އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބުލިއު.ޑީ.ސީ) އިން އިންތިޒާމުކޮށްގެން ބާއްވާ، ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތުގައި 4 ޓީމު ބައިވެރިވެއްޖެއެވެ. މިމުބާރާތް މިމަހުގެ 10 ގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޑަބުލިއު.ޑީ.ސީ އިން ބުނެއެވެ. މިމުބާރާތް ބޭއްވޭވަރަށް ޓީމްތައް ބައިވެރިވެފައި މިވަނީ މިމުބާރާތް ބޭއްވުމަށް ދެވަނަ ފަހަރަށް އިއުލާން ކުރުމުންނެވެ. އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ރަޝީދާ ހަސަން ވިދާޅުވީ، މުބާރާތަށް 4 ޓީމު ބައިވެރިވެފައިވާ ކަމަށާއި މިމަހުގެ 10 ގައި އެ މުބާރާތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މުބާރާތް އިންތިޒާމުކުރުމުގެ މައިގަނޑު އެއް ބޭނުމަކީ ރަށު ފެންވަރުގައި ތިބި ހުނަރުވެރި ވޮލީބޯޅަ ކުޅުންތެރިން ފާހަގަކޮށް، އެ ކުޅުންތެރިންނަށް ތަރައްޤީވެ، ކުރިއަރައިދިއުމުގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ. މީގެ އިތުރުން ކުޅުންތެރިންނާއި ޓީމުތަކުގެ މެދުގައި، އެކުވެރިކަމާއި އަޚްލާޤީ މިންގަނޑުތައް އާލާކުރުމަށް މަސައްކަތްކުރުމަކީވެސް މި މުބާރާތްތަކުގެ މުހިންމު މަޤުސަދެކެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 30 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 10 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް 2024 ގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކުޑަކަތީބު މަގު ޓީމެވެ.
4 ޓީމް ހަމަވެ، ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް ބާއްވަނީ
ގުޅުން ހުރެދާނެ ލިޔުން
ކުޑަކަތީބު މަގު ޓީމުން ތަށި ދިފާއުކޮށްފި!
17 - ސެޕްޓެމްބަރު - 2025
ދުންތަރި އަތުން ބަދަލު ހިފައި ބޮޑުމަގު ފައިނަލަށް!
15 - ސެޕްޓެމްބަރު - 2025
ކުޑަކަތީބު މަގު ފައިނަލަށް، ބޮޑުމަގު އަދި ދުންތަރި ސެމީފައިނަލަށް!
13 - ސެޕްޓެމްބަރު - 2025
ކައުންސިލް ކަޕް އަދި ޑަބުލިއު.ޑީ.ސީ ވޮލީ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 - އޮގަސްޓު - 2025
ސެންސިޓީ އަތުން ބަދަލު ހިފައި ބޮޑުމަގު ފައިނަލަށް
24 - އޮކްޓޯބަރު - 2024
ކުޑަކަތީބު މަގު ފައިނަލަށް، ސެންސިޓީ އަދި ބޮޑުމަގު ސެމީފައިނަލަށް
23 - އޮކްޓޯބަރު - 2024
ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް 2024: ބޮޑުމަގާއި ކުޑަކަތީބު މަގު މުބާރާތްފެށީ މޮޅަކުން
21 - އޮކްޓޯބަރު - 2024
ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް މިމަހު 20 ގައި ފަށަނީ
18 - އޮކްޓޯބަރު - 2024
ފުރަތަމަ އިންޓަރ އޮފީސް ހޭންޑް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިހަވަންދޫ ސްކޫލް ހޯދައިފި
31 - އޮގަސްޓު - 2026
ފުއްޓަރު މައިޒާން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ބަޖެޓުން 3 ލައްކަ ރުފިޔާ ކުޅިވަރު ދެ މުބާރާތަކަށް!
22 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް