އިންޓަރސްކޫލް ވޮލީ މުބާރާތް: ފިރިހެންޓީމަށް ފަސޭހަ މޮޅެއް، އަންހެންޓީމް ދެވަނަ މެޗުންވެސް ބަލި
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިޔަށްގެންދާ އިންޓަރސްކޫލް ވޮލީ މުބާރާތުގައި، އިހަވަންދޫ ސްކޫލްގެ 19 އަހަރުން ދަށުގެ ފިރިހެން ޓީމް ވޭމަންޑޫ ސްކޫލް ބަލިކުރިއިރު، އަންހެން ޓީމް ދެވަނަ މެޗުންވެސް ބަލިވެއްޖެއެވެ.
މިމުބާރާތުގެ އަތޮޅު ކެޓަގަރީގައި، 19 އަހަރުން ދަށުގެ ފިރިހެން ޑިވިޜަންގައި، އިހަވަންދޫ ސްކޫލްގެ 19 އަހަރުން ދަށުގެ ޓީމް، ވޭމަންޑޫ ސްކޫލް ބަލިކުރީ 18-8 އަދި 14-4 އިންނެވެ. އެޓީމްގެ ދެވަނަ މެޗްގައި މިއަދު 15:45 ގައި ކެޔޮދޫ ސްކޫލާއި ދެކޮޅަށް ކުޅޭނެއެވެ. އެމެޗުން މޮޅުވެއްޖެނަމަ ސެމީފައިނަލުން ޖާގައެއް ކަށަވަރުވާނެއެވެ.
އަތޮޅުތަކުގެ ކެޓަގަރީގައި، 19 އަހަރުން ދަށުގެ އަންހެން ޑިވިޜަންގައި، އިހަވަންދޫ ސްކޫލް ޓީމް ކުޅުނު ދެވަނަ މެޗުންވެސްވަނީ ބަލިވެފައެވެ. ފާފު އަތޮޅު އެޑިއުކޭޝަން ސެންޓަރާއި ދެކޮޅަށް ކުޅުން އެމެޗުން އިހަވަންދޫ ސްކޫލް ބަލިވީ 2-1 ސެޓުންނެވެ. މިއަދު 19 އަހަރުން ދަށުގެ އަންހެން ޓީމް ނުކުންނާނީ މީމު އަތޮޅު އެޑިއުކޭޝަން ސެންޓަރާއި ދެކޮޅަށެވެ.
މިއީ މާލޭގައި ބާއްވާ އިންޓަރ ސްކޫލް ވޮލީމުބާރާތެއްގައި އިހަވަންދޫ ސްކޫލް ބައިވެރިވާ ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ސްކޫލުން މުބާރާތް ނިންމައިލީ ލޮއެ މެޑަލް އާއި އެކު!
14 - އޮގަސްޓު - 2026
ސެމީގައި ސީއެޗްއެސްއީ އަތުން ބަލިވެ، އިހަވަންދޫ ސްކޫލް 3 ވަނަ ހޮވާ މެޗަށް!
12 - އޮގަސްޓު - 2026
ޖޫނިއަރ ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި އިހަވަންދޫ ސްކޫލް މިރޭ ކުޅޭނެ..
11 - އޮގަސްޓު - 2026
އިހަވަންދޫ ސްކޫލް ފުރަތަމަ މެޗުން މޮޅުވެ، ސެމީ ފައިނަލަށް!
9 - އޮގަސްޓު - 2026
އިހަވަންދޫ ސްކޫލްގެ ވޮޅީޓިމްތަކުން ހޯދި ކާމިޔާބީ ފާހަގަކޮށްފި
15 - ޑިސެމްބަރު - 2024
އިހަވަންދޫ ސްކޫލްގެ ވޮލީ ޓީމަށް ރަތް ދޫލައިގެ މަރުހަބާއެއް!
8 - ޑިސެމްބަރު - 2024
އިންޓަރސްކޫލް ވޮލީ މުބާރާތް: 19 އަހަރުން ދަށުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން އިހަވަންދޫ ސްކޫލް ހޯދައިފި
6 - ޑިސެމްބަރު - 2024
އިންޓަރސްކޫލް ވޮލީ މުބާރާތް: އަންހެން ޓީމް 3 ވަނަ ހޮވާމެޗަށް، ފިރިހެން ޓީމް ފައިނަލަށް
4 - ޑިސެމްބަރު - 2024
އިންޓަރސްކޫލް ވޮލީ މުބާރާތް: ފިރިހެން އަދި އަންހެން ޑިވިޜަންގެ ސެމީ ފައިނަލް މިއަދު
4 - ޑިސެމްބަރު - 2024
އިންޓަރސްކޫލް ވޮލީ މުބާރާތް: އިހަވަންދޫ ސްކޫލަށް ފުރަތަމަ މެޗުން މޮޅުވެވޭ ގޮތެއްނުވި
26 - ނޮވެމްބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް