ރަސްތަރި ޤުރުއާން މުބާރާތް ފެށިގެން ކުރިޔަށް...
އިހަވަންދޫ ކައުންސިލުން ބާއްވާ، ރަސްތަރި ޤުރުއާން މުބާރާތް 2024 ފަށައިގެން ކުރިޔަށް އެބަދެއެވެ. އިހަވަންދޫ ރަށްވެހި ހިޔާގައި ކުރިޔަށްދާ މިމުބާރާތް ފެށީ މިއަދު 13:45 ގައެވެ.
ޖުމުލަ 32 ބައިވެރިންނާއި އެކު ކުރިޔަށްދާ މިމުބާރާތުގެ ފުރަތަމަ ރައުންޑްގެ ކިޔެވުން މިހާރުވަނީ ނިމިފައެވެ. ފުރަތަމަ ރައުންޑްގެ ނަތީޖާ ފާޅުކުރާނީ މާދަމާ ހެނދުނު 8:30 ގައެވެ.
މިމުބާރާތް ކުރިޔަށް ގެންދަނީ 3 ރައުންޑަކަށެވެ. ފުރަތަމަ ރައުންޑާއި ދެ ވަނަ ރައުންޑަކީ އެލިމިނޭޝަން ރައުންޑެވެ. 3 ވަނަ ރައުންޑަކީ ފައިނަލް ރައުންޑެވެ. ދެ ވަނަ ރައުންޑަށް ހޮވޭނީ ފުރަތަމަ ރައުންޑުން އެންމެ މަތިން މާކުސް ހޯދާ 10 ބައިވެރިންނެވެ. އަދި ފައިނަލް ރައުންޑަށް ހޯވޭނީ ދެ ވަނަ ރައުންޑުން އެންމެ މަތިން މާކުސް ހޯދާ 5 ބައިވެރިންނެވެ.
މުޅި މުބާރާތުން އެއްވަނަ ހޯދާ ފަރާތަށް 10،000 ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ދެ ވަނައަށް 7000ރ އަދި ތިންވަނައަށް 5000ރ ގެ ފައިސާގެ އިނާމުވަނީ ހުށަހަޅާފައެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް، ޑިސެންބަރު މަހު ބާއްވަނީ!
10 - ސެޕްޓެމްބަރު - 2026
ޖެހިޖެހިގެން 3 ވަނަ ފަހަރަށް ރަސްތަރިޔަކަށް ޔައިޝާ!
30 - ނޮވެމްބަރު - 2025
ރަސްތަރި ޤުރްއާން މުބާރާތް 2025: ގަދަ 5 ބައިވެރިން ހޮވައިފި!
28 - ނޮވެމްބަރު - 2025
ރަސްތަރި ޤުރްއާން މުބާރާތް 2025: ގަދަ 10 ބައިވެރިން ހޮވައިފި!
27 - ނޮވެމްބަރު - 2025
ރަސްތަރި މުބާރާތުގެ ބައިވެރިން އިހަވަންދޫއަށް އަންނަންފަށައިފި
26 - ނޮވެމްބަރު - 2025
ރަސްތަރި މުބާރާތުގައި 7 ރަށަކުން ވާދަކުރަނީ!
17 - ނޮވެމްބަރު - 2025
ރަސްތަރި ޤުރުއާން މުބާރާތް 2025 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
25 - އޮކްޓޯބަރު - 2025
އިންޓަނޭޝަނަލް ފެންވަރަށް އިހަވަންދޫ ކުދިން ޤުރުއާން އެބަކިޔަވާ - އަލްގާރީ އަހްމަދު ތައުފީގް
10 - ޑިސެމްބަރު - 2024
މިފަހަރުވެސް ރަސްތަރިއަށް ހޮވުނީ ޔައިޝާ
8 - ޑިސެމްބަރު - 2024
ރަސްތަރި ޤުރުއާން މުބާރާތް: ގަދަ 5 ބައިވެރިން ހޮވައިފި
7 - ޑިސެމްބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް