މިފަހަރުވެސް ރަސްތަރިއަށް ހޮވުނީ ޔައިޝާ
އިހަވަންދޫ ކައުންސިލުން ބޭއްވި ރަސްތަރި ޤުރުއާން މުބާރާތް 2024، ގެ އެއްވަނައަށް ޔައިޝާ ޔާސިރު އިބްރާހިމް/ ދޭލިޔާގެ، ހއ. އިހަވަންދޫ ހޮވިއްޖެއެވެ. މިއީ އިހަވަންދޫ ކައުންސިލުން މިމުބާރާތް ބޭއްވި ދެވަނަ ފަހަރެވެ. ހއ އަތޮޅަށް ހުޅުވާލައިގެން 2022 ވަނަ އަހަރު ބޭއްވި، އިހަވަންދިއްޕޮޅު ރަސްތަރި މުބާރާތުގެ އެއްވަނަ ހޯދީވެސް ޔައިޝާއެވެ.
މުބާރާތުން އެއްވަނަ އަށް ހޮވުނު ޔައިޝާ އަށްވަނީ، ބިއުޓިފުލް ބްލޫ ފިހާރައިން ހުށަހެޅި އުމުރާ ދަތުރުގެ އިތުރުން އިހަވަންދޫ ކައުންސިލުން ހުށަހެޅި 10،000ރ ގެ ފައިސާގެ އިނާމު ދީފައެވެ. މުބާރާތުން ދެވަނަ ހާސިލްކުރި އާއިޝަތު ޒާރާ އަޙްމަދު ޒިރާން އަށް 7000ރ ގެ ފައިސާގެ އިނާމެއް ދިންއިރު، މުބާރާތުން 3 ވަނަ ހާސިލްކުރި އާމިނަތު ނަސްރަތު އަށްވަނީ 5000ރ ގެ ފައިސާގެ އިނާމު ދީފައެވެ.
މިމުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ 3 ރައުންޑަކަށެވެ. ފުރަތަމަ ރައުންޑާއި ދެ ވަނަ ރައުންޑަކީ އެލިމިނޭޝަން ރައުންޑެވެ. 3 ވަނަ ރައުންޑަކީ ފައިނަލް ރައުންޑެވެ. ދެ ވަނަ ރައުންޑަށް ހޮވުނީ ފުރަތަމަ ރައުންޑުން އެންމެ މަތިން މާކުސް ހޯދި 10 ބައިވެރިންނެވެ. އަދި ފައިނަލް ރައުންޑަށް ހޮވުނީ ދެ ވަނަ ރައުންޑުން އެންމެ މަތިން މާކުސް ހޯދި 5 ބައިވެރިންނެވެ.
މިމުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވަނީ އިހަވަންދޫ އޯޕަން ސްޓޭޖް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް، ޑިސެންބަރު މަހު ބާއްވަނީ!
10 - ސެޕްޓެމްބަރު - 2026
ޖެހިޖެހިގެން 3 ވަނަ ފަހަރަށް ރަސްތަރިޔަކަށް ޔައިޝާ!
30 - ނޮވެމްބަރު - 2025
ރަސްތަރި ޤުރްއާން މުބާރާތް 2025: ގަދަ 5 ބައިވެރިން ހޮވައިފި!
28 - ނޮވެމްބަރު - 2025
ރަސްތަރި ޤުރްއާން މުބާރާތް 2025: ގަދަ 10 ބައިވެރިން ހޮވައިފި!
27 - ނޮވެމްބަރު - 2025
ރަސްތަރި މުބާރާތުގެ ބައިވެރިން އިހަވަންދޫއަށް އަންނަންފަށައިފި
26 - ނޮވެމްބަރު - 2025
ރަސްތަރި މުބާރާތުގައި 7 ރަށަކުން ވާދަކުރަނީ!
17 - ނޮވެމްބަރު - 2025
ރަސްތަރި ޤުރުއާން މުބާރާތް 2025 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
25 - އޮކްޓޯބަރު - 2025
އިންޓަނޭޝަނަލް ފެންވަރަށް އިހަވަންދޫ ކުދިން ޤުރުއާން އެބަކިޔަވާ - އަލްގާރީ އަހްމަދު ތައުފީގް
10 - ޑިސެމްބަރު - 2024
ރަސްތަރި ޤުރުއާން މުބާރާތް: ގަދަ 5 ބައިވެރިން ހޮވައިފި
7 - ޑިސެމްބަރު - 2024
ރަސްތަރި ޤުރުއާން މުބާރާތް: ފުރަތަމަ ބުރުގެ ނަތީޖާ ފާޅުކޮށްފި
6 - ޑިސެމްބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް