އޯޕަން ސްޓޭޖް ކުރިންހުރި ގޮތަށް އިޢާދަކުރުމަށާއި، ކައުންސިލުން ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް އެމްޑީޕީގެ މައްޗަށް ޙުކުމްކޮށްފި
އިހަވަންދޫ ކައުންސިލް އިދާރާގެ ހުއްދަ ނުހޯދައި، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އިހަވަންދޫ އޯޕަން ސްޓޭޖަށް ބަދަލުގެނެސް، އޯޕަން ސްޓޭޖްގައި އެޕާޓީ ރަމްޒްކޮށްދޭ ކުލަ ލައިފާވާތީ އޯޕަން ސްޓޭޖް ކުރިން ހުރިގޮތަށް ބަދަލުކުރުމަށާއި، އިހަވަންދޫ ކައުންސިލުން އެންގި އެންގުމަށް އިޖާބަ ދީފައިނުވާތީ ކައުންސިލުން، އެމްޑީޕީ 1000ރ އިން ކޮށްފައިވާ ޖޫރިމަނާދެއްކުމަށް އެމްޑީޕީގެ މައްޗަށް ޙުކުމް ކޮށްފިއެވެ.
މިގޮތަށް ޙުކުމް ކޮށްފައިވަނީ އިހަވަންދޫ ކައުންސިލް އިދާރާއިން، އިހަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އިއްޔަކުރި ޙުކުމުގައެވެ. އެމްޑީޕީއިން ހާޒިރުވެފައިނުވާތީ މިމައްސަލާގައި ޙުކުމް ކޮށްފައިވަނީ އެމްޑީޕީގެ ޣައިރު ޙާޟިރުގައެވެ. އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުންކުރި ޙުކުމުގައިވަނީ، އިހަވަންދޫ ކައުންސިލް އިދާރާގެ ހުއްދަނެތި އެމްޑީޕީއިން އެއިދާރާގެ އޯޕަން ސްޓޭޖްގައި ކަލަލައި މުޅި ސްޓޭޖަށް ބަދަލުގެނެސްފައިވާތީ އެސްޓޭޖް ކުރިންހުރި ގޮތަށް އިއާދަކުރުމަށް ކައުންސިލް އިދާރާގެ މަޝްވަރާގެމަތިން އެއިދާރާއިން އެއްބަސްވާ ކުލައެއް ލައި ކުރިން އޯޕަން ސްޓޭޖް ހުރިގޮތަށް 15 މާރިޗް 2024 ގެ ކުރިން އިއާދަކޮށްދިނުމަށް ނުވަތަ އޯޕަން ސްޓޭޖް ކުރިންހުރިގޮތަށް ބަދަލުކުރުމަށް ދާނެ ޚަރަދުކަމަށް ކައުންސިލް އިދާރާއިން ބުނާ ޚަރަދު 29 ފެބްރުއަރީ 2024 ގެ ކުރިން ދިނުމަށާއި، ޤަވާޢިދާ ޚިލާފަށް އޯޕަން ސްޓޭޖަށް ބަދަލުގެނެސްފައިވާތީ އެމްޑީޕީއިން ކޮށްފައިވާ ޖޫރިމަނާ (1000ރ) 25 ފެބްރުއަރީ 2024 ގެ ކުރިން އިހަވަންދޫ ކައުންސިލް އިދާރާއަށް ދެއްކުމަށް އެމްޑީޕީގެ މައްޗަށް ޙުކުމްކުރާކަމަށެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު އޯޕަން ސްޓޭޖްގައި އެމްޑީޕީ ރަމްޒު ކޮށްދޭ ކުލަލީ ގޮތަށް އަދިވެސް ހުރީ ކައުންސިލްގެ އެންގުންތަކާ އެއްގޮތަށް ބަދަލު ނުގެނެހެވެ. އަދި ހަމައެހެންމެ އިހަވަންދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ހުރި ބައެއް އިމާރާތްތަކުގެ ފާރުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ނިސްބަތްކޮށް ލިޔެފައިވާ އާންމު އިޖްތިމާއީ މިންގަނޑާއި ހިލާފު ލިޔުންތައްވެސް އަދިވެސް ފިލުވާފައިނުވާކަން ފާހަގަކުރެވެއެވެ.
އިހަވަންދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަނުގައި ސިޔާސީ ހަރަކާތްތަކާއި ގުޅުވައިގެން ތަފާތު ކުލަތައް ލުމަކީ ކުރިން ވަރަށް އާންމުކަމެކެވެ. މިއީ އާންމު އިޖްތިމާއީ މިންގަޑާއި ހިލާފަށް ހިންގާ މިފަދަ ކަމެއްގައި ކޯޓާއި ހަމަޔަށްގޮސް ކޯޓް މަރުހަލާއިން އިހަވަންދޫ ކައުންސިލަށް ހޯދުނު ފުރަތަމަ ކާމިޔާބީކަން ފާހަގަކުރެވެއެވެ. ކުރިޔާ ހިލާފަށް އާންމު އިޖްތިމާއި މިންގަޑާއި ހިލާފަށް ހިންގާ މިފަދަ ކަންކަމަށް މިހާރު ގިނަބަޔަކު ނަފްރަތު ކުރާކަން ފާހަގަކުރެވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އޯޕަން ސްޓޭޖް ކުރިންހުރި ގޮތަށް އިޢާދަކުރުމަށް އެމްޑީޕީގެ މައްޗަށް ވަގުތީ އަމުރެއް ނުނެރުނު
7 - ނޮވެމްބަރު - 2023
އެމްޑީޕީއިން ގޮތްދޫކޮށް، އޯޕަން ސްޓޭޖް ކުރިން ހުރިގޮތަށް އިޢާދަކޮށް ޖޫރިމަނާ ދައްކައިފި
11 - ޑިސެމްބަރު - 2024
އެމްބިއުލާންސަށް ދަތިވާކަމަށްބުނެ އެމްޑީޕީގެ ދިދަތަކެއް ނަގަން އުޅުމުން ހަމަނުޖެހުން
31 - އޮގަސްޓު - 2023
އެމްޑީޕީއަށް އިދާރީގޮތުން ދެންޖެހޭ ހިދުމަތްތަކާ ހުއްދަތަތައް ދިނުން ހުއްޓާލާނެކަން އިހަވަންދޫ ކައުންސިލުން އަންގައިފި
19 - އޮގަސްޓު - 2023
ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ކޯޓަށް ހުށަހެޅުމާއިއެކު، އޯޕަން ސްޓޭޖްގައި ކުލަ ލައިފި
28 - އޮކްޓޯބަރު - 2024
ރިޔާސީ ކެންޑިޑޭޓުން އިހަވަންދޫއަށް ހާއްސަކޮށް ވެފައިވަނީ ކޮންވައުދުތަކެއް؟
8 - ސެޕްޓެމްބަރު - 2023
މަގުތަކަށް ވެލިއެޅުން ހުއްޓުވަން ކޯޓް އަމުރަކަށް އެދުމުން އަމުރެއް ނުނެރުނު
22 - އޭޕްރީލް - 2023
ސީ.އެމް.ސީ ބަލިކޮށް ޕޮލިސް ފައިނަލަށް
13 - އޮކްޓޯބަރު - 2022
ފައިނަލްގެ ފުރަތަމަ ޖަގާ އައި.އެސް.އޭޑީ.އެޗް.ސީ އަށް
12 - އޮކްޓޯބަރު - 2022
ޕޮލިސް ބަލިކޮށް އައި.އެސް.އޭޑީ.އެޗް.ސީ ދެވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލަށް
10 - އޮކްޓޯބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް