ވެމްކޯގެ ހިދުމަތް އިހަވަންދޫގައި ފެށުމަށް ކުރެވޭ މަސައްކަތުގެ ބައެއް ޓައިމް ލައިން:
- 15 އޯގަސްޓް 2023: ކައުންސިލާއި ގުޅިގެން އިހަވަންދޫ ކޮނިގޮނޑު މެނޭޖްކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް ވެމްކޯއިން އިހަވަންދޫ ކައުންސިލަށް ސިޓީއެއް ފޮނުވުން.
- 13 އޭޕްރިލް 2024: ވެމްކޯގެ ހިދުމަތް އިހަވަންދޫގައި ފެށުމަށް ވެމްކޯގެ އޮފީސް ޤާއިމްކޮށް ރައްވެހި ގޭގެ ފަރުގައި ނަންބޯޑު ހަރުކުރުން (ފަހުންވަނީ ނަންބޯޑް ނަގާފައި)
- 14 އޭޕްރިލް 2024: އިހަވަންދޫ ކުނި ގޮނޑު ހުސްކުރުމުގެ މަސައްކަތް ވެމްކޯއިން ފެށުން. މިމަސައްކަތް ވަކިހިސާބަކުން ހުއްޓި އަހަރަކަށްވުރެ ގިނަދުވަސްވީއިރުވެސް މަސައްކަތް ނިންމިފައެއްނުވޭ.
- ނޮވެމްބަރ 2024: ވެމްކޯގެ ހިދުމަތް މިއަހަރުގެ ފެބުރުއަރީ މަހު ފެށުމަށް ތާވަލް ކޮށްފައިވާކަމަށް ބުނުން.
- ފެބުރުއަރީ 2025: ވެމްކޯ އިހަވަންދޫ ސައިޓަށް 12 މުވައްޒަފުން ހޯދަން އިއުލާންކުރުން
- އޭޕްރިލް 2025: ވެމްކޯ އިހަވަންދޫ ސައިޓަށް 23 މުވައްޒަފުން ހޯދަން އިއުލާންކުރުން
- މެއި 2025: ވެމްކޯގެ އެދިލެއްވުމަށް އިހަވަންދޫ ރައްވެހި ހިޔާގެ ހޯލް، ވެމްކޯ އޮފީސް ހިންގުމަށް 3 މަހަށް ދޫކުރުމަށް އިހަވަންދޫ ކައުންސިލުން ނިންމުން.
- ޖޫން 2025: ވެމްކޯގެ އޮފީހުގެ ގޮތުގައި ރައްވެހި ހިޔާގެ ހޯލް ބޭނުންކުރަންފެށުން.
- ސެޕްޓެމްބަރ 2025: އެއްބަސްވުމުގައި ސޮއެ ނުކުރާތީ ވެމްކޯ ރައްވެހިގެއިން ބޭރުކުރުން.



