ރަސްތަރި ޤުރުއާން މުބާރާތް 2025 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ހއ. އިހަވަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ބާއްވާ، ރަސްތަރި ޤުރުއާން މުބާރާތް 2025 ގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލައިފިއެވެ. އަންނަ ނޮވެމްބަރު މަހުގެ 27 އިން 29 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށް އިހަވަންދޫ ކައުންސިލުން ހާމަކުރެއެވެ.
އިހަވަންދޫ ކައުންސިލާއި، އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިޔަށްގެންދާ މިމުބާރާތް ބާއްވާ މިއީ ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ 2022 ވަނަ އަހަރު މިމުބާރާތް ބޭއްވީ "އިހަވަންދިއްޕޮޅު ރަސްތަރި މުބާރާތުގެ" ނަމުގައި މުޅި ހއ އަތޮޅަށް ހުޅުވާލައިގެންނެވެ. އެއަށްފަހު އެއްއަހަރުގެ މެދުކެނޑުމަކަށްފަހު މިދިޔަ އަހަރު މިމުބާރާތް ބޭއްވީ "ރަސްތަރި ޤުރުއާން މުބާރާތް 2024" ގެ ނަމުގައި އިހަވަންދޫއަށް ހުޅުވާލާއުގެންނެވެ. އެ ދެ މުބާރާތުގެވެސް އެއްވަނަ ހޯދީ އިހަވަންދޫ ދޭލިޔާގެ ޔައިޝާ ޔާސިރު އިބްރާހިމްއެވެ.
މިއަހަރުގެ މުބާރާތުގެ އެއްވަނަ ބައިވެރިޔާއަށް ހުށަހަޅާފައިވަނީ އުމުރާ ދަތުރަކާއެކު 10,000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ދެވަނަ ބައިވެރިޔާއަށް 6,000 ރުފިޔާ އަދި ތިންވަނަ ބައިވެރިޔާއަށް 3,000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާއިރު، ރަށްރަށަށް ދޭ އިނާމުގެ ގޮތުގައި އެއްވަނަ ރަށަށް 10,000 ރުފިޔާ، ދެވަނަ ރަށަށް 7,000 ރުފިޔާ އަދި ތިންވަނަ ރަށަށް 5,000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ.
މިމުބާރާތް ކުރިޔަށް ގެންދާނީ ތިން ރައުންޑަކަށެވެ. ފުރަތަމަ ރައުންޑާއި ދެވަނަ ރައުންޑަކީ އެލިމިނޭޝަން ރައުންޑެވެ. ތިންވަނަ ރައުންޑަކީ ފައިނަލް ރައުންޑެވެ. ދެވަނަ ރައުންޑަށް ހޮވޭނީ ފުރަތަމަ ރައުންޑުން އެންމެ މަތިން މާކުސް ހޯދާ 10 ބައިވެރިންނެވެ. އަދި ފައިނަލް ރައުންޑަށް ހޮވޭނީ ދެވަނަ ރައުންޑުން އެންމެ މަތިން މާކުސް ހޯދާ 5 ބައިވެރިންނެވެ.
ރަސްތަރި މުބާރާތުގެ ފުރަތަމަ އަހަރު ބޭއްވި މުބާރާތާ އެއްގޮތަށް މިއަހަރުގެ މުބާރާތް ބާއްވަނީވެސް ހއ އަތޮޅަށް ހުޅުވާލައިގެންނެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް، ޑިސެންބަރު މަހު ބާއްވަނީ!
10 - ސެޕްޓެމްބަރު - 2026
ޖެހިޖެހިގެން 3 ވަނަ ފަހަރަށް ރަސްތަރިޔަކަށް ޔައިޝާ!
30 - ނޮވެމްބަރު - 2025
ރަސްތަރި ޤުރްއާން މުބާރާތް 2025: ގަދަ 5 ބައިވެރިން ހޮވައިފި!
28 - ނޮވެމްބަރު - 2025
ރަސްތަރި ޤުރްއާން މުބާރާތް 2025: ގަދަ 10 ބައިވެރިން ހޮވައިފި!
27 - ނޮވެމްބަރު - 2025
ރަސްތަރި މުބާރާތުގެ ބައިވެރިން އިހަވަންދޫއަށް އަންނަންފަށައިފި
26 - ނޮވެމްބަރު - 2025
ރަސްތަރި މުބާރާތުގައި 7 ރަށަކުން ވާދަކުރަނީ!
17 - ނޮވެމްބަރު - 2025
އިންޓަނޭޝަނަލް ފެންވަރަށް އިހަވަންދޫ ކުދިން ޤުރުއާން އެބަކިޔަވާ - އަލްގާރީ އަހްމަދު ތައުފީގް
10 - ޑިސެމްބަރު - 2024
މިފަހަރުވެސް ރަސްތަރިއަށް ހޮވުނީ ޔައިޝާ
8 - ޑިސެމްބަރު - 2024
ރަސްތަރި ޤުރުއާން މުބާރާތް: ގަދަ 5 ބައިވެރިން ހޮވައިފި
7 - ޑިސެމްބަރު - 2024
ރަސްތަރި ޤުރުއާން މުބާރާތް: ފުރަތަމަ ބުރުގެ ނަތީޖާ ފާޅުކޮށްފި
6 - ޑިސެމްބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް