އިހަވަންދޫގައި ވެމްކޯގެ ޚިދުމަތް އަންނަ ފެބްރުއަރީގައި ފަށަނީ، އަދިތިބީ 3 މުވައްޒަފުން
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ޚިދުމަތް އިހަވަންދޫގައި، ވީ އެންމެ އަވަސް މުސްތަޤްބަލެއްގައި ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެކުންފުނިން ބުނެފިއެވެ. މީނޫހުން ފޮނުވި ސުވާލެއްގެ ޖަވާބުގައި ވެމްކޯއިން ބުނެފައިވަނީ، އެކުންފުނީގެ ޚިދުމަތް އިހަވަންދޫގައި ފެށުމަށް ތާވަލްކޮށްފައިވަނީ އަންނަ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށެވެ.
ވެމްކޯއިން އިތުރަށް ބުނެފައިވަނީ، އެކުންފުނީގެ 3 މުވައްޒަފެއް އިހަވަންދޫގައި ތިބޭކަމުގައެވެ. އެގޮތުން، އެސިސްޓެންޓް މެނޭޖަރަކާއި، ދެ ސްޕަވައިޒަރުން އިހަވަންދޫގައި މަސައްކަތް ކުރައްވަމުންދާކަން ފާހަގަކުރައްވައި، އެކުންފުނިން ބުނެފައިވަނީ އެމުވައްޒަފުން މިވަގުތު މަސައްކަތް ކުރައްވަމުންދަނީ، އިހަވަންދޫ ކައުންސިލްގެ އިރުޝާދުގެ ދަށުން، ރަށުގެ ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމުގައެވެ.
އިހަވަންދޫގައި ވެމްކޯގެ އޮފީސް ގާއިމްކޮށް، އިހަވަންދޫ ރަށްވެހިގޭގައި އެކުންފުނީގެ ނަންބޯޑު މިއަހަރުގެ އޭޕްރިލް 13 ވަނަ ދުވަހު ހަރުކުރިއެވެ. ނަމަވެސް އެތަނުގައި ވެމްކޯގެ އެވެސް މަސައްކަތެއް ހިންގާފައެއްނުވެއެވެ. އަދި ފަހުން އެބޯޑްވެސް އެތަނުންވަނީ ނަގައިފައެވެ. އިހަވަންދޫ ކުނިގޮނޑު ހުސްކުރުމުގެ މަސައްކަތްވެސް މިއަހަރުގެ އޭޕްރިލް މަހު، ވެމްކޯއިން ފެށިއެވެ. ނަމަވެސް އެމަސައްކަތް އެއްކޮށް ނިންމައިނުލެވި ވަކިހިސާބަކުންވަނީ ހުއްޓިފައެވެ.
މިވަގުތު އިހަވަންދޫގައި ކުނި މެނޭޖްކުރުމުގެ ހިދުމަތް ދެމުންއަންނަނީ އިހަވަންދޫ ކައުންސިލުންނެވެ. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އަކީ 2009 ގައި އުފައްދާފައިވާ %100 ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މާލެ ސަރަހައްދުގައި ކުނި މެނޭޖްކުރުމަށް އުފެއްދި އެކުންފުނިން ރާއްޖެތެރޭގައި ހިދުމަތްދޭން ފުރަތަމަފެށީ 2017 ވަނަ އަހަރު އައްޑޫ ސިޓީގައެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ކުނިގޮނޑުގެ ހާލަތު މިއިންދުވަހަކު ގޯސްނުވާ ވަރަށް ގޯސްވެއްޖެ!
11 - މޭ - 2026
މިހާރު 5 މުވައްޒަފުން އެބަތިބި، ކުނިކޮށި ހަދާނިމުމާއިއެކު އިހަވަންދޫގައި ހިދުމަތް ފަށަން ތައްޔާރީ ހާލަތަށް އިހަވަންދޫ ސައިޓްވަނީ ގެނެވިފައި – ވެމްކޯ
1 - އޮކްޓޯބަރު - 2025
އާރުޑީސީއިން ހުރަވީ ދަނޑަށްއެޅި ކުނި އެކުންފުނިން ނަގައިފި!
27 - އޭޕްރީލް - 2025
ވެމްކޯގެ ބައެއްވާހަކަތައް އިހަވަންދޫ ކައުންސިލުން ދޮގުކޮށްފި
21 - ނޮވެމްބަރު - 2024
ކުނިގޮނޑު މައްސަލަ ހައްލުވުމުގެ ކޮޅުމަތި – ވެމްކޯއިން ކުނިގޮނޑު މެނޭޖްކުރަން ޝައުގުވެރިކަން ފާޅުކޮށްފި
15 - އޮގަސްޓު - 2023
އިހަވަންދޫ ކައުންސިލުން ވަގުތީ ކުނި ކޮށްޓެއް ޤާއިމްކުރަނީ!
18 - އޮގަސްޓު - 2026
ވެމްކޯ މުވައްޒަފުން އިތުރުވެއްޖެ، މަސައްކަތް ފެށޭނީ ވެހިކަލް ލިބުމުން!
8 - ފެބްރުއަރީ - 2026
ކުނި ގޮނޑުގައި ރޯވެ އަނދަނީ: ރަށުތެރެއަށް ދުމުގެ އަސަރު
3 - ޖެނުއަރީ - 2026
ރައްވެހިހިޔާ އިން ވެމްކޯ ބޭރުކޮށްފި!
30 - ސެޕްޓެމްބަރު - 2025
ވެމްކޯ އިހަވަންދޫ ސައިޓަށް 12 މުވައްޒަފުން ހޯދަނީ
4 - ފެބްރުއަރީ - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް