އާރުޑީސީއިން ހުރަވީ ދަނޑަށްއެޅި ކުނި އެކުންފުނިން ނަގައިފި!
އިހަވަންދޫ ހުރަވީ ދަނޑު، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާ ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އިން ދަނޑުގެ ސަބްބޭސް ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮނެފައިވާ ވަޅުގަނޑަކަށް ކުނިއެޅުމުން ފާޑުކުޔުން އާޒުވުމުން، އެކުންފުނިން އެޅި ކުނި ނަގައިފިއެވެ. އެވަޅުގަނޑަށް ކުނިއަޅާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އެކުނިތައް ނެގުމުގެ މަސައްކަތް ފަށާފައިވަނީ މިއަދުގެ ހަވީރުއެވެ.
ސަބްބޭސް ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮނެފައިވާ ވަޅުގަނޑަކަށް ކުނިއެޅުމުންދާކަން އާމުންގެ ސަމާލުކަމަށް ގެނެސްފައިވަނީ، އިހަވަންދޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ރަޝީދުއެވެ. ކުނިއަޅަމުންދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ޝެއާރކޮށް މުހައްމަދު ރަޝީދު ބުނެފައިވަނީ، ރަށުގެ ޒުވާނުންނަށް ކުޅިވަރު ވަޞީލަތްތައް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން،އާރުޑީސީއާ ހަވާލުކޮށްގެން ހަދަމުންދާ ހުރަވީ ދަނޑު ލެވެލް ކުރުމަށް ފަސްހޯދަން ދަނޑު ކޮނެ، ކޮނުނު ވަޅުގަނޑަށް ރަށުގެ ކުނިގޮނޑުގައި ހުރި ކުނިތައްގެނެސް އެޅުމާ ދެކޮޅުކަމުގައެވެ. އަދި އެމައްސަލާގައި ވެމްކޯ އަދި އިހަވަންދޫ ކައުންސިލަށްވެސް ފާޑުކިޔާފައިވެއެވެ. ވެމްކޯއިން އަޅާފައިވާ ކުނި ނަގަންފެށުމުން އެކަންވެސް މުހައްމަދު ރަޝީދު ފާހަގަކޮށްފައިވެއެވެ.
އިހަވަންދޫ ހުރަވީދަނޑު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 4.8 މިލިއަން ރުފިޔާގެ އަގަކަށް، 105 ދުވަހުގެ ތެރޭގައި އެމަސައްކަތް ނިންމާގޮތަށެވެ. ހުރަވީ ދަނޑުގެ މަސައްކަތް އާރު.ޑީ.ސީއިން ވަރަށް އަވަސް ސްޕީޑްގައި ކުރިޔަށް އެބަގެންދެއެވެ.ދަނޑުގެ ޕޭވިންގ ކޮންކްރީޓްގެ މަސައްކަތްނިންމައި މިހާރު އެކުންފުނިން ކުރަމުންދަނީ ދަނޑުގެ ސަބްބޭސް ހެދުމުގެ މަސައްކަތެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ކުނިގޮނޑުގެ ހާލަތު މިއިންދުވަހަކު ގޯސްނުވާ ވަރަށް ގޯސްވެއްޖެ!
11 - މޭ - 2026
މިހާރު 5 މުވައްޒަފުން އެބަތިބި، ކުނިކޮށި ހަދާނިމުމާއިއެކު އިހަވަންދޫގައި ހިދުމަތް ފަށަން ތައްޔާރީ ހާލަތަށް އިހަވަންދޫ ސައިޓްވަނީ ގެނެވިފައި – ވެމްކޯ
1 - އޮކްޓޯބަރު - 2025
ވެމްކޯގެ ބައެއްވާހަކަތައް އިހަވަންދޫ ކައުންސިލުން ދޮގުކޮށްފި
21 - ނޮވެމްބަރު - 2024
އިހަވަންދޫގައި ވެމްކޯގެ ޚިދުމަތް އަންނަ ފެބްރުއަރީގައި ފަށަނީ، އަދިތިބީ 3 މުވައްޒަފުން
20 - ނޮވެމްބަރު - 2024
ކުނިގޮނޑު މައްސަލަ ހައްލުވުމުގެ ކޮޅުމަތި – ވެމްކޯއިން ކުނިގޮނޑު މެނޭޖްކުރަން ޝައުގުވެރިކަން ފާޅުކޮށްފި
15 - އޮގަސްޓު - 2023
އިހަވަންދޫ ކައުންސިލުން ވަގުތީ ކުނި ކޮށްޓެއް ޤާއިމްކުރަނީ!
18 - އޮގަސްޓު - 2026
ހުރަވީ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތް ފަށައިފި..
24 - މާރިޗު - 2026
ވެމްކޯ މުވައްޒަފުން އިތުރުވެއްޖެ، މަސައްކަތް ފެށޭނީ ވެހިކަލް ލިބުމުން!
8 - ފެބްރުއަރީ - 2026
ހުރަވީ ދަނޑުގެ މަސައްކަތް ނިމޭނީ އޭޕްރީލް މަހު: އާރުޑީސީ
4 - ފެބްރުއަރީ - 2026
ކުނި ގޮނޑުގައި ރޯވެ އަނދަނީ: ރަށުތެރެއަށް ދުމުގެ އަސަރު
3 - ޖެނުއަރީ - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް