މައިކަޕް 2025: މިއަހަރުގެ މުބާރާތުގައި ބައިވެރިވީ އެންމެ 5 ޓީމް!
މައިކަޕް 2025، ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ހަމަވިއިރު، މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ 3 ރަށަކުން ފަސްޓީމެވެ. މިއަދަދާއިއެކު މުބާރާތް ފަށައިފިނަމަ މިއީ މައިކަޕްގެ ތާރީހުގައިވެސް އެންމެ މަދު އަދަދެއްގެ ޓީމްތައް ވާދަކުރާ މުބާރާތަށް ވެގެންދާނެއެވެ.
ކްލަބް ޕޯލްސްޓަރގެ އޮފިޝަލަކު މައުލޫމާތު ދެއްވިގޮތުގައި މިއަހަރުގެ މުބާރާތުގައި ވާދަކުރަނީ އިހަވަންދޫ، ދިއްދޫ އަދި ތުރާކުނަށް ނިސްބަތްވާ 5 ޓީމެވެ. ދިއްދޫ އެޗް.އެން ސްޕޯޓްސް މިމުބާރާތުގައި ބައިވެރިވެފައިވާއިރު، ތުރާކުނުން އެރަށު ރެކްރިއޭޝަން ކްލަބްވަނީ ބައިވެރިވެފައެވެ. އިހަވަންދޫއިން މިއަހަރުގެ މައިކަޕް މުބާރާތުގައި ވާދަކުރަނީ އެންމެ 3 ޓީމެވެ. އެއީ ޑިފެންޑިނގް ޗެމްޕިއަން އެންވީކޭ، ޖަންގަލް އަދި ޔުނައިޓެޑް ޔޫތެވެ. އިހަވަންދޫ ހުޅަނގު އަވަށަށް ނިސްބަތްވާ އެއްވެސް ޓީމެއް މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިނުވާއިރު، މިދިޔަ އަހަރުގެ ރަނަރަޕް ކުޅިމަގު މިމުބާރާތުގައި ވާދަނުކުރުމަކީ މުޅިމުބާރާތަށްވެސް ލިބިގެންދާނެ ހުސްކަމެކެވެ.
2007 ވަނަ އަހަރުން ފެށިގެން މިހާތަނަށް، މައިކަޕްގެ 14 މުބާރާތެއް ބާއްވާފައިވާއިރު، މައިކަޕްގެ އެންމެ ކާމިޔާބު 4 ޓީމްގެ ތެރެއިން 3 ޓީމެއް މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވެއެވެ. މިހާތަނަށް 4 ޓީމެއް 2 ފަހަރު މައިކަޕްގެ ތަށި އުފުއްލާލައިފައެވެ. އެއީ މާރަންދޫ ޔޫތް ސޮސައިޓީ، ޔުނައިޓެޑް ޔޫތް، އެންވީކޭ އަދި ޖަންގަލްއެވެ. މާރަންދޫ ޔޫތް ސޮސައިޓީ ފިޔަވާ އަނެއް ތިން ޓީމް މިއަހަރުގެ މުބާރާތުން ފެނިގެންދިއުމީ މިއަހުގެ މުބާތަށް ލިބިގެންދާނެ އާރޯކަމެކެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 100،000ރ ގެ ފައިސާގެ އިނާމު ހުށަހަޅާފައިވާއިރު، ދެވަނަ ޓީމަށް 35،000ރ ގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. މިއަހަރުގެ މައިކަޕް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިހިނގާ ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހުއެވެ.
މައިކަޕްގެ ބާނީއަކީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) އެވެ. މުހައްމާއަށް ދިމާވި ކުއްލި ސިއްޙީ ހާލަތަކާއި ގުޅިގެން މިވަގުތުވެސް އެބޭފުޅާ ހުންނެވީ، ފަރުވާއަށް އަވަށްޓެރި އިންޑިޔާގައެވެ. ދުނިޔޭގައި ހުރިހައި ދުވަހަކު މައިކަޕް ބާއްވަން މަސައްކަތްކުރުމަކީ މުހައްމާގެ ވައުދެކެވެ.
ގުޅުން ހުރެދާނެ ލިޔުން
ފޮޓޯ: މައިކަޕް ފުޓްބޯޅަ މުބާރާތް 2025، ނިންމުމުގެ ރަސްމިއްޔާތު
29 - ޑިސެމްބަރު - 2025
މައިކަޕް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު!
27 - ޑިސެމްބަރު - 2025
ފޮޓޯ: 15 ވަނަ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު
20 - ޑިސެމްބަރު - 2025
މައިކަޕް 2025: ފުރަތަމަ މެޗްގައިފެންނާނީ އެންވީކޭ އަދި ޔޫތް
20 - ޑިސެމްބަރު - 2025
ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމާއިއެކު، މައިކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!
2 - ޑިސެމްބަރު - 2025
މިއަހަރުވެސް މައިކަޕްގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ، މުބާރާތުގެ ތައްޔާރީތައް ކުރިޔަށް!
7 - ސެޕްޓެމްބަރު - 2025
މައިކަޕް މިއަހަރު ޑިސެންބަރުމަހު "ބޮޑުކޮށް" އޮންނާނެ – ސުޖާއު
18 - ޖުލައި - 2025
އަތޮޅަށް ހުޅުވާލައިގެން މަދަހަ މުބާރާތެއް މިއަހަރު ބާއްވަން ގަސްތުކުރަން – މުހައްމާ
4 - ޖެނުއަރީ - 2025
މި އަހަރުގެ ތެރޭގައި ހުރަވީ ދަނޑުގައި ޓާފް އަޅަނީ!
3 - ޖެނުއަރީ - 2025
މައިކަޕްގެ ޗެމްޕިއަންކަން ހޯދައި އެންވީކޭ، މައިކަޕްގެ އެންމެ ކާމިޔާބު ޓީމުތަކުގެ ލިސްޓަށް!
2 - ޖެނުއަރީ - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް