މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީއާ ހަވާލުކޮށްގެން ދާދިފަހުންވަނީ އިހަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތްކޮށްފައެވެ. 1 ޖޫން 2020 ގައި ފެށި 51.7 މިލިއަން ރުފިޔާގެ އެމަޝްރޫޢު ނިންމާފައިވަނީ 24 ސެޕްޓެމްބަރ 2022 ގައެވެ. އެމަސައްކަތުގައި މިހާރު އަޑިއަށްދާ ސިޑި ހިމޭނޭ ސަރަހައްދު މަރާމާތު ކޮށްފައެއް ނުވެއެވެ. ނަމަވެސް ބަނދަރުގެ މެއިންޓެނަންސް ޑްރެޖިންގް ގެމަސައްކަތް ކޮށްފައިވެއެވެ. އިހަވަންދޫ ބަނދަރުގައި ޕަސިންޖަރުންނަށް ހާއްސަކޮށްފައިވާ ސިޑީގެ ކީވޯލް އަޑިއަށްދަނީ
އިހަވަންދޫ ބަނދަރުގެ އިރުމަތިން ޕަސެންޖަރުންނަށް ހާއްސަކޮށްފައިވާ ސިޑީގެ ކީވޯލް އަޑިއަށް ދާން ފަށައިފިއެވެ. ކޮންކްރީޓް ޕައިލް ކޮށްގެން ހަދާފައިވާ މަގަތު ފާލަމުން އަޑިއަށް ގޮސްފައިވަނީ ހަމައެކަނި ސިޑި ހިމެނޭ ސަރަހައްދެވެ.
އެގޮތުން ސިޑި ހިމެނޭ ސަރަހައްދުގެ ކީވޯލް މިހާރުވަނީ 11 ސެންޓިމީޓަރު ނުވަތަ 4.3 އިންޗި އަޑިއަށް ގެސްފައެވެ. ސިޑި ހިމެނޭ ސަރަހައްދު އަޑިއަށްދާކަން ފާހަގަވާތާ އަހަރެއްހާ ދުވަސް ވެފައިވާއިރު، ކުރިން މިހާރު އަޑިއަށްދާހާ ބާރު ސްޕީޑްގައި އަޑިއަށް ދަމުންދާކަން ފާހަގަކުރެވިފައެއްނުވެއެވެ.
"ފީނާގެން ބަލާފިން، ސިޑި ދަށުގަ އެއްކޮށް ހޮއެ ހެދިފަހުރީ، ވެލި ދެމިފަ، ޕޭމަންޓް ނުވެއްޓި އެއޮންނަނީ ކޮންކްރީޓުން ޕޭއަޅާފަ އޮތީމަ" އެސަރަހައްދަށް ފީނި މީހަކު ބުންޏެވެ. އޭނާ ބުނާގޮތުގައި އެމައްސަލަ ކުރިމަތިވަނީ ސިޑިއާ ގާތްކުރާ އުޅަނދުފަހަރު، އިންޖީނު ފަހަށްތަށް ޖަހާފައި ބާއްވާތީ ބުރަފަތީގެ ޕްރެޝަރަށް ވެލިދަމައިގަންނާތީއެވެ. އަދި އެމައްސަލަބޮޑުވީ އާރުޓީއެލްގެ ލޯންޗްތަކުގެ ދަތުރު ފެށި ހިސާބުންނެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީއާ ހަވާލުކޮށްގެން ދާދިފަހުންވަނީ އިހަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތްކޮށްފައެވެ. 1 ޖޫން 2020 ގައި ފެށި 51.7 މިލިއަން ރުފިޔާގެ އެމަޝްރޫޢު ނިންމާފައިވަނީ 24 ސެޕްޓެމްބަރ 2022 ގައެވެ. އެމަސައްކަތުގައި މިހާރު އަޑިއަށްދާ ސިޑި ހިމޭނޭ ސަރަހައްދު މަރާމާތު ކޮށްފައެއް ނުވެއެވެ. ނަމަވެސް ބަނދަރުގެ މެއިންޓެނަންސް ޑްރެޖިންގް ގެމަސައްކަތް ކޮށްފައިވެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީއާ ހަވާލުކޮށްގެން ދާދިފަހުންވަނީ އިހަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތްކޮށްފައެވެ. 1 ޖޫން 2020 ގައި ފެށި 51.7 މިލިއަން ރުފިޔާގެ އެމަޝްރޫޢު ނިންމާފައިވަނީ 24 ސެޕްޓެމްބަރ 2022 ގައެވެ. އެމަސައްކަތުގައި މިހާރު އަޑިއަށްދާ ސިޑި ހިމޭނޭ ސަރަހައްދު މަރާމާތު ކޮށްފައެއް ނުވެއެވެ. ނަމަވެސް ބަނދަރުގެ މެއިންޓެނަންސް ޑްރެޖިންގް ގެމަސައްކަތް ކޮށްފައިވެއެވެ.
ހއ. އިހަވަންދޫ
އެމްޓީސީސީ
އިހަވަންދޫ ބަނދަރު
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ އާޓިފިސިއަލްބީޗް ތަރައްޤީކުރަން އެމްޓީސީސީއާ ހަވާލުކުރީ އާދަޔާހިލާފު ބޮޑު އަގަކަށް!
7 - ޖެނުއަރީ - 2026
ފިޝް ކަލެކްޝަން ފެސިލިޓީގެ ބަނދަރުގެ އީ.އައި.އޭ ނިންމައިފި، މަސައްކަތް ފެށޭނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި
27 - ނޮވެމްބަރު - 2024
ބަންދުކޮށްފައިވާ އިރުމަތީ ފަރާތު ސިޑީގެ ހާލަތު އިތުރަށް ގޯސްވެ ވަށައިގެން ދަގަނޑު ޖަހައިފި
27 - ޖޫން - 2024
އިހަވަންދޫ ފިޝް ކަލެކްޝަން ފެސިލިޓީގެ ބަނދަރު ހަދަން އެމްޓީސީސީއަށް
17 - އޮގަސްޓު - 2023
ބަނދަރު އަޕްގުރޭޑްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރިތާ 15 ދުވަސް ނުވަނީސް، އާނމުންގެ ރައްކާތެރިކަމަށް ސިޑި ބަންދުކޮށްފި
2 - އޮގަސްޓު - 2023
ބަނދަރު ގޮނޑިތަކުން ރައްޔިތުންނަށް އުފާވެރިކަމާއި ބަނދަރަށް ފުރިހަމަކަން
27 - އޮގަސްޓު - 2022
މުހައްމަދު ރަޝީދުގެ ހާޒިރީ ބަލަހައްޓަނީ އެމްޓީސީސީއިން
21 - އޮގަސްޓު - 2022
މޫސުން ގޯސްވެ ބަނދަރުގެ ބޭރުތޮށީގައި ޖަހާފައިހުރި ކާބުތަކުން ބައެއްވެއްޓިއްޖެ
2 - ޖުލައި - 2022
އިހަވަންދޫގެ ބިން ހިއްކުމުގެ ޝެޑިއުލް އަދި ނުލިބޭ – މިނިސްޓަރ އަސްލަމް
18 - މޭ - 2022
އިހަވަންދޫ ބަނދަރުގެ 85 އިންސައްތަ މަސައްކަތް ނިމިއްޖެ
29 - އޭޕްރީލް - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް