގެ މަޖިލިސް ޕްރައިމަރީގައި 1796 މީހަކަށް ވޯޓްލެވޭ
20 - ޖެނުއަރީ - 2024
ޕްރައިމަރީއިން ބަލިވިއަސް ޕާޓީ ދޫކޮށްލާފައި ނުދާނަން – ހާޝިމް
6 - ޖެނުއަރީ - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް