ކައުންސިލް ކަޕް އަދި ޑަބުލިއު.ޑީ.ސީ ވޮލީ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ރަށު ފެންވަރުގައި ވޮލީބޯޅަ ކުރިއެރުވުމަށް އިހަވަންދޫ ކައުންސިލާއި އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބުލިއު.ޑީ.ސީ) އިން އިންތިޒާމުކޮށްގެން ބާއްވާ ކައުންސިލް ކަޕް ވޮލީ މުބާރާތާއި ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ދެ މުބާރާތްވެސް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވަކިވަކި މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދާ މި މުބާރާތްތަކުގައި ބައިވެރިވުމަށް ބޭނުންވާ ޓީމްތަކުން، 2025 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 20 ވާ ބުދަ ދުވަހުގެ 23:59 ގެ ކުރިން މުބާރާތުގައި ރަޖިސްޓްރީކުރަން ޖެހެއެވެ.
މި ދެ މުބާރާތުގެ މައިގަނޑު އެއް ބޭނުމަކީ ރަށު ފެންވަރުގައި ތިބި ހުނަރުވެރި ވޮލީބޯޅަ ކުޅުންތެރިން ފާހަގަކޮށް، އެ ކުޅުންތެރިންނަށް ތަރައްޤީވެ، ކުރިއަރައިދިއުމުގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ. މީގެ އިތުރުން ކުޅުންތެރިންނާއި ޓީމުތަކުގެ މެދުގައި، އެކުވެރިކަމާއި އަޚްލާޤީ މިންގަނޑުތައް އާލާކުރުމަށް މަސައްކަތްކުރުމަކީވެސް މި މުބާރާތްތަކުގެ މުހިންމު މަޤުސަދެކެވެ.
މިއީ މި ދެ މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ. މިދިޔަ އަހަރަށްވުރެ މި ދެ މުބާރާތުގެ ފައިސާގެ އިނާމުވަނީ ދެ ގުނަ ބޮޑުކޮށްފައެވެ. މިއިން ކޮންމެ މުބާރާތެއްގެ ޗެމްޕިއަން ޓީމަށް 30 ހާސް ރުފިޔާ އަދި ރަނަރަޕް ޓީމަށް 10 ހާސް ރުފިޔާ ހުށަހަޅާފައިވެއެވެ.
އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ކައުންސިލް ކަޕް ވޮލީ މުބާރާތް 2024 ގެ ޗެމްޕިއަންކަން ހޯދީ ކުޅިމަގު ޓީމެވެ. އަދި ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް 2024 ގެ ޗެމްޕިއަންކަން ހޯދީ ކުޑަކަތީބު މަގު ޓީމެވެ. މި ދެ މުބާރާތުގައިވެސް ބައިވެރިވެވޭނީ އިހަވަންދޫގެ ޓީމްތަކަށެވެ.
އިހަވަންދޫ ކައުންސިލް
އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
ކައުންސިލް ކަޕް ވޮލީ މުބާރާތް
ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް
ގުޅުން ހުރެދާނެ ލިޔުން
އޯޕަން ސްޓޭޖް ސަރަހައްދުގައި މައިޒާނެއް ތަރައްޤީކުރަނީ...
13 - އޮގަސްޓު - 2026
ޝައިޚް ޙާތިމް ޔޫސުފްގެ ދަރުސްތަކަކާއި ޚާއްޞަ ވޯކްޝޮޕެއް އިހަވަންދޫގައި
16 - ޖޫން - 2026
އިހަވަންދޫ ކައުންސިލްގެ ނައިބަކަށް މޫސާ އަލީ، އ.ތ.މ.ކ ގެ ނައިބަކަށް ސައުޖަތު އިންތިހާބު ކޮށްފި!
17 - މޭ - 2026
5 ވަނަ ދައުރުގެ ކައުންސިލަރުން ހުވާކޮށް، އ.ތ.މ.ކ މެމްބަރުންގެ އިގުރާރުގައި ސޮއެކޮށްފި
17 - މޭ - 2026
"ރައްޔިތުންގެ ޓީމް" ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ނިންމައިފި: ސޮބާހް
15 - އޭޕްރީލް - 2026
ރަސްތަރި ޤުރްއާން މުބާރާތް 2025: ގަދަ 5 ބައިވެރިން ހޮވައިފި!
28 - ނޮވެމްބަރު - 2025
ރަސްތަރި މުބާރާތުގެ ބައިވެރިން އިހަވަންދޫއަށް އަންނަންފަށައިފި
26 - ނޮވެމްބަރު - 2025
ރަސްތަރި މުބާރާތުގައި 7 ރަށަކުން ވާދަކުރަނީ!
17 - ނޮވެމްބަރު - 2025
ކުޑަކަތީބު މަގު ޓީމުން ތަށި ދިފާއުކޮށްފި!
17 - ސެޕްޓެމްބަރު - 2025
ދުންތަރި އަތުން ބަދަލު ހިފައި ބޮޑުމަގު ފައިނަލަށް!
15 - ސެޕްޓެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް