ބޮޑު ކުރިއެރުމެއް ހޯދައި އިހަވަންދޫ ކައުންސިލް 91 ވަނައަށް
2023 ވަނަ އަހަރު ކައުންސިލްތައް ހިންގި ގޮތަށްބަލައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކުރި ޕާފޯރމެންސް އިންޑެކްސްގައި މުޅި ރާއްޖެއިން އިހަވަންދޫ ކައުންސިލް، 91 ވަނަ ހޯދައިފިއެވެ. މިއީ 2022 ވަނަ އަހަރަށްވުރެ 55 ވަނައިގެ ކުރިއެރުމެކެވެ.
2022 ވަނަ އަހަރު އިހަވަންދޫ ކައުންސިލަށް ލިބިފައިވަނީ 146 ވަނައެވެ. ލޯކަލް ކައުންސިލްތަކުގެ ޕާފޯމެންސް ގިންތި ކުރަން ފެށިފަހުން އިހަވަންދޫ ކައުންސިލަށް އެންމެ މަތި ލިބިފައިވަނީ 2017 ވަނަ އަހަރުއެވެ. އެއަހަރު އިހަވަންދޫ ކައުންސިލަށް ވަނީ މުޅި ރައްޖެއިން 56 ވަނަ ލިބިފައެވެ.
ލޯކަލް ޕާރފޯމަންސް އިންޑެކްސް އަކީ ކައުންސިލްތަކުން ކުރާ މަސައްކަތްތަކުގެ ފެންވަރު ވަޒަންކުރުމަށް 2015 ވަނަ އަހަރު އިފްތިތާޙު ކޮށްފައިވާ ހާއްސަ އިންޑެކްސެކެވެ. އެގޮތުން 2015 އިން ފެށިގެން އިހަވަންދޫ ކައުންސިލް ރޭންކް ކޮށްފައިވަނީ:
2015 ވަނަ އަހަރު: އެކަށީގެންވާ މިންވަރަށް މައުލޫމާތާއި ކިތާބީހެކި ފޯރުކޮށްދީފައިނުވާތީ ރޭންކް ކޮށްފައެއްނުވޭ
2016 ވަނަ އަހަރު: މުޅި ރާއްޖެއިން 66 ވަނަ
2017 ވަނަ އަހަރު: މުޅި ރާއްޖެއިން 56 ވަނަ
2018 ވަނަ އަހަރު: މުޅި ރާއްޖެއިން 120 ވަނަ
2019 ވަނަ އަހަރު: މުޅި ރާއްޖެއިން 86 ވަނަ
2020 ވަނަ އަހަރު: މުޅި ރާއްޖެއިން 74 ވަނަ
2021 ވަނަ އަހަރު: މުޅި ރާއްޖެއިން 68 ވަނަ
2022 ވަނަ އަހަރު: މުޅި ރާއްޖެއިން 146 ވަނަ
2023 ވަނަ އަހަރު: މުޅި ރާއްޖެއިން 91 ވަނަ
ކަންގަތި އެވޯޑަކީ ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ގަވާއިދުތަކާއި މިންގަނޑުތަކަށް ފެތޭގޮތަށް އެންމެ ފުރިހަމަ ޕާފޯމަންސެއް ދައްކާ ކައުންސިލްތަކުގެ އަގުވަޒަންކުރުމަށް އެލްޖީއޭގެ ބޯޑުން ކޮންމެ އަހަރަކު ދޭން ނިންމާފައިވާ އެވޯޑެކެވެ.
ގުޅުން ހުރެދާނެ ލިޔުން
ކައުންސިލް ރޭންކިންގ 2020: ހއ. އަތޮޅުން އެއްވަނަ ތުރާކުނަށް، އިހަވަންދޫ އަށް 8 ވަނަ
27 - ފެބްރުއަރީ - 2022
ކައުންސިލް ރޭންކިންގ: ހއ. އަތޮޅުން އެއްވަނަ ތުރާކުނަށް
27 - ފެބްރުއަރީ - 2021
އަނެއްކާވެސް ކައުންސިލްތަކަށް ފިއްތުމެއް! ދެން މުވައްޒަފުން ދެންނެގޭނީ އެލްޖީއޭގެ ހުއްދަ ލިޔުމުން ހޯދައިގެން!
2 - ސެޕްޓެމްބަރު - 2026
ކައުންސިލްތަކުގެ އިހުތިޞާޞުން ބިން ސަރުކާރަށް ނެގޭ ގޮތަށް ހުށަހެޅި ބިލާ ދެކޮޅަށް ޕެޓިޝަނެއް ފަށައިފި
9 - އޮގަސްޓު - 2026
އިހަވަންދޫ ކައުންސިލްގެ ޕާފޯމެންސް ދުވަހަކު ނުދާހާ ދަށަށް – މުޅި ރާއްޖެއިން 146 ވަނަ
24 - ޑިސެމްބަރު - 2023
މާރަންދޫ ޓީމަށް ލިބުނު ކާމިޔާބު ހާއްސަކުރީ ހަސަން ހުސެން (ބަގީ) އަށް
4 - ޖެނުއަރީ - 2023
ދެވަނަ އިހަވަންކަޕްގެ ޗެމްޕިއަންކަން މާރަންދޫ ޔޫތް ސޮސައިޓީ ހޯދައިފި
1 - ޖެނުއަރީ - 2023
އިހަވަން ކަޕްގެ ފައިނަލަށް މާރަންދޫ ޔޫތް ސޮސައިޓީ އަދި ދިއްދޫ އެޗްއެން ސްޕޯރޓްސް
30 - ޑިސެމްބަރު - 2022
އެންވީކޭ، ބަނޑޭރި، އެޗްއެން އަދި ޔޫތް ސޮސައިޓީ ސެމީއަށް
27 - ޑިސެމްބަރު - 2022
އިހަވަން ކަޕްގެ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކުރި ފުރަތަމަ ޓީމަކަށް އެޗްއެން ސްޕޯޓްސް
26 - ޑިސެމްބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް