މައިކަޕް މިއަހަރު ޑިސެންބަރުމަހު "ބޮޑުކޮށް" އޮންނާނެ – ސުޖާއު
ކްލަބު ޕޯލްސްޓަރއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މައިކަޕް ފުޓްބޯޅަ މުބާރާތް މިއަހަރުވެސް "ބޮޑުކޮށް" އޮންނާނެކަމަށް، ކްލަބް ޕޯލްސްޓަރގެ ރައީސް މުހައްމަދު ސުޖާއު ވިދާޅުވެއްޖެއެވެ. ސުޖާއު މިހެން ވިދާޅުވީ، މިނޫހުން މި މަހުގެ 16 ވަނަ ދުވަހު "މިއަހަރު އިހަވަންދޫގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވަނީ" މި ސުރުޚީގެ ދަށުން ޝާއިޢުކުރި ޚަބަރުގައި، އިހަވަންދޫގައި ބާއްވާ އެންމެ ބޮޑު މުބާރާތްކަމުގައިވާ މައިކަޕް ފުޓްބޯޅަ މުބާރާތް މިއަހަރު ބޭއްވުމަށް އަދި އިއުލާން ކޮށްފައި ނުވާކަމަށް ލިޔެފައިވާތީ، އެކަން ސާފުކޮށްދެއްވުމުގެ ގޮތުންނެވެ.
މިދިޔައަހަރު ބޭއްވި 14 ވަނަ މައިކަޕް މުބާރާތުގެ ނިންމުމުގެ ހަފުލާއިގައި، މައިކަޕްގެ ބާނީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) ވަނީ މިއަހަރުގެ މައިކަޕް މުބާރާތް ބޮޑުކޮށް ބާއްވާނެކަން އިއުލާން ކުރައްވާފައެވެ. "އިރާދަކުރެއްވިއްޔާ މިމުބާރާތް މިއަށްވުރެންވެސް ކުލަގަދަކޮށް، ރަނގަޅަށް، ދެންއަންނަ އަހަރަކު، މިއަހަރު 2025 ވަނަ އަހަރު މައިކަޕް ވެގެންދާނީ މިއަށްވުރެންވެސް ފުރިހަމަ އަހަރަކަށް" އެރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުހައްމާ ވިދާޅުވިއެވެ.
ބިއުޓިފުލް ބްލޫ މައިކަޕް 2024، ފުޓްބޯޅަ މުބާރާތުގައި 6 ރަށަކުން 9 ޓީމް ވަނީ ބައިވެރިވިއެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެންވީކޭއެވެ. 2007 ވަނަ އަހަރުން ފެށިގެން މިހާތަނަށް، މައިކަޕްގެ 14 މުބާރާތެއް ބާއްވާފައިވެއެވެ. 4 ޓީމެއްވަނީ 2 ފަހަރު މައިކަޕްގެ ތަށި އުފުއްލާލައިފައެވެ. އެއީ މާރަންދޫ ޔޫތް ސޮސައިޓީ، ޔުނައިޓެޑް ޔޫތް، އެންވީކޭ އަދި ޖަންގަލްއެވެ.
މައިކަޕްގެ ބާނީއަކީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) އެވެ. 2007 ވަނަ އަހަރުންފެށިގެން މިހާތަނަށް މައިކަޕްގެ 13 މުބާރާތެއް ބާއްވާފައިވާއިރު، މިއީ މިސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް މުބާރާތެވެ.
ގުޅުން ހުރެދާނެ ލިޔުން
ފޮޓޯ: މައިކަޕް ފުޓްބޯޅަ މުބާރާތް 2025، ނިންމުމުގެ ރަސްމިއްޔާތު
29 - ޑިސެމްބަރު - 2025
މައިކަޕް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު!
27 - ޑިސެމްބަރު - 2025
ފޮޓޯ: 15 ވަނަ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު
20 - ޑިސެމްބަރު - 2025
މައިކަޕް 2025: ފުރަތަމަ މެޗްގައިފެންނާނީ އެންވީކޭ އަދި ޔޫތް
20 - ޑިސެމްބަރު - 2025
މައިކަޕް 2025: މިއަހަރުގެ މުބާރާތުގައި ބައިވެރިވީ އެންމެ 5 ޓީމް!
12 - ޑިސެމްބަރު - 2025
ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމާއިއެކު، މައިކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!
2 - ޑިސެމްބަރު - 2025
މިއަހަރުވެސް މައިކަޕްގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ، މުބާރާތުގެ ތައްޔާރީތައް ކުރިޔަށް!
7 - ސެޕްޓެމްބަރު - 2025
އަތޮޅަށް ހުޅުވާލައިގެން މަދަހަ މުބާރާތެއް މިއަހަރު ބާއްވަން ގަސްތުކުރަން – މުހައްމާ
4 - ޖެނުއަރީ - 2025
މި އަހަރުގެ ތެރޭގައި ހުރަވީ ދަނޑުގައި ޓާފް އަޅަނީ!
3 - ޖެނުއަރީ - 2025
މައިކަޕްގެ ޗެމްޕިއަންކަން ހޯދައި އެންވީކޭ، މައިކަޕްގެ އެންމެ ކާމިޔާބު ޓީމުތަކުގެ ލިސްޓަށް!
2 - ޖެނުއަރީ - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް