2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ގެނައި ބަދަލުތަކާއެކު ދައުލަތުގެ ބަޖެޓު މަޖިލީހުން ފާސްކޮށްފައި ވަނީ މިއަދު ބޭއްވި މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާގައެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށައަޅާފައި ވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި ވެއެވެ. އަދި ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 33.3 ބިލިއަން ރުފިޔާ އެވެ. މިހެންވެ ކުރިން ހުށަހެޅި ބަޖެޓަކީ 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ.
ކޮވިޑް-19 އިގެ ހާލަތުގައި ހުށަހަޅާފައިވާ ބަޖެޓުގެ ހަރަދުތަކާއި މަޝްރޫއުތަކާ ގުޅޭގޮތުން މަޖިލިސް ކޮންޓްރޯލް ކުރާ ގިނަ މެންބަރުން ބަހުސްގެ މަރުހަލާގައި ކަންބޮޑުވުންފާޅުކޮށްފައިވަނިކޮށް، ގިނަ މަޝްރޫއުތަކެއް އިތުރުކޮށް މިނިވަން މުއައްސަސާތަކާއި ބައެއް ސަރުކާރު އޮފީސްތަކުގެ ބަޖެޓު ބޮޑުކޮށްދޭން ކޮމިޓީން ނިންމުމުން، އަންނަ އަހަރުގެ ޖުމްލަ ބަޖެޓު ވަނީ 34.9 ބިލިއަން ރުފިޔާ އަށް އިތުރުވެފައި އެވެ.
ބަޖެޓަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ކުރިން ލަފާކޮށްފައިވާ އަދަދު 17.8 ބިލިޔަން ރުފިޔާ އިން 21.28 ބިލިޔަން ރުފިޔާ އަށް ވަނީ އިތުރުވެފައެވެ.
ކޮމިޓީން ގެނައި ބަދަލުތަކާއެކު، އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް 12.3 ބިލިއަން ރުފިޔާއަށް ވަނީ ތިރިވެފައި އެވެ.
ބަޖެޓު ދިރާސާ ކޮމިޓީން ނިންމި ގޮތަށް، އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓު މިއަދު ފާސްކޮށްފައިވަނީ، މިއަދު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ބަޖެޓަށް ތާއީދު ކުރެވެންނެތްކަމަށް އިދިކޮޅު މެންބަރުން ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، ބަޖެޓު ފާސްކުރަން ވޯޓެ ދެއްވާފައިނުވަނީ އެންމެ މެންބަރެކެވެ. އަންނަ އަހަރަށް 34.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި
2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ގެނައި ބަދަލުތަކާއެކު ދައުލަތުގެ ބަޖެޓު މަޖިލީހުން ފާސްކޮށްފައި ވަނީ މިއަދު ބޭއްވި މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާގައެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށައަޅާފައި ވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި ވެއެވެ. އަދި ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 33.3 ބިލިއަން ރުފިޔާ އެވެ. މިހެންވެ ކުރިން ހުށަހެޅި ބަޖެޓަކީ 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ.
ކޮވިޑް-19 އިގެ ހާލަތުގައި ހުށަހަޅާފައިވާ ބަޖެޓުގެ ހަރަދުތަކާއި މަޝްރޫއުތަކާ ގުޅޭގޮތުން މަޖިލިސް ކޮންޓްރޯލް ކުރާ ގިނަ މެންބަރުން ބަހުސްގެ މަރުހަލާގައި ކަންބޮޑުވުންފާޅުކޮށްފައިވަނިކޮށް، ގިނަ މަޝްރޫއުތަކެއް އިތުރުކޮށް މިނިވަން މުއައްސަސާތަކާއި ބައެއް ސަރުކާރު އޮފީސްތަކުގެ ބަޖެޓު ބޮޑުކޮށްދޭން ކޮމިޓީން ނިންމުމުން، އަންނަ އަހަރުގެ ޖުމްލަ ބަޖެޓު ވަނީ 34.9 ބިލިއަން ރުފިޔާ އަށް އިތުރުވެފައި އެވެ.
ބަޖެޓަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ކުރިން ލަފާކޮށްފައިވާ އަދަދު 17.8 ބިލިޔަން ރުފިޔާ އިން 21.28 ބިލިޔަން ރުފިޔާ އަށް ވަނީ އިތުރުވެފައެވެ.
ކޮމިޓީން ގެނައި ބަދަލުތަކާއެކު، އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް 12.3 ބިލިއަން ރުފިޔާއަށް ވަނީ ތިރިވެފައި އެވެ.
ބަޖެޓު ދިރާސާ ކޮމިޓީން ނިންމި ގޮތަށް، އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓު މިއަދު ފާސްކޮށްފައިވަނީ، މިއަދު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ބަޖެޓަށް ތާއީދު ކުރެވެންނެތްކަމަށް އިދިކޮޅު މެންބަރުން ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، ބަޖެޓު ފާސްކުރަން ވޯޓެ ދެއްވާފައިނުވަނީ އެންމެ މެންބަރެކެވެ. ގުޅުން ހުރެދާނެ ލިޔުން
ޓެކްސް ގާނޫނަށް ގެންނަ އިސްލާހުތަކުގެ ހަގީގީ ނަތީޖާ ފެންނަން 3-4 އަހަރު ނަގާނެ - އެމްޕީ ނަސީރު
17 - އޮގަސްޓު - 2026
ބިންތައް އަތުލެވޭ އިސްލާހު ބޭރުކުރަން އިހަވަންދޫ ކައުންސިލުން ގޮވާލައިފި
16 - އޮގަސްޓު - 2026
ކައުންސިލްތަކުގެ އިހުތިޞާޞުން ބިން ސަރުކާރަށް ނެގޭ ގޮތަށް ހުށަހެޅި ބިލާ ދެކޮޅަށް ޕެޓިޝަނެއް ފަށައިފި
9 - އޮގަސްޓު - 2026
ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭކަމާއިމެދު މެމްބަރު ނަސީރު ސުވާލު އުފައްދަވައިފި
5 - ނޮވެމްބަރު - 2025
މުހައްމާ ބްރޯޑްކޮމް އަށް!
16 - ޖެނުއަރީ - 2025
ބަލިވެގެން ސިއްޙީމަރުކަޒަށް ދާއިރަށް، އާއިލާގެ އެންމެހާ ބޭފުޅުން ބަލިވޭ : މެންބަރު ނަސީރު
25 - ޖޫން - 2024
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 : އިހަވަންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ނަސީރު
21 - އޭޕްރީލް - 2024
އާރިފްއާ ސުވާލެއް ކޮށްލަން ބޭނުންތަ؟ އާސްކް އާރިފް މިރޭ!
18 - އޭޕްރީލް - 2024
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިހަވަންދޫ ދާއިރާ އިން ވޯޓު ލުމުގެ ހައްޤު ލިބިފައިވަނީ 3457 މީހުންނަށް
26 - މާރިޗު - 2024
ރީ-ރަޖިސްޓާކުރުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހާ ހަމަޔަށް ހުޅުވާލައިފި
11 - މާރިޗު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް