މުރައިދޫ އަތްދަށުވެ އިހަވަންދޫއަށް އުނދަގޫ ފެށުމެއް!
ގޯލްޑެން ފުޓްސަލް ޗެލެންޖު 2025 ގައި، އިހަވަންދޫ ފުޓްސެލް ޓީމް ކުޅުނު ފުރަތަމަ މެޗުން މުރައިދޫ އަތުން ބަލިވެއްޖެއެވެ. މިމަހުގެ 9 ވަނަ ދުވަހުގެ ރޭ 22:00 ކުޅުނު މިމެޗުން އިހަވަންދޫ ބަލިވީ 5-3 އިންނެވެ.
މިމެޗްގައި އިހަވަންދޫ ޓީމްގެ ހާމިދު ދެ ގޯލް ޖެހިއިރު، ނައުޝާދު ގޯލެއް ޖެހިއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު މުރައިދޫ ޓީމްގެ ހިޝާން ދެ ގޯލެ ޖެހިއިރު، އެޓީމްގެ އައިރޫން، ނައުފަލް އަދި އިޔާން ގޯލެއް ޖެހިއެވެ.
މިމުބާރާތުގައި އިހަވަންދޫ ދެން ކުޅޭނީ އުތީމާއި ދެކޮޅަށެވެ. އެމެޗް ކުޅޭނީ މިމަހުގެ 13 ވާ ހޯމަ ދުވަގުގެ ރޭ 23:00 ގައެވެ. އެއަށްފަހު މިމަހުގެ 17 ވަނަ ދުވަހުގެ ރޭ 9:00 ގައި ދިއްދޫއާ ދެކޮޅާށް ނުކުންނައިރު، ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި އިހަވަންދޫ ޓީމް މިމަހުގެ 21 ވާ އަންގާރަ ދުވަހުގެ ހަވީރު 17:00 ގައި ކުޅޭނީ ވަށަފަރާއި ދެކޮޅަށެވެ.
ހއ އަތޮޅު ބުރުގެ މެޗްތައް ކުރިޔަށް ގެންދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އިހަވަންދޫ ހިމެނެނީ ގްރޫޕް ބީ ގައެވެ. ގްރޫޕް ބީގައި ހިމެނެނީ އިހަވަންދޫގެ އިތުރުން، މުރައިދޫ، ދިއްދޫ، ވަށަފަރު އަދި އުތީމެވެ. ގްރޫޕް އޭ ގައި ހިމެނެނީ ހޯރަފުށި، ބާރަށް، ކެލާ، މާރަންދޫ އަދި ފިއްލަދޫއެވެ. ކޮންމެ ގްރޫޕަކުންވެސް އެއްވަނަ އަދި ދެވަނަ ހޯދާ ދެ ޓީމް ކުޅޭނީސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.
މިދިޔަ އަހަރުގެ މުބާރާތުން އިހަވަންދޫ އަލްވަދާއު ކިޔަންޖެހުނީ ހއ އަތޮޅު ބުރުގެ ކުއާޓަރ ފައިނަލްގައި އުތީމް އަތުން ބަލިވުމުންނެވެ.
ގުޅުން ހުރެދާނެ ލިޔުން
ދިއްދޫ އަތުންބަލިވެ، ބާކީ އެއްމެޗް އޮށްވާ އިހަވަންދޫ ކަޓައިފި
18 - ޖެނުއަރީ - 2025
އުތީމާއި އެއްވަރުވެ، އިހަވަންދޫ ޓީމަށް އިތުރު ގޮންޖެހުމެއް!
15 - ޖެނުއަރީ - 2025
އުތީމް އަތުން ބަލިވެ އިހަވަންދޫއަށް މުބާރާތް ނިމިއްޖެ
28 - ޖެނުއަރީ - 2024
އިހަވަންދޫ ޓީމް ކުއާޓަރ ފައިނަލަށް ދަތުރުކޮށްފި
24 - ޖެނުއަރީ - 2024
އިހަވަންދޫ ޓީމް ފިއްލަދޫ އަތްދަށުވެއްޖެ!
19 - ޖެނުއަރީ - 2024
މުރައިދޫ ބަލިކޮށް އިހަވަންދޫ މުބާރާތްފެށީ މޮޅަކުން
16 - ޖެނުއަރީ - 2024
ގޯލްޑެން ފުޓްސަލް ޗެލެންޖް: އިހަވަންދޫ، މާރަންދޫ، ފިއްލަދޫ އަދި މުރައިދޫ އެއް ގްރޫޕަކަށް
25 - ޑިސެމްބަރު - 2023
ގޯލްޑެން ފުޓްސަލް ޗެލެންޖް 2024 ގައި ހއ އަތޮޅުން 12 ރަށެއް ބައިވެރިވެއްޖެ
16 - ޑިސެމްބަރު - 2023
ޕޮއިންޓަކާއިއެކު އިހަވަންދޫ ޓީމަށް މުބާރާތް ނިމިއްޖެ
11 - ފެބްރުއަރީ - 2023
ތަށި މިލްކްކުރަން ނުކުތް އިހަވަންދޫ ޓީމް ދެވަނަ މެޗުންވެސް ބަލިވެއްޖެ
8 - ފެބްރުއަރީ - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް