ކުޑަކަތީބު މަގު ފައިނަލަށް، ސެންސިޓީ އަދި ބޮޑުމަގު ސެމީފައިނަލަށް
އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ، ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް 2024، ގެ ފައިނަލަށް ކުޑަކަތީބު މަގު ޓީމް ދަތުރު ކޮށްފިއެވެ. އެޓީމުން މިމުބާރާތުގެ ފައިނަލުން ސީދާ ޖާގައެއް ކަށަވަރުކުރީ ގްރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 9 ޕޮއިންޓާއި އެކު އެއްވަނަ ޓީމްގެ ގޮތުގައެވެ.
މިމުބާރާތުގެ ގްރޫޕް ސްޓޭޖް ލީގު އުސޫލުން ކުޅޭއިރު، އެންމެ ގިނައިން ޕޮއިން ހޯދާ ޓީމަށް ފައިނަލުން ސީދާ ޖާގައެއް ކަށަވަރު ވެއެވެ. އަދި ގްރޫޕްސްޓޭޖުން 2 ވަނަ އަދި 3 ވަނަ ހޯދާ ދެ ޓީމްގެ ސެމީފައިނަލަށް ދަތުރުކުރާނެއެވެ. އެގޮތުން ސެންސިޓީ 6 ޕޮއިންޓާއި އެކު ގްރޫޕް ސްޓޭޖްގެ ދެވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށްފައިވާއިރު ބޮޑުމަގު ސެމީ ފައިނަލުން ޖާގައެއް ކަށަވަރުކުރީ 3 ޕޮއިންޓާއި އެކު 3 ވަނަ ޓީމްގެ ގޮތުގައެވެ. ގްރޫޕް ސްޓޭޖްގައި ކުޅުނު އެއްވެސް މެޗަކުން ޕޮއިންޓެއް ނުހޯދުނު ހޯރަފުށި ޓީމްވަނީ ކަޓައިފައެވެ.
މިމުބާރާތުގެ ސެމީފައިނަލް ކުޅޭނީ މިރެއެވެ. އިމަގު ވޮލީ ކޯޓްގައި ކުޅޭ އެމެޗް ފަށާނީ މިރޭ 20:15 ގައެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 15000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ދެވަނަ ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. މިމުބާރާތުގައި ވާދަކުރަނީ ހަތަރު ޓީމެކެވެ. އެއީ އެފްސީ ބޮޑުމަގު، ސެންސިޓީ، ކުޑަކަތީބު މަގު އަދި ހޯރަފުށީ ޑަބުލިއު.ޑީ.ސީއެވެ.
އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް
ކުޑަކަތީބު މަގު
ގުޅުން ހުރެދާނެ ލިޔުން
ކުޑަކަތީބު މަގު ޓީމުން ތަށި ދިފާއުކޮށްފި!
17 - ސެޕްޓެމްބަރު - 2025
ކުޑަކަތީބު މަގު ފައިނަލަށް، ބޮޑުމަގު އަދި ދުންތަރި ސެމީފައިނަލަށް!
13 - ސެޕްޓެމްބަރު - 2025
ދުންތަރި އަތުން ބަދަލު ހިފައި ބޮޑުމަގު ފައިނަލަށް!
15 - ސެޕްޓެމްބަރު - 2025
4 ޓީމް ހަމަވެ، ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް ބާއްވަނީ
7 - ސެޕްޓެމްބަރު - 2025
ކައުންސިލް ކަޕް އަދި ޑަބުލިއު.ޑީ.ސީ ވޮލީ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 - އޮގަސްޓު - 2025
ސެންސިޓީ އަތުން ބަދަލު ހިފައި ބޮޑުމަގު ފައިނަލަށް
24 - އޮކްޓޯބަރު - 2024
ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް 2024: ބޮޑުމަގާއި ކުޑަކަތީބު މަގު މުބާރާތްފެށީ މޮޅަކުން
21 - އޮކްޓޯބަރު - 2024
ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް މިމަހު 20 ގައި ފަށަނީ
18 - އޮކްޓޯބަރު - 2024
ފުރަތަމަ އިންޓަރ އޮފީސް ހޭންޑް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިހަވަންދޫ ސްކޫލް ހޯދައިފި
31 - އޮގަސްޓު - 2026
ފުއްޓަރު މައިޒާން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ބަޖެޓުން 3 ލައްކަ ރުފިޔާ ކުޅިވަރު ދެ މުބާރާތަކަށް!
22 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް