މި އަހަރުގެ ތެރޭގައި ހުރަވީ ދަނޑުގައި ޓާފް އަޅަނީ!
ހުރަވީ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް، މިއަހަރު ކުރާނެކަމަށް މިނިސްޓަރ އޮފް ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ. ސްޕޯޓްސް މިނިސްޓަރ މިހެން ވިދާޅުވީ، ބިއުޓިފުލް ބްލޫ މައިކަޕް ފުޓްބޯޅަ މުބާރާތް 2024 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
"މިރަށު ހުރަވީ ދަނޑަކީ ވަރަށް މުހިއްމު ދަނޑެއް. އެދަނޑުގަ ޒަމާނީ ފެންވަރަށް ކުޅިވަރު ކުޅެވޭނެ ގޮތް ހެދުން، އަޅުގަނޑު ދަންނަވާނީ އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގަ ޓާފް އެޅެމުގެ މަސައްކަތް އަޅުގަނޑުމެން މިނިސްޓްރީއިން ކުރަމުން ގެންދާނެކަން. އެހެންވީމާ އެޔަޤީންކަން އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އަރުވަން" މިނިސްޓަރ ރާފިއު ވިދާޅުވިއެވެ. މިނިސްޓްރު ރާފިއު ވިދާޅުވީ އެކަން ނުކުރާންވީ ސަބަބެއް ނެތްކަމުގައެވެ. ސަބަބަކީ ފާއިތުވި އަހަރުވެސް 3 މުބާރާތެއް މިރަށުގައި ކުޅުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މައިކަޕްގެ 14 މުބާރާތެއް މިހާތަނަށް ބާއްވާފައިވާއިރު، 13 މުބާރާތެއް ކުޅެފައިވަނީ ހުރަވީ ދަނޑުގައެވެ. އަދި އެމުބާރާތްތައް ކުޅެފައިވަނީ ނައިން އަ ސައިޑް ފޯމެޓަށެވެ. ނަމަވެސް 14 ވަނަ މައިކަޕް މުބާރާތް ކުޅެފައިވަނީ އިލަވަން އަ ސައިޑް ފޯމެޓަށެވެ. ޓާފްދަނޑެއްގައި މައިކަޕް މުބާރާތް ބޭއްވުމަކީ، މައިކަޕްގެ ބާނީ މުހައްމަދު އަބުދުﷲ (މުހައްމާ)ގެ އުއްމީދެކެވެ. މުހައްމާގެ އެއުއްމީދު ހާސިލްމިވީ 14 ވަނަ މައިކަޕާއި ހަމައިންނެވެ.
ގުޅުން ހުރެދާނެ ލިޔުން
ފޮޓޯ: މައިކަޕް ފުޓްބޯޅަ މުބާރާތް 2025، ނިންމުމުގެ ރަސްމިއްޔާތު
29 - ޑިސެމްބަރު - 2025
މައިކަޕް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު!
27 - ޑިސެމްބަރު - 2025
ފޮޓޯ: 15 ވަނަ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު
20 - ޑިސެމްބަރު - 2025
މައިކަޕް 2025: ފުރަތަމަ މެޗްގައިފެންނާނީ އެންވީކޭ އަދި ޔޫތް
20 - ޑިސެމްބަރު - 2025
މައިކަޕް 2025: މިއަހަރުގެ މުބާރާތުގައި ބައިވެރިވީ އެންމެ 5 ޓީމް!
12 - ޑިސެމްބަރު - 2025
ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމާއިއެކު، މައިކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!
2 - ޑިސެމްބަރު - 2025
މިއަހަރުވެސް މައިކަޕްގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ، މުބާރާތުގެ ތައްޔާރީތައް ކުރިޔަށް!
7 - ސެޕްޓެމްބަރު - 2025
މައިކަޕް މިއަހަރު ޑިސެންބަރުމަހު "ބޮޑުކޮށް" އޮންނާނެ – ސުޖާއު
18 - ޖުލައި - 2025
ހުރަވީ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރީ 4.8 މިލިއަން ރުފިޔާގެ އަގަކަށް!
20 - އޭޕްރީލް - 2025
އިހަވަންދޫ ހުރަވީ ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި
10 - މާރިޗު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް