ސެންސިޓީ އަތުން ބަދަލު ހިފައި ބޮޑުމަގު ފައިނަލަށް
ސެންސިޓީ ބަލިކޮށް ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް 2024، ގެ ފައިނަލަށް އެފްސީ ބޮޑުމަގު ދަތުރުކޮށްފިއެވެ. މިމުބާރާތުގެ ފައިނަލަށް ބޮޑުމަގު ދަތުރުކުރީ މިރޭކުޅުނު ސެމީފައިނަލް މެޗްގައި ސެންސިޓީގެ މައްޗަށް 3-1 ސެޓުން ކުރި ހޯދައިގެންނެވެ.
މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި މިދެ ޓީމް ބައްދަލުކުރި މެޗް ސެންސިޓީ ކާމިޔާބުކުރީ 1-3 ސެޓުންނެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު ރޭގެ މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ބޮޑުމަގު ޓީމްގެ ސަހުމީލާ ހަކީމްއެވެ.
މިމަހުގެ 25 ވާ ހުކުރު ދުވަހުގެ ރޭ ކުޅޭ މިމުބާރާތުގެ ފައިނަލް މެޗްގައި ވާދަކުރާނީ ބޮޑުމަގު އަދި ކުޑަކަތީބު މަގެވެ. ކުޑަކަތީބު މަގު މިމުބާރާތުގެ ފައިނަލަށް ދަތުރުކުރީ، ގްރޫޕް ސްޓޭޖުގައި ކުޅިމަގު ކުޅުނު ހުރިހާމެޗަކުން މޮޅުވެ 9 ޕޮއިންޓް ހޯދައިގެން 1 ވަނަ ޓީމްގެ ގޮތުގައެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖް ލީގު އުސޫލުން ކުޅުނުއިރު، އެންމެ ގިނައިން ޕޮއިން ހޯދި ޓީމަށް ފައިނަލުން ސީދާ ޖާގައެއް ކަށަވަރުވެއެވެ.
މިމަހުގެ 20 އިން 25 އަށް ކުރިޔަށްދާ މ މިމުބާރާތުގައި ވާދަކުރަނީ ހަތަރު ޓީމެކެވެ. އެއީ އެފްސީ ބޮޑުމަގު، ސެންސިޓީ، ކުޑަކަތީބު މަގު އަދި ހޯރަފުށީ ޑަބުލިއު.ޑީ.ސީއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 15000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ދެވަނަ ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.
އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
ބޮޑުމަގު
ސެންސިޓީ
ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް
ގުޅުން ހުރެދާނެ ލިޔުން
ކުޑަކަތީބު މަގު ޓީމުން ތަށި ދިފާއުކޮށްފި!
17 - ސެޕްޓެމްބަރު - 2025
ދުންތަރި އަތުން ބަދަލު ހިފައި ބޮޑުމަގު ފައިނަލަށް!
15 - ސެޕްޓެމްބަރު - 2025
ކުޑަކަތީބު މަގު ފައިނަލަށް، ބޮޑުމަގު އަދި ދުންތަރި ސެމީފައިނަލަށް!
13 - ސެޕްޓެމްބަރު - 2025
ސެންސިޓީ، އުލިގަން، ބޮޑުމަގު އަދި ޖަންގަލް ސެމީފައިނަލަށް!
24 - ސެޕްޓެމްބަރު - 2025
އިމަގު ޣާޒީ ކަޕް 2025: ފުރަތަމަ މެޗްގައި ހޯރަފުއްޓާއި އުލިގަމުގެ ކުރިމަތިލުމެއް!
18 - ސެޕްޓެމްބަރު - 2025
4 ޓީމް ހަމަވެ، ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް ބާއްވަނީ
7 - ސެޕްޓެމްބަރު - 2025
ކައުންސިލް ކަޕް އަދި ޑަބުލިއު.ޑީ.ސީ ވޮލީ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 - އޮގަސްޓު - 2025
ކުޑަކަތީބު މަގު ފައިނަލަށް، ސެންސިޓީ އަދި ބޮޑުމަގު ސެމީފައިނަލަށް
23 - އޮކްޓޯބަރު - 2024
ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް 2024: ބޮޑުމަގާއި ކުޑަކަތީބު މަގު މުބާރާތްފެށީ މޮޅަކުން
21 - އޮކްޓޯބަރު - 2024
ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް މިމަހު 20 ގައި ފަށަނީ
18 - އޮކްޓޯބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް