ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ކޯޓަށް ހުށަހެޅުމާއިއެކު، އޯޕަން ސްޓޭޖްގައި ކުލަ ލައިފި
އޯޕަން ސްޓޭޖް ކުރިންހުރި ގޮތަށް އިޢާދަކުރުމަށާއި، ކައުންސިލުން ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް އެމްޑީޕީގެ މައްޗަށް ކޮށްފައިވާ ޙުކުމް ތަންފީޒު ކުރުމުގެ މައްސަލަ، އިހަވަންދޫ ކައުންސިލުން ކޯޓަށް ވެއްދުމާއިއެކު އޯޕަން ސްޓޭޖްގައި ކަޅު ކުލަ ލައިފިއެވެ.
އިހަވަންދޫ ކައުންސިލް އިދާރާގެ ހުއްދަ ނުހޯދައި، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އިހަވަންދޫ އޯޕަން ސްޓޭޖަށް ބަދަލުގެނެސް، އޯޕަން ސްޓޭޖްގައި އެޕާޓީ ރަމްޒްކޮށްދޭ ކުލަ ލައިފަވާތީ އޯޕަން ސްޓޭޖް ކުރިން ހުރިގޮތަށް ބަދަލުކުރުމަށާއި، އިހަވަންދޫ ކައުންސިލުން އެންގި އެންގުމަށް އިޖާބަ ދީފައިނުވާތީ ކައުންސިލުން، އެމްޑީޕީ 1000ރ އިން ކޮށްފައިވާ ޖޫރިމަނާދެއްކުމަށް އެމްޑީޕީގެ މައްޗަށް އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމް ކޮށްފައިވަނީ މިއަހަރުގެ ފެބުރުމަހުގެ 11 ވަނަ ދުވަހުއެވެ. އެގޮތަށް ޙުކުމް ކޮށްފައިވަނީ އިހަވަންދޫ ކައުންސިލް އިދާރާއިން، އިހަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައާއި ގުޅިގެންނެވެ. އެމައްސަލާގައި ޙުކުމް ކޮށްފައިވަނީ އެމްޑީޕީގެ ޣައިރު ޙާޟިރުގައެވެ.
އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުންކުރި ޙުކުމުގައިވަނީ، އިހަވަންދޫ ކައުންސިލް އިދާރާގެ ހުއްދަނެތި އެމްޑީޕީއިން އެއިދާރާގެ އޯޕަން ސްޓޭޖްގައި ކަލަލައި މުޅި ސްޓޭޖަށް ބަދަލުގެނެސްފައިވާތީ އެސްޓޭޖް ކުރިންހުރި ގޮތަށް އިއާދަކުރުމަށް ކައުންސިލް އިދާރާގެ މަޝްވަރާގެމަތިން އެއިދާރާއިން އެއްބަސްވާ ކުލައެއް ލައި ކުރިން އޯޕަން ސްޓޭޖް ހުރިގޮތަށް 15 މާރިޗް 2024 ގެ ކުރިން އިއާދަކޮށްދިނުމަށް ނުވަތަ އޯޕަން ސްޓޭޖް ކުރިންހުރިގޮތަށް ބަދަލުކުރުމަށް ދާނެ ޚަރަދުކަމަށް ކައުންސިލް އިދާރާއިން ބުނާ ޚަރަދު 29 ފެބްރުއަރީ 2024 ގެ ކުރިން ދިނުމަށާއި، ޤަވާޢިދާ ޚިލާފަށް އޯޕަން ސްޓޭޖަށް ބަދަލުގެނެސްފައިވާތީ އެމްޑީޕީއިން ކޮށްފައިވާ ޖޫރިމަނާ (1000ރ) 25 ފެބްރުއަރީ 2024 ގެ ކުރިން އިހަވަންދޫ ކައުންސިލް އިދާރާއަށް ދެއްކުމަށް އެމްޑީޕީގެ މައްޗަށް ޙުކުމްކުރާކަމަށެވެ. ނަމަވެސް ޙުކުމުގައި ބަޔާން ކޮށްފައިވާ މުއްދަތުގައި ޙުކުމާއި އެއްގޮތަށް އެމްޑީޕީއިން އަމަލުކޮށްފައެއް ނުވެއެވެ.
މިކަމާއި ގުޅިގެން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހްއާ ސުވާލުކުރުމުން ވިދާޅުވީ، ޙުކުމުގައި ދީފައިވާ މުއްދަތު ހަމަވެ ޙުކުމް ތަންފީޒް ކޮށްފައިނުވާތީ، ޙުކުމް ތަންފީޒް ކުރުމަށް އެމައްސަލަ ކައުންސިލުން ކޯޓަށް ހުށަހަޅާފައިވާ ކަމުގައެވެ. "އަޑުއެހުމަކަށް މިދިޔަ ހަފުތާގައި ކިޔާފަ އަޑުއެހެންވަނީ ފަސްކޮށްފަ" ސޮބާހް ވިދާޅުވިއެވެ.
އިހަވަންދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަނުގައި ސިޔާސީ ހަރަކާތްތަކާއި ގުޅުވައިގެން ތަފާތު ކުލަތައް ލުމަކީ ކުރިން ވަރަށް އާންމުކަމެކެވެ. މިއީ އާންމު އިޖްތިމާއީ މިންގަޑާއި ހިލާފަށް ހިންގާ މިފަދަ ކަމެއްގައި ކޯޓާ ހަމަޔަށްގޮސް، ކޯޓް މަރުހަލާއިން އިހަވަންދޫ ކައުންސިލަށް ކާމިޔާބު ހޯދުނު ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ. ކުރިޔާ ހިލާފަށް އާންމު އިޖްތިމާއި މިންގަޑާއި ހިލާފަށް ހިންގާ މިފަދަ ކަންކަމަށް މިހާރު ގިނަބަޔަކު ނަފްރަތު ކުރާކަން ފާހަގަކުރެވެއެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު، އިހަވަންދޫ ކައުންސިލް އިދާރާގެ ހުއްދަނެތި އޯޕަން ސްޓޭޖްގައި އެމްޑީޕީ ރަމްޒު ކޮށްދޭ ކުލަ ލީއިރު، ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ހުރި ބައެއް އިމާރާތްތަކުގެ ފާރުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ނިސްބަތްކޮށް ލިޔެފައިވާ އާންމު އިޖްތިމާއީ މިންގަނޑާއި ހިލާފު ލިޔުންތައްވެސް ބަޔަކު ކުރެހިއެވެ.
ގުޅުން ހުރެދާނެ ލިޔުން
އެމްޑީޕީއިން ގޮތްދޫކޮށް، އޯޕަން ސްޓޭޖް ކުރިން ހުރިގޮތަށް އިޢާދަކޮށް ޖޫރިމަނާ ދައްކައިފި
11 - ޑިސެމްބަރު - 2024
އޯޕަން ސްޓޭޖް ކުރިންހުރި ގޮތަށް އިޢާދަކުރުމަށާއި، ކައުންސިލުން ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް އެމްޑީޕީގެ މައްޗަށް ޙުކުމްކޮށްފި
12 - ފެބްރުއަރީ - 2024
އޯޕަން ސްޓޭޖް ކުރިންހުރި ގޮތަށް އިޢާދަކުރުމަށް އެމްޑީޕީގެ މައްޗަށް ވަގުތީ އަމުރެއް ނުނެރުނު
7 - ނޮވެމްބަރު - 2023
އެމްބިއުލާންސަށް ދަތިވާކަމަށްބުނެ އެމްޑީޕީގެ ދިދަތަކެއް ނަގަން އުޅުމުން ހަމަނުޖެހުން
31 - އޮގަސްޓު - 2023
އެމްޑީޕީއަށް އިދާރީގޮތުން ދެންޖެހޭ ހިދުމަތްތަކާ ހުއްދަތަތައް ދިނުން ހުއްޓާލާނެކަން އިހަވަންދޫ ކައުންސިލުން އަންގައިފި
19 - އޮގަސްޓު - 2023
ކައުންސިލް މެމްބަރު ރިޟްވާން އެމްޑީޕީ ދޫކޮށް ޕީޕީއެމް އަށް
26 - ޖެނުއަރީ - 2020
އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް، ޑިސެންބަރު މަހު ބާއްވަނީ!
10 - ސެޕްޓެމްބަރު - 2026
ހުޅުވިތާ 1 އަހަރާ 8 މަސްވީ، ކުޑަކުދިންގެ ޕާކުގެ ޓާފް ބަދަލުކުރަނީ!
5 - ސެޕްޓެމްބަރު - 2026
ހަލާކުވެފައި އޮންނަތާ ގިނަދުވަސް ތަކަކަށްފަހު، އައިސް އުފުލާ ލޮރީ މަރާމާތުކޮށްފި
25 - އޮގަސްޓު - 2026
ކައުންސިލުން ގްރާންޓްގެ ގޮތުގައި އިހަވަންދޫ ސްކޫލަށް މިއަހަރު ދެނީ 200،000ރ
19 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް