ރީ-ރަޖިސްޓާކުރުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހާ ހަމަޔަށް ހުޅުވާލައިފި
އަންނަ މަހު 21 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
އެފުރުސަތު އެކޮމިޝަނުން ހުޅުވާލާފައިވަނީ އިއްޔައިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ މެންދުރު ފަހު 3:00 ގެ ނިޔަލަށެވެ. މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓާކުރުމަށް ފޯމު ހުށަހަޅަން ޖެހެނީ އީސީގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ. ކުރިން މި މަހު 17 ގައި ބާއްވާ ގޮތަށް ހަމަޖެއްސި މަޖިލިސް އިންތިހާބު އަންނަ މަހު 21 އަށް ފަސްކުރުމާ ގުޅިގެން ވޯޓުލުމުގެ ހައްގު އިތުރު 560 މީހަކަށް ވަނީ ލިބިފަ އެވެ. އެހެންކަމުން އެ މީހުންނާއި އިތުރު މީހުންނަށް ވެސް ރީ-ރަޖިސްޓާކުރުމުގެ ފުރުސަތު ދޭން އީސީން ނިންމީއެވެ.
ކުރިޔަށްއޮތް މަޖިލިހުގެ އިންތިހާބުގައި އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ވާދަކުރަނީ އާރިފް އަދި ނަސީރުއެވެ. މިއީ އައު ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށިފަހުން ބާއްވާ ބަރުލަމާނުގެ އިންތިހާބެއްގައި އިހަވަންދޫ ދާއިރާއަށް އެންމެ މަދުން ކެނޑިޑޭޓުން ވާދަކުރާ ފަހަރެވެ. އާރިފް މިއިންތިހާބުގައި ވާދަކުރަނީ އެމްޑީޕީގެ ޓިކެޓްގައެވެ. އާރިފްއަށް ޓިކެޓް ލިބިފައިވަނީ ޕްރައިމަރީއަކާއި ނުލައެވެ. އެއީ އާރިފް ފިޔަވާ އިތުރުފަރާތަކުން އެމްޑީޕީގެ ޓިކެޓް ހޯދުމަށް ކުރިމަތިލާފައި ނުވާތީއެވެ. ނަސީރު މިއިންތިހާބުގައި ވާދަކުރަނީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައެވެ. ނަސީރު ޓިކެޓް ހޯދީ 3 ކެންޑިޑޭޓަކު ވާދަކުރި ވާދަވެރި ޕްރައިމަރީއެއް ކާމިޔާބުކޮށްގެންނެވެ.
ގުޅުން ހުރެދާނެ ލިޔުން
ހާޝިމް، އަމިއްލަގޮތުން ކުރިމަތިނުލަން ނިންމައިފި
14 - ފެބްރުއަރީ - 2024
ޓެކްސް ގާނޫނަށް ގެންނަ އިސްލާހުތަކުގެ ހަގީގީ ނަތީޖާ ފެންނަން 3-4 އަހަރު ނަގާނެ - އެމްޕީ ނަސީރު
17 - އޮގަސްޓު - 2026
ބިންތައް އަތުލެވޭ އިސްލާހު ބޭރުކުރަން އިހަވަންދޫ ކައުންސިލުން ގޮވާލައިފި
16 - އޮގަސްޓު - 2026
ކައުންސިލްތަކުގެ އިހުތިޞާޞުން ބިން ސަރުކާރަށް ނެގޭ ގޮތަށް ހުށަހެޅި ބިލާ ދެކޮޅަށް ޕެޓިޝަނެއް ފަށައިފި
9 - އޮގަސްޓު - 2026
3 ވޯޓުގެ ތަފާތަކުން އައިޝާއަށް ގާތްގަނޑަކަށް ގޮނޑި ކަށަވަރުވެއްޖެ!
7 - އޭޕްރީލް - 2026
ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ރެފެރަންޑަމް އިއުލާންކޮށް، ރީ-ރަޖިސްޓްރީވުމަށް އަލުން ހުޅުވާލައިފި
18 - ފެބްރުއަރީ - 2026
އިހަވަންދޫ ކައުންސިލްގެ ރައީސް، ސޮބާހް އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހަޅައިފި
19 - ޖެނުއަރީ - 2026
ކައުންސިލް އިންތިހާބަށް ކުރިމަތިލެވޭނީ 1 ފެބުރުއަރީއާ ހަމަޔަށް!
17 - ޖެނުއަރީ - 2026
ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުން އަންނަ ހޮނިހިރު ދުވަހާއި ހަމަޔަށް!
15 - ޖެނުއަރީ - 2026
ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭކަމާއިމެދު މެމްބަރު ނަސީރު ސުވާލު އުފައްދަވައިފި
5 - ނޮވެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް