އިންޓަރސްކޫލް ވޮލީ މުބާރާތް: އިހަވަންދޫ ސްކޫލަށް ފުރަތަމަ މެޗުން މޮޅުވެވޭ ގޮތެއްނުވި
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިޔަށްގެންދާ އިންޓަރސްކޫލް ވޮލީ މުބާރާތުގައި އިހަވަންދޫ ސްކޫލުން ކުޅުނު ފުރަތަމަ މެޗުން ކެޔޮދޫ ސްކޫލް އަތުން ބަލިވެއްޖެއެވެ. އަތޮޅު ކެޓަކަރީގެ، 19 އަހަރުން ދަށުގެ އަންހެން ކުދިންގެ ޑިވިޜަންގެ މިމެޗްގައި ވާދަވެރިކުޅުމެއް ފެނިގެންދިޔައިރު، މިމެޗްގެ ސެޓްތައް ކެޔޮދޫ ސްކޫލުން ގެންދިޔައީ 18-15 އަދި 18-15 އިންނެވެ.
އަތޮޅުތަކުގެ ކެޓަގަރީގައި، 19 އަހަރުން ދަށުގެ އަންހެން ޑިވިޜަންގައި ބައިވެރިވެފައިވަނީ 5 ސްކޫލަކުންނެވެ. އެއީ އިހަވަންދޫ ސްކޫލް، ފާފު އަތޮޅު އެޑިއުކޭޝަން ސެންޓަރ، އަލިފުށި ސްކޫލް، ކެޔޮދޫ ސްކޫލް އަދި މީމު އަތޮޅު އެޑިއުކޭޝަން ސެންޓަރެވެ. ލީގު އުސޫލުންކުޅެ އެންމެގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދަތުރުކުރާނެއެވެ. އަތޮޅު ތަކުގެ ކެޓަގަރީގައި، 19 އަހަރުން ދަށުގެ އަންހެން ޑިވިޜަންގައި ބައިވެރިވެފައިވާ އިހަވަންދޫ ސްކޫލްގެ ޓީމް މިއަދު 16:30 ގައި ނުކުންނާނީ ފާފު އަތޮޅު އެޑިއުކޭޝަން ސެންޓަރާއި ދެކޮޅަށެވެ. އަދި އެއަށްފަހު މާދަމާ 20:45 ގައި މީމު އަތޮޅު އެޑިއުކޭޝަން ސެންޓަރާއި ދެކޮޅަށް ކުޅޭއިރު، އިހަވަންދޫ ސްކޫލް ޓީމް ލީގުބުރުގެ ފަހު މެޗްގައި މިމަހު 28 ވަނަ ދުވަހުގެރޭ ނުކުންނާނީ އަލިފުށި ސުކުލާއި ދެކޮޅަށެވެ.
މިމުބާރާތުގެ އަތޮޅު ކެޓަގަރީގައި، 19 އަހަރުން ދަށުގެ ފިރިހެން ޑިވިޜަންގައިވެސް ވަނީ އިހަވަންދޫ ސްކޫލްގެ ޓީމެއް ބައިވެރިވެފައެވެ. 19 އަހަރުން ދަށުގެ ފިރިހެން ޑިވިޜަންގައި 6 ސްކޫލަކުން ބައިވެރިވެފައިވާއިރު، މެޗްތައް ކުރިޔަށްދާނީ 2 ޕޫލަކަށް ބަހާލައިގެންނެވެ. ޕޫލް ބީ ގައި ހިމެނެނީ އިހަވަންދޫ ސްކޫލްގެ އިތުރުން ވޭމަންޑޫ ސްކޫލާއި ކެޔޮދޫ ސްކޫލެވެ. މިޑިވިޜަންގައި އިހަވަންދޫ ސްކޫލްކުޅޭ ފުރަތަމަ މެޗްގައި މިއަދު 15:00 ގައި ނުކުންނާނީ ވޭމަންޑޫ ސްކޫލާއި ދެކޮޅަށެވެ. އަދި މާދަމާ 15:45 ގައި ކެޔޮދޫ ސްކޫލާއި ދެކޮޅަށް ކުޅޭނެއެވެ. ކޮންމެ ޕޫލެއްގެވެސް އެއްވަނަ އަދި ދެވަނަ ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ސްކޫލުން މުބާރާތް ނިންމައިލީ ލޮއެ މެޑަލް އާއި އެކު!
14 - އޮގަސްޓު - 2026
ސެމީގައި ސީއެޗްއެސްއީ އަތުން ބަލިވެ، އިހަވަންދޫ ސްކޫލް 3 ވަނަ ހޮވާ މެޗަށް!
12 - އޮގަސްޓު - 2026
ޖޫނިއަރ ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި އިހަވަންދޫ ސްކޫލް މިރޭ ކުޅޭނެ..
11 - އޮގަސްޓު - 2026
އިހަވަންދޫ ސްކޫލް ފުރަތަމަ މެޗުން މޮޅުވެ، ސެމީ ފައިނަލަށް!
9 - އޮގަސްޓު - 2026
އިހަވަންދޫ ސްކޫލްގެ ވޮޅީޓިމްތަކުން ހޯދި ކާމިޔާބީ ފާހަގަކޮށްފި
15 - ޑިސެމްބަރު - 2024
އިހަވަންދޫ ސްކޫލްގެ ވޮލީ ޓީމަށް ރަތް ދޫލައިގެ މަރުހަބާއެއް!
8 - ޑިސެމްބަރު - 2024
އިންޓަރސްކޫލް ވޮލީ މުބާރާތް: 19 އަހަރުން ދަށުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން އިހަވަންދޫ ސްކޫލް ހޯދައިފި
6 - ޑިސެމްބަރު - 2024
އިންޓަރސްކޫލް ވޮލީ މުބާރާތް: އަންހެން ޓީމް 3 ވަނަ ހޮވާމެޗަށް، ފިރިހެން ޓީމް ފައިނަލަށް
4 - ޑިސެމްބަރު - 2024
އިންޓަރސްކޫލް ވޮލީ މުބާރާތް: ފިރިހެން އަދި އަންހެން ޑިވިޜަންގެ ސެމީ ފައިނަލް މިއަދު
4 - ޑިސެމްބަރު - 2024
އިންޓަރސްކޫލް ވޮލީ މުބާރާތް: ފިރިހެންޓީމަށް ފަސޭހަ މޮޅެއް، އަންހެންޓީމް ދެވަނަ މެޗުންވެސް ބަލި
27 - ނޮވެމްބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް