މުރައިދޫ އަދި އިހަވަންދޫ މުބާރާތްފެށީ ފަސޭހަ މޮޅަކުން
ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން “ތިލައުތުރު ވޮލީ މުބާރާތް – 2024” ގެ ނަމުގައި، ހއ އަތޮޅު ކައުންސިލާއި، ހއ މުރައިދޫ ކައުންސިލް ގުޅިގެން ބާއްވާ ވޮލީ މުބާރާތުގެ ފުރަތަމަ ދެ މެޗުން މުރައިދޫ އަދި އިހަވަންދޫ މޮޅުވެއްޖެއެވެ.
މުބާރާތުގެ ފުރަތަމަ މެޗްގައި މުރައިދޫ ނުކުތީ އުތީމާއި ދެކޮޅަށެވެ. އެމެޗްގެ ސެޓްތައް މުރައިދޫ ގެންދިޔައީ 25-11، 25-3 އަދި 25-11 އިންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މުރައިދޫ ޓޫމްގެ ޖާޒީ ނަންބަރު 10، ފާތިމަތު ނުހާއެވެ.
މުބާރާތުގެ ދެވަނަ މެޗްގައި އިހަވަންދޫ ނިކުތީ ބާރަށާ ދެކޮޅަށެވެ. މިމެޗް، 25-7 ، 25-8 އަދި 25-8 އިން ކާމިޔާބުކުރީ އިހަވަންދޫއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އިހަވަންދޫ ޓީމްގެ ޖާޒީ ނަންބަރު 14، ފާތިމަތު ތޮހޫރާއެވެ.
މިމަހުގެ 15 އިން 23 އަށް ކުރިޔަށްދާ މިމުބާރާތުގައި ބައިވެރިވެފައިވަނީ، މުރައިދޫ، އުތީމް، ކެލާ، ވަށަފަރު، އިހަވަންދޫ، ބާރަށް އަދި ދިއްދޫއެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މިމުބާރާތް ކުރިޔަށް ގެންދާއިރު ކޮންމެ ގްރޫޕެއްގައި ހިމެނޭ ޓީމް ތަކުގެ މެދުގައި ޕޮއިންޓް އުސޫލުން މެޗްތައްކުޅެ ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމް ސެމީ ފައިނަލަށް ދަތުރު ކުރާނެއެވެ.
ގްރޫޕް 1 ގައި އުތީމް، މުރައިދޫ، ވަށަފަރު އަދި ކެލާ އޮތްއިރު، ގްރޫޕް 2 ގައި އޮތީ އިހަވަންދޫ، ބާރަށް އަދި ދިއްދޫއެވެ. ގްރޫޕް 2 ގައި އޮތީ 3 ޓީމް ކަމުން، އެ ގްރޫޕްގެ 2 ވަނަ ޓީމެއް ކަނޑައެޅުމަށް އިތުރު މެޗެއް ކުޅޭނެއެވެ. ގްރޫޕްގެ 2 އަދި 3 ވަނަ ޓީމްގެ މެދުގައި ބައްދަލުކުރާ މެޗްގެ ނަތީޖާއިން ގްރޫޕްގެ 1 ވަނަ ޓީމަށް ބަދަލެއް ނާންނާނެއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20000 (ވިހި ހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 10000 (ދިހަ ހާސް) ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 5000 (ފަސް ހާސް) ރުފިޔާގެ ފައިސާގެ އިނާމުވަނީ ހުށަހަޅާފައެވެ. މިމުބާރާތް ކުރިޔަށްދާނީ މުރައިދޫގައެވެ.
ގުޅުން ހުރެދާނެ ލިޔުން
ތިލައުތުރު ވޮލީ މުބާރާތުގެ ތަށި މިފަހަރުވެސް ގެންދިޔައީ މުރައިދޫއަށް!
2 - ޖޫން - 2025
ތިލައުތުރު ވޮލީ މުބާރާތް 2025: މިފަހަރުވެސް މުރައިދޫއާ އިހަވަންދޫގެ ފައިނަލެއް!
1 - ޖޫން - 2025
އިހަވަންދޫ އަތުން އަތުން ބަދަލު ހިފައި، މުރައިދޫ ތިލައުތުރު ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
24 - ނޮވެމްބަރު - 2024
ތިލައުތުރު ވޮލީ މުބާރާތް 2024: ފައިނަލް މިރޭ، ބައްދަލުކުރަނީ މުރައިދޫ އަދި އިހަވަންދޫ
23 - ނޮވެމްބަރު - 2024
ވާދަވެރި މެޗަކަށްފަހު އިހަވަންދޫ ފައިނަލަށް
21 - ނޮވެމްބަރު - 2024
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ޕެނަލްޓީއިން ކުރި ހޯދައިގެން މުރައިދޫ އަދި އުތީމު ފައިނަލަށް
11 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު
10 - ނޮވެމްބަރު - 2025
ކުޅުނު ހުރިހާ މެޗެއްގެ ހުރިހާ ސެޓަކުންމޮޅުވެ މުރައިދޫ ފައިނަލަށް!
27 - މޭ - 2025
ޑިފެންޑިންގް ޗެމްޕިއަން މުރައިދޫ، މިފަހަރުގެ އަމާޒްވެސް ތައްޓަށް!
23 - މޭ - 2025
ފައިނަލްގެ ފަހުޖާގައަށް ވާދަކުރާ މުރައިދޫ އަދި ބާރަށް ބައްދަލުކުރާ ސެމީފައިނަލް މިއަދު
22 - ނޮވެމްބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް