ތިލައުތުރު ރަންތާޖު ޤުރުއާންމުބާރާތުން އިހަވަންދޫ ދެވަނަ ހޯދިއިރު، ނަސްރަތު މުޅިމުބާރާތުން އެއްވަނަ ހޯދައިފި
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ "ތިލައުތުރު ރަންތާޖު ޤުރުއާން މުބާރާތް 2024" އިން 2 ވަނަ އިހަވަންދޫ ހޯދިއިރު، މުޅި މުބާރާތުން އެއްވަނަ އާމިނަތު ނަސްރަތު ހޯދައިފިއެވެ.
ހއ އަތޮޅުގެ 13 ރަށަކުން 134 ދަރިވަރުން ބައިވެރިވި މިމުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ހއ އުތީމްގައެވެ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ކުރިޔަށްދިޔަ މިމުބާރާތުގެ ކިޔެވުން ކުރިޔަށް ދިޔައީ މިމަހުގެ 24 އިން 25 އަށެވެ. މިމުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތު އޮތީ މިއަދުގެ ހެނދުނުއެވެ. މިއަދު ބޭއްވި އިނާމުދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އޮނަރަބަލް އާދަމް ޝަރީފް ޢުމަރުއެވެ.
މި މުބާރާތަކީ ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތަށް ހއ.އަތޮޅު ކައުންސިލް ތަމްސީލްކުރާނެ ބައިވެރިން ހޮވުމުގެ ބޭނުމުގައި އެ އަތޮޅުގެ ހުރިހާ ރަށަކަށް އަމާޒު ކުރެވިގެން އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ.
މި މުބާރާތް ކުރިއަށް ގެންދަނީ ރަށު ކައުންސިލްތަކުން އޮޑިޝަނެއް ނުވަތަ މުބާރާތެއް ބާއްވައި އެ އޮޑިޝަނުން ނުވަތަ މުބާރާތުން ހޮވިގެން އެ ރަށެއް ތަމްސީލުކުރާ ބައިވެރިންގެ މެދުގައެވެ. މިދިޔަ އަހަރުގެ ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތް ބާއްވާފައިވަނީ ހއ. މާރަންދޫގައެވެ. އެމުބާރާތުންވެސް އިހަވަންދޫ ދެވަނަ ހޯދިއިރު، އިހަވަންދޫ ސްކޫލްގެ ދަރިވަރު، ޔައިޝާ ޔާސިރު އިބްރާހިމް ވަނީ މުޅި މުބާރާތުން އެއްވަނަ ހޯދައިފައެވެ.
މިއަހަރުގެ ތިލައުތުރު ރަންތާޖު ޤުރުއާން މުބާރާތު 3 ވަނަ ރަށަކަށް ހޯރަފުށި ހޮވުނުއިރު ދެވަނަ ރަށަކަށް ހޮވުނީ އިހަވަންދޫއެވެ. މުޅި މުބާރާތުން އެއްވަނަ ރަށަށް ހޮވިފައިވަނީ ދިއްދޫއެވެ.
ގުޅުން ހުރެދާނެ ލިޔުން
"ރަންތާޖު" ޤުރްއާން މުބާރާތުން އިހަވަންދޫ ޓީމަށް ލިބުނު ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކޮށްފި
13 - ނޮވެމްބަރު - 2023
ހއ.އަތޮޅު "ރަންތާޖު" ޤުރްއާން މުބާރާތުން އިހަވަންދޫއަށް 2 ވަނަ ހޯދައިފި
28 - އޮކްޓޯބަރު - 2023
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ޕެނަލްޓީއިން ކުރި ހޯދައިގެން މުރައިދޫ އަދި އުތީމު ފައިނަލަށް
11 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު
10 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: އިހަވަންދޫގެ ފެންވަރު ދައްކާލައި ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި
7 - ނޮވެމްބަރު - 2025
ވަށަފަރާއި އެއްވަރުވުމުން، މިރޭގެ މެޗުން މޮޅުވާން އިހަވަންދޫއަށް މަޖުބޫރު
7 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ހޯރަފުށި ބަލިކޮށް އިހަވަންދޫ އުއްމީދު އާކޮށްފި
6 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: އުތީމާއި އިހަވަންދޫއަށް ފުއްދާލަންޖެހުނީ ޕޮއިންޓަކުން
4 - ނޮވެމްބަރު - 2025
ތިލައުތުރު ވޮލީ މުބާރާތުގެ ތަށި މިފަހަރުވެސް ގެންދިޔައީ މުރައިދޫއަށް!
2 - ޖޫން - 2025
ތިލައުތުރު ވޮލީ މުބާރާތް 2025: މިފަހަރުވެސް މުރައިދޫއާ އިހަވަންދޫގެ ފައިނަލެއް!
1 - ޖޫން - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް