އާ ޑްރެޖަރުން އިހަވަންދޫ ބިން ހިއްކަންފަށައިފި
ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސްކުރުމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ގެނަ ބެލްޖިއަމްގެ ޖަން ޑެ ނަލް ގްރޫޕްގެ ޑްރެޖަރ ފިލީޕޯ ބްރޫނެލޭޝީ، އިހަވަންދޫ ބިންހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.
އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 10 ނޮވެމްބަރު 2020 ގައެވެ. 123.9 މިލިއަން ރުފިޔާގެ މަޝްރޫއުގެ އަމަލީ މަސައްކަތް 04 އޯގަސްޓް 2021 ގައި ފެށިނަމަވެސް އެ މަސައްކަތް ފުރަތަމަ ކުރަމުން ދިޔަ ޑްރެޖަރު މަހާޖައްރާފު ހަލާކުވުމުން މިއަދާ ހަމައަށް ބިން ހިއްކުމުގެ މަޝްރޫއު އޮތީ ހުއްޓިފައެވެ.
އެމްޓީސީސީގެ ޑްރެޖަރުތަކުގެ ތެރެއިން އެންމެ އަވަސް ޑްރެޖަރު، މަހާ ޖައްރާފުން ހިކޭނީ ތިން ދުވަހުން ހެކްޓަރެއް ކަމަށާއި ނަމަވެސް އަލަށްގެނަ ޑްރެޖަރުން ދުވާލަކު ހެކްޓަރެއް ހިކޭނެކަމަށް އެމްޓީސީސީއިން ބުނެއެވެ. އެމްޓީސީސީއިން އަލަށްގެނަ ޑްރެޖަރު ފިލީޕޯ ބްރޫނެލޭޝީ އަކީ 470.25 ފޫޓް ދިގު 90.75 ފޫޓް ފުޅާ އަދި 30.03 ފޫޓް އުސް އުޅަނދެކެވެ. އެޑްރެޖަރުގެ ކެޕޭސިޓީ މަހާޖައްރާފާގެ 3 ގުނަ އަށްވުރެ އިތުރެވެ. 11،300 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުންނަ އެޑްރެޖަރަށް މޫދުގެ 254 ފޫޓް އަޑިން ވެލި ނެގުމުގެ ޤާބިލްކަން ލިބިގެންވެއެވެ.
އާ ޑްރެޖަރުން ފުރަތަމަ ނުވަ ރަށެއް ހިއްކާނެއެވެ. އެއީ، ހއ. އިހަވަންދޫގެ އިތުރުން ށ. ކޮމަންޑޫ، އއ. އުކުޅަސް، އއ. ބޮޑުފޮޅުދޫ، ރ. އުނގޫފާރު، މ. ދިއްގަރު، ފ. ފީއަލީ، ކ. ދިއްފުށި އަދި ކ. ގުޅިއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި
28 - ޖުލައި - 2023
9-7 ތެރޭ އިހަވަންދޫގެ ބިންހިއްކާ ނިންމާލެވޭނެ – ރައީސް
9 - ޖުލައި - 2023
އިހަވަންދޫގެ ބިން ހިއްކުމުގެ ޝެޑިއުލް އަދި ނުލިބޭ – މިނިސްޓަރ އަސްލަމް
18 - މޭ - 2022
އިހަވަންދޫ އާޓިފިސިއަލްބީޗް ތަރައްޤީކުރަން އެމްޓީސީސީއާ ހަވާލުކުރީ އާދަޔާހިލާފު ބޮޑު އަގަކަށް!
7 - ޖެނުއަރީ - 2026
ކޮންސްޓްރަކްޝަން މިނިސްޓްރީއިންވެސް ބުނަނީ ބިންހިއްކުމުގެ މަސައްކަތް ނިމިއްޖެކަމަށް!
25 - ނޮވެމްބަރު - 2025
އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ – އެމްޓީސީސީ
13 - އޮކްޓޯބަރު - 2025
އެމްޓީސީސީގެ ހުރިހާ ވެހިކަލެއް އިހަވަންދޫއިން ބާލައިފި!
16 - މާރިޗު - 2025
1560 ދުވަހުންވެސް، އެމްޓީސީސީއަށް އިހަވަންދޫގެ ބިން ހިއްކައި ނުނިންމުނު!
19 - ފެބްރުއަރީ - 2025
ފިޝް ކަލެކްޝަން ފެސިލިޓީގެ ބަނދަރުގެ އީ.އައި.އޭ ނިންމައިފި، މަސައްކަތް ފެށޭނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި
27 - ނޮވެމްބަރު - 2024
ބަންދުކޮށްފައިވާ އިރުމަތީ ފަރާތު ސިޑީގެ ހާލަތު އިތުރަށް ގޯސްވެ ވަށައިގެން ދަގަނޑު ޖަހައިފި
27 - ޖޫން - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް