ތިލައުތުރު ވޮލީ މުބާރާތް 2024: ފައިނަލް މިރޭ، ބައްދަލުކުރަނީ މުރައިދޫ އަދި އިހަވަންދޫ
ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން، ހއ އަތޮޅު ކައުންސިލާއި ހއ މުރައިދޫ ކައުންސިލް ގުޅިގެން، ހއ. މުރައިދޫގައި ކުރިޔަށްގެންދާ "ތިލައުތުރު ވޮލީ މުބާރާތް 2024" ގެ ފައިނަލް މެޗް މިރޭ ކުޅޭނެއެވެ. މިމެޗްގައި ބައްދަލުކުރާނީ މުރައިދޫ އަދި އިހަވަންދޫއެވެ.
މުރައިދޫ ވޮލީ ކޯޓްގައި ކުޅޭ މިމެޗްގެ ކުޅުން ފަށާނީ މިރޭ 20:00 ގައެވެ. މިމުބާރާތުގެ ފައިނަލަށް އިހަވަންދޫ ދަތުރު ކުރީ ގްރޫޕް 2 ގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލަށް ދަތުރުކޮށް، ސެމީފައިނަލް ފުރަތަމަ މެޗުގައި މުރައިދޫ ބަލިކޮށްގެންނެވެ. މިމުބާރާތުގެ ފައިނަލަށް މުރައިދޫ ދަތުރުކުރީ ގްރޫޕް 1 ގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށް، ސެމީފައިނަލް ފުރަތަމަ މެޗްގައި އިހަވަންދޫ އަތުން ބަލިވުމުން، ސެމީފައިނަލް ތިންވަނަ މެޗްގައި ބާރަށް ބަލިކޮށްގެންނެވެ.
މި މުބާރާތުގައި ބައިވެރިވެފައިވަނީ 7 ޓީމެވެ. އެއީ މުރައިދޫ، އުތީމް، ކެލާ، ވަށަފަރު، އިހަވަންދޫ، ބާރަށް އަދި ދިއްދޫއެވެ. މުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާ، ރަނަރަޕް ޓީމަށް 10،000 ރުފިޔާ އަދި ފެއަރ ޕްލޭ ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ތިލައުތުރު ވޮލީ މުބާރާތުގެ ތަށި މިފަހަރުވެސް ގެންދިޔައީ މުރައިދޫއަށް!
2 - ޖޫން - 2025
ތިލައުތުރު ވޮލީ މުބާރާތް 2025: މިފަހަރުވެސް މުރައިދޫއާ އިހަވަންދޫގެ ފައިނަލެއް!
1 - ޖޫން - 2025
އިހަވަންދޫ އަތުން އަތުން ބަދަލު ހިފައި، މުރައިދޫ ތިލައުތުރު ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
24 - ނޮވެމްބަރު - 2024
ވާދަވެރި މެޗަކަށްފަހު އިހަވަންދޫ ފައިނަލަށް
21 - ނޮވެމްބަރު - 2024
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ޕެނަލްޓީއިން ކުރި ހޯދައިގެން މުރައިދޫ އަދި އުތީމު ފައިނަލަށް
11 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު
10 - ނޮވެމްބަރު - 2025
ކުޅުނު ހުރިހާ މެޗެއްގެ ހުރިހާ ސެޓަކުންމޮޅުވެ މުރައިދޫ ފައިނަލަށް!
27 - މޭ - 2025
ޑިފެންޑިންގް ޗެމްޕިއަން މުރައިދޫ، މިފަހަރުގެ އަމާޒްވެސް ތައްޓަށް!
23 - މޭ - 2025
ފައިނަލްގެ ފަހުޖާގައަށް ވާދަކުރާ މުރައިދޫ އަދި ބާރަށް ބައްދަލުކުރާ ސެމީފައިނަލް މިއަދު
22 - ނޮވެމްބަރު - 2024
މުރައިދޫ އަދި އިހަވަންދޫ މުބާރާތްފެށީ ފަސޭހަ މޮޅަކުން
16 - ނޮވެމްބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް